Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންތިހާބުތަކާ ބެހޭ ގާނޫނު

ރަޖިސްޓާކޮށްފައިވާ ނޫސްވެރިންނަށް އެކަނި މޮނީޓަރުންގެ ގޮތުގައި ތިބެވޭތީ ކަންބޮޑުވުން

13 މާރިޗު 2023 | ހޯމަ 05:54

މި އިސްލާހުތަކަކީ ވޯޓަށް ނުފޫޒުފޯރުވުމަށް ގެންނަ އިސްލާހުތަކެއް ކަމަށް ތުހުމަތުކުރެއްވި

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 13 މާރިޗު 2023 | ހޯމަ 05:54
މެންބަރު ހަސަން ލަތީފު

މެންބަރު ހަސަން ލަތީފު

އިންތިހާބުތަކުގައި ވޯޓުލާ ސަރަހައްދުގައި މޮނީޓާކުރުމަށް ހަރަކާތްތެރިވެވޭނީ ރަޖިސްޓާކޮށްފައިވާ ނޫސްވެރިންނަށް އެކަނި ކަމަށް ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހަަށް އިދިކޮޅުގެ ގިނަ މެންބަރުންތަކެއް ފާޑުވިދާޅުވެއްޖެއެވެ.

އިންތިހާބާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ބިލު ހުށަހެޅީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒެވެ.

Advertisement - newsAdvertisement

އެ ބިލަށް ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީއަކީ އިންތިހާބުތައް އިންސާފުވެރި، މިނިވަން އަދި ދެފުށް ފެންނަ އިންތިހާބުތަކަކަށް ހެދުމަށް މަސައްކަތްކޮށް އުފެދިފައިވާ ސިޔާސީ ޕާޓީއެއް ކަމަށެވެ. އަދި އިންތިހާބުތައް ހިނގަމުންދާއިރު އެ ހިނގާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށް ފޯރުކޮށްދިނުމަށް ވަކާލާތު ކުރާ ޕާޓީއެއް ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ މިހާރުގެ ގާނޫނުގައި ނޫސްވެރިންނަށް އިންތިހާބުގެ ކަންކަން ކަވަރު ކުރެވޭނެ ގޮތްތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ނޫސް މަޖައްލާތަކުން ކަނޑައަޅާ ރިޕޯޓަރުންނަށް އިންތިހާބުގެ ކަންކަން ހިނގާނުހިނގާ ގޮތުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދީފައިވާ ކަމަށެވެ. ނަމަވެސް، އެ މަގު ހަނިކުރަން މި ބިލުން މަސައްކަތް ކުރާތީ އެ ކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ މީޑިއާތަކަކީ މާ ގިނަ މުވައްޒަފުން ލައިގެން ހިންގާ މީޑިއާތަކެއް ނޫން ކަމަށާއި ސަރުކާރުން ހަރަދުކުރާ މީޑިއާތަކުގައި ވެސް އިންތިހާބެއް ކަވަރުކުރަން ބޭނުންވާ އަދަދަށް މުވައްޒަފުން ނުތިބޭނެ ކަމަށެވެ. އެހެންކަމުން، ރިޔާސީ އިންތިހާބުފަދަ ބޮޑެތި އިންތިހާބުތައް ރައްޔިތުންގެ ލޯމަތިން ކައްސައިލައިގެން ގޮސް ނުފެންނަ ގޮތަށް އިންތިހާބު ބާއްވައި ނިންމައިލަން އުޅޭކަމަށް ސުވާލު އުފެދޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވީ މި އިސްލާހުތަކުގެ ތެރޭގައި ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެ ގޮތުން މިހާރު ވެސް 20 ނޫހެއްގެ އެޑިޓަރުންނާއި ނޫސްވެރިން އިންޑިއާއަށް ގޮސްފައިވާ ކަމަށާއި ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް އެހެން ގައުމުތަކުން ވަންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ކެޕޭސިޓީ ބިލްޑުކުރުމުގެ ނަމުގައި ރާއްޖޭގެ މިނިވަން މުއައްސަސާތައް ވަކި އެމްބަސީއަކުން ހިންގާ ތަމްރީނުތަކުގައި ބައިވެރިކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެކި ގޮތްގޮތަށް މަސައްކަތްކުރާ ނޫސްވެރިން އުޅޭ ކަމަށާއި ފްރީލޭންސްކޮށް މަސައްކަތްކުރާ ނޫސްވެރިން ވެސް އޭގެ ތެރޭގައި ހިމެނޭކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ އެ ހުރިހާ ނޫސްވެރިން ނޫސްތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރާނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މީގެ އިތުރުން ވެސް އިދިކޮޅު ކޯލިޝަންގެ މެންބަރުންނާއި އެމްޑީޕީގެ ތެރެއިން އުފެދިފައިވާ ފިކުރެއްގެ ދިރުން ފެކްޝަނަށް ތާއީދުކުރައްވާ މެންބަރުން ވަނީ މި ބިލަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފައެވެ. އަދި ރަޖިސްޓާކޮށްފައިވާ ނޫސްވެރިންނަށް އެކަނި އެ ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.

ގާނޫނު ބުނާ ގޮތުން ނޫސްވެރިންނަށް ވޯޓު ގުނާ ތަނުގައި ތިބެ ވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަދޭ ރިޕޯޓަރުންނަށެވެ. ގާނޫނަށް ގެނައި އިސްލާހުގައި ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަކީ ކޮބައިކަން ތަފްސީލުކޮށްދީފައި ވެއެވެ. އެގޮތުން، ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަކީ ރަޖިސްޓްރީކޮށްފައިވާ މީޑިއާއެއްގައި މަސައްކަތް ކުރާ ނޫސްވެރިން ކަމުގައި ކަނޑައަޅާފައި ވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް