Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަނޑިޔާރުން އައްޔަންކުރުން

ކްރިމިނަލް ކޯޓަށް 3 ފަނޑިޔާރުން އައްޔަނުކޮށްފި

12 މާރިޗު 2023 | އާދީއްތަ 02:16

ފަނޑިޔާރުން އައްޔަންކޮށްފައިވަނީ ދެ އިއުލާނެއްގެ ދަށުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 12 މާރިޗު 2023 | އާދީއްތަ 02:16
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

ކްރމިނަލް ކޯޓަށް 3 ފަނޑިޔާރުން އައްޔަންކޮށްފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.

ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓަށް އައްޔަންކޮށްފައިވަނީ 3 ފަނޑިޔާރުން ކަމަށެވެ.

Advertisement - newsAdvertisement

ޖޭއެސްސީން ބުނީ އެކޯޓަށް 2 ފަނޑިޔާރުން ހޯދުމަށް މިއަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހު ކުރެވުނު އިއުލާނުގައި އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ސ.މަރަދޫ، އެށެވެލި އަލްއުސްތާޛު އިބްރާހީމް އިޙްސާން އާއި ގއ.ނިލަންދޫ، ބިއްލޫރިޖެހިގެ، އަލްއުސްތާޛު އިބްރާހީމް ޛިހުނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ފެބްރުއަރީ 5 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 10 ވަނަ ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.

އަދި އެ ކޯޓަށް ފަނޑިޔާރަކު ހޯދުމަށް 2022 ވަނަ އަހަރުގެ ޖުލައި 7 ގައި ކުރި އިއުލާނުގެ ދަށުން އަލްއުސްތާޛާ އާމިނަތު އަޒްލިފާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް މިއަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 11 ވަނަ ބައްދަލުވުމުގައި ނިންމާފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.

އަލްއުސްތާޛު އިބްރާހީމް އިޙްސާންއަކީ 2018 އޮކްޓޫބަރު 29 ވަނަ ދުވަހު މެޖިސްޓްރޭޓްކަމަށް ޢައްޔަން ކުރެވި، މިވަގުތު ގއ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމުގެ މަޤާމް އަދާކުރައްވަމުންދާ ފަނޑިޔާރެކެވެ. އަދި ޤާނޫނީ ރޮނގުން ބެޗްލަރ އޮފް ލޯ (އޮނަރސް) ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވުމުގެ ކުރިން 2016 ވަނަ އަހަރުން ފެށިގެން އަލްއުސްތާޛު އިބްރާހީމް އިޙްސާންވަނީ ލީގަލް އޮފިސަރެއްގެ ގޮތުގައި ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތްކުރައްވާފައެވެ. 

އަލްއުސްތާޛު އިބްރާހީމް ޛިހުނީ ވަނީ މިސްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީއިން ބެޗްލަރ އޮފް އާރޓްސް އިން ޝަރީޢާ އެންޑް ލޯ ހާސިލްކުރައްވާފައެވެ. އަދި އަލްއުސްތާޛު އިބްރާހީމް ޛިހުނީ އަކީ 2013 ފެބްރުއަރީ އިން ފެށިގެން ލީގަލް މަސައްކަތުގައި އެމް.ޑަބްލިއު.އެސް.ސީ އަދި 2014 ވަނަ އަހަރުން ފެށިގެން ޑްރަގް ކޯޓުގައި ލީގަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2016 ޖަނަވަރީ 20 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އަލްއުސްތާޛު އިބްރާހީމް ޛިހުނީ ހުންނެވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައެވެ.

އަލްއުސްތާޛާ އާމިނަތު އަޒްލިފާ ވަނީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނާރސް) އަދި ވިލާކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ ހާސިލްކުރައްވާފައެވެ. އަލްއުސްތާޛާ އާމިނަތު އަޒްލިފާ އަކީ 2012 ވަނަ އަހަރުން ފެށިގެން ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. އެގޮތުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގައި މަސައްކަތްކުރެއްވިއެވެ. 2015 އޭޕްރީލް އިން ފެށިގެން އަލްއުސްތާޛާ އާމިނަތު އަޒްލިފާ އަކީ ކްރިމިނަލް ކޯޓުގައި ލީގަލް އޮފިސަރެއްގެ މަޤާމް އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް