Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ހޫލިއަން އަލްވާރޭޒްގެ އެއްބަސްވުން އައުކުރުމަށް ސިޓީން މަސައްކަތްކުރަނީ

ސިޓީން ހުށަހަޅާ އައު އެއްބަސްވުމުގައި އަންނަ ހަފުތާގައި އަލްވާރޭޒް ސޮއިކުރާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މާރިޗު 2023 | ހޮނިހިރު 14:54
ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ހޫލިއަން އަލްވާރޭޒް

ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ހޫލިއަން އަލްވާރޭޒް

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޒުވާން ފޯވާޑް ހޫލިއަން އަލްވާރޭޒްގެ އެއްބަސްވުން އައުކުރުމަށް އެ ކުލަބުން މަސައްކަތް ކުރަމުން އަންނަކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ސިޓީއަށް ބަދަލުވީ މިދިޔަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވިދާލީ މިދިޔަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގައެވެ. އޭގެ ފަހުން އަލްވާރޭޒް ހޯދުމުގެ ޝައުގުވެރިކަން ޔޫރަޕުގެ ގިނަ ކުލަބުތަކުން ގެންގުޅޭއިރު، ސިޓީން ބޭނުންވަނީ އޭނާގެ އެއްބަސްވުން ދިގު މުައްދަތަކަށް އިތުރުކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. މިހާރު ސިޓީއާއެކު އޭނާ ހަދާފައިވާ ފަސް އަހަރު ދުވަހުގެ އެއްބަސްވުން ހަމަވާނީ 2027 ވަނަ އަހަރަށެވެ. ނަމަވެސް ސިޓީން ބޭނުންވަނީ އެ މުއްދަތު އިތުރު އެއް އަހަރަށް އިތުރުކުރަން ކަމަށާއި، އެކަމަށް އަލްވާރޭޒްއާ ސިޓީއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ސިޓީން ހުށަހަޅާ އައު އެއްބަސްވުމުގައި އަލްވާރޭޒް އަންނަ ހަފުތާގައި ސޮއިކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އަލްވާރޭޒް ވަނީ މިހާތަނަށް ސިޓީއަށް 31 މެޗު ކުޅެދީ، 10 ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

15 ޖުލައި 2017

ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ

15 ޖުލައި 2017
ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ
06 ޖުލައި 2017

އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

06 ޖުލައި 2017
އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި
13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
01 މެއި 2017

ނަވާސް ހޯދުމުގެ މަސައްކަތް ސިޓީން ފަށައިފި

01 މެއި 2017
ނަވާސް ހޯދުމުގެ މަސައްކަތް ސިޓީން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު