Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާސީ ޕާޓީގެ ގަވާއިދަށް ގެނައި އިސްލާހު

ސިޔާސީ ޕާޓީތަކަށް ވަންނަ ފޯމު އޮންލައިންކޮށް ހުށަހެޅޭ ގޮތް ހަދައިފި

ސިޔާސީ ޕާޓީގައި ދަފުތަރުކުރުމަށް "ސިމެދަ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް މިހާރު ހުށަހެޅޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 މާރިޗު 2023 | އަންގާރަ 02:43
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން

ސިޔާސީ ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފޯމުތައް އޮންލައިންކޮށް ހުށަހެޅޭ ގޮތަށް ސިޔާސީ ޕާޓީގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

ހޯމަ ދުވަހު ގެޒެޓުކޮށްފައިވާ ސިޔާސީ ޕާޓީގެ ގަވާއިދަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގައި ވަނީ ދެ އަކުރެއް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ސިޔާސީ ޕާޓީގައި ދަފުތަރުކުރުމަށް "ސިމެދަ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް މިހާރު ހުށަހެޅޭއިރު ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފޯމުތައް، ސިޔާސީ ޕާޓީތަކުން ދިހަ އަހަރުވަންދެން ބަލަހައްޓަން ޖެހޭނެއެވެ. އަދި "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަނޭޅޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އީސީއަށް ފޯމު ހުށަހެޅޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ގަވާއިދު އިސްލާހު ކުރުމުގެ ކުރިން ފޯމުތައް ރައްކާ ކުރުމުގެ ޒިންމާ ނަގަން ޖެހެނީ އީސީ އިންނެވެ. އަދި ފޯމު ހުށަހަޅަން ޖެހެނީ އީސީއަށެވެ.

މި ގަވާއިދުގައި ބުނެފައިވާ ގޮތުން ކޮންމެ ޕާޓީއަކަށް ވެސް މެންބަރުން ވެއްދުމަށް އީސީން ކަނޑައަޅާފައިވާ ފޯމެޓަށް އެ ޕާޓީއަކުން ފޯމެއް ތައާރަފު ކުރަން ޖެހޭނެއެވެ. އެ ފޯމު އޮންލައިންކޮށް ހުށަހަޅާއިރު އީސީން ކަނޑައަޅާފައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަވާން ޖެހޭނެ ކަމަށާއި ހާއްސަކޮށް އިނގިލީގެ ނިޝާން އީސީއިން ގަބޫލުކުރެވޭ ފެންވަރަކަށް ފެންނަން ހުންނަންވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފޯމު އީސީގެ ދަފުތަރުގައި ހިމެނުމުގެ ކުރިން، އެ ފޯމަކީ ސައްހަ ފޯމެއްކަން ކަށަވަރުކުރުމަށްޓަކައި ފޯމާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެއެވެ.

ސިޔާސީ ޕާޓީއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު