Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ މައްސަލަ

ގިނަ އަދަދެއްގެ އެއްގަމު އުޅަނދުގެ ރަޖިސްޓްރީއާމެދު ސުވާލު އުފެދުމާ ގުޅިގެން ވެހިކަލްތަކުގެ ވެރިން މިނިސްޓްރީއަށް ހާޒިރުވުމަށް އަންގައިފި

13 މާރިޗު 2023 | ހޯމަ 10:02

7 ދުވަސް ތެރޭގައި މިނިސްޓްރީއަށް ހާޒިރުވާން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 މާރިޗު 2023 | ހޯމަ 10:02
މާލޭގެ މަޖީދީމަގު

މާލޭގެ މަޖީދީމަގު

ގިނަ އަދަދެއްގެ އެއްގަމު އުޅަނދުގެ ރަޖިސްޓްރީއާމެދު ސުވާލު އުފެދުމާއި ގުޅިގެން ވެހިކަލްތަކުގެ ވެރިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ހާޒިރުވުމަށް އަންގައިފިއެވެ.

އާދިއްތަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 50 އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދާއި ޚިލާފަށް ސައްޙަނޫން ލިޔެކިޔުންތަކެއް ބޭނުންކޮށްގެން އުފައްދާފައިވާ ރަޖިސްޓްރީގެ ނަކަލުތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ރަޖިސްޓްރީއާ މެދު ސުވާލު އުފެދިފައިވާތީ، ރަޖިސްޓްރީ އަސްލުކަމަށް ވެރިފަރާތަށް ލިބިފައިވާ ލިޔެކިޔުންތަކާއެކު އުޅަނދުގެ ވެރިފަރާތުން އާދިއްތަ ފެށިގެން 7 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އައުމަށް އެދިފައިވެއެވެ.

ގިނަ އަދަދެއްގެ ވެހިކަލް ރަޖިސްޓްރީއާ މެދު ސުވާލު އުފެދިފައިވާއިރު، ވެހިކަލް ރަޖިސްޓްރީ ކުރުމާއި ލައިސަންސް ދޫކުރުމުގައި ޓްރާސްޕޯޓު މިނިސްޓްރީގެ ތެރޭގައި ކޮރަޕްޝަން އަމަލުތައް ހިންގާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އެގޮތުން 2021 ވަނަ އަހަރުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންކަން ހުރިކަން މިނިވަން މުއައްސަސާއާ ބެހޭ ކޮމެޓީއަށް، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ރާއްޖޭގައި ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލަމުން އަންނަ ކޮންސަލްޓަންޓުން ގުޅިގެން ވަނީ ހިއްސާކޮށްފައެވެ.

ކޮމެޓީއާ ބައްދަލުކުރައްވާ، ޑރ. ސިމާދު ސައީދު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގައި ހައްލުނުވެ ގިނަ ދުވަސްވެފައިވާ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ކޮރަޕްޝަން އެންމެ ބޮޑަށް ހިނގުމުގެ ފުރުސަތު އޮތް ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީ ހިމެނޭ ކަމަށް ސިމާދު ވިދާޅުވިއެވެ. ސިމާދު އިތުރަށް ވިދާޅުވީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދިނުމާއި ވެހިކަލް ރަޖިސްޓްރޭޝަން އޮތީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށާއި، މި މައްސަލައަށް އޮތް ހައްލަކީ ލައިސަންސް ދިނުން ޑިޖިޓަލައިޒްކުރުން ކަމަށާއި، ލައިސަންސް ދޫކުރުމުގައި ޓްރާންސްޕޯޓުން މިހާރު ގެންގުޅޭ ސިސްޓަމުން ފަސޭހައިން މައުލޫމާތު އޮޅުވައިލެވޭނެ ކަމަށެވެ.

މިމައްސަލަތައް ބޮޑުވުމާއި ގުޅިގެން ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ގެނެވުނު ބަދަލާއެކު މިހާރު ޓްރާންސްޕޯޓް މިނިސްޓްރީން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރަނީ ޑިޖިޓަލްކޮށެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
03 ފެބުރުއަރީ 2017

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް