Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިކޮނޮމިކް މިނިސްޓްރީ

މާދަމާއިން ފެށިގެން ފިހާރަތައް މެންދަމު 1:00 ޖަހަންދެން ހުޅުވާފައި ބެހެެއްޓޭނެ

މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓެނީ ފަތިހު 5:30 އިން މެންދަމު 1:00 އަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 މާރިޗު 2023 | އަންގާރަ 12:41
ފިހާރައެއް، ފިހާރަތައް މާދަމާ ރެއިން ފެށިގެން މެންދަމު 1:00 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ

ފިހާރައެއް، ފިހާރަތައް މާދަމާ ރެއިން ފެށިގެން މެންދަމު 1:00 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ

މާދަމާއިން ފެށިގެން މުދާ ވިއްކާ ތަންތަން މެންދަމު 1:00 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އަންގާރަ ދުވަހު ވަނީ މި މަހުގެ 15ވަނަ ދުވަހުން ފެށިގެން މި ފަށާ ރަމަޟާންމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު މުދާ ވިއްކާ ތަންތަން ބަންދުކުރަންޖެހޭ ގަޑިތައް އާއްމުކޮށްފައެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ކަމަށް ކަނޑައަޅާފައިވަނީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށެވެ.

މިހާރު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓެނީ ރޭގަނޑު 11:00 އާ ހަމައަށެވެ. ނަމަވެސް 24 ގަޑިއިރު ޚިދުމަތް ދޭ ތަންތަން އޭގެ ފަހުން ވެސް ހުޅުވާފައި ބެހެއްޓޭނެއެވެ.

މުދާ ވިއްކާ ތަންތަނުގެ އިތުރުން ރޯދަމަހުގެ ރޭތައް އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭ ގަޑިތައް ވެސް އެ މިނިސްޓްރީން މިހާރު ވަނީ އާއްމު ކޮށްފައެވެ. އެގޮތުން، ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހެއްޓެނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ހަމައަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ނަމަވެސް ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭ ގަޑިތައް ތަފާތުވާނެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ހަމައަށް ކަމަށެވެ.

މިހާރު ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ހުޅުވާފައި ހުންނަނީ މެންދަރު 1:00 އާ ހަމައަށެވެ.

އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ ގަޑިތަކާ އެއްގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވެސް އަމަލު ކުރުމަށް ވަނީ އަންގާފައެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް ރާއްޖޭގައި ފިހަރާތަކާއި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭ ގަޑިތަކަށް ބަދަލު ގެނެއެވެ.

އިކޮނޮމިކް މިނިސްޓްރީރަަމަޟާން

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
29 ނޮވެމްބަރު 2025

ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

29 ނޮވެމްބަރު 2025
ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު
29 އޮކްޓޯބަރު 2025

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު
30 އޯގަސްޓު 2025

ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

30 އޯގަސްޓު 2025
ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު