Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕްލާސްޓިކް އުފެއްދުން

ޕްލާސްޓިކް އުފައްދަން މިފަހަރު މި ބޭނުންކުރަނީ ހަނޑޫ!

ދަނޑުބިންތައް އޮތް ސަރަހައްދަށްވެސް ރޭޑިއޭޝަންގެ އަސަރުކޮށްފައިވާތީ، ސިއްހީ ކަންބޮޑުވުންތަކެއް އެބަހުރި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 މާރިޗު 2023 | ހޮނިހިރު 11:07
ހަނޑުލުން ޕްލާސްޓިކް އުފެއްދުން

ހަނޑުލުން ޕްލާސްޓިކް އުފެއްދުން

އުމުރުން މިހާރު 85 އަހަރު ފުރިފައިވާ ޖިނީޗީ އަބޭ ބަލަހައްޓައިގެން ހުރީ، 2011 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް، އޭނާގެ ހަނޑޫ ދަނޑުތަކުން ފައިދާ ލިބިދޭ މަންޒަރަށެވެ. 2011 ވަނަ އަހަރު ޖަޕާނަށް ކުރިމަތިވި ބިންހެލުމުގެ ކާރިސާގައި ފުކުޝީމާ ނިއުކްލިއަރ ޕްލާންޓުން ބޭރުވި ރޭޑިއޭޝަންގެ އަސަރުތައް މުޅިން ފިލައި ނުދިއުމުގެ ސަބަބުން، އެންމެ ބޮޑު ދައްޗެއް އުފަލަމުން އެކަކީވެސް އަބޭއެވެ.

އަބޭގެ ދަނޑުބިންތަކުގައި ހައްދާ ހަނޑުލަކީ މިހާރު ކެއުމުގައި ބޭނުންކުރަން ރައްކާތެރި އުފެއްދުމެއް ނޫނެވެ. ދަނޑުބިންތައް އޮތް ސަރަހައްދަށްވެސް ރޭޑިއޭޝަންގެ އަސަރުކުރުމުގެ ސަބަބުން ސިއްހީ ކަންބޮޑުވުންތަކެއް ހުރީތީއެވެ.

ކަން މިހެން އޮތް ނަމަވެސް، އަބޭ އަތުން ދެމެހެއްޓެނިވި ގޮތެއްގައި ހަނޑޫ ގަންނާނެ ބައިވެރިއަކު މިހާރުވެއްޖެއެވެ. އެއްވެސް ހާލެއްގައި، އެއީ ކެއުމުގައި ބޭނުންކުރަން ހަނޑޫ ގަންނަ ބައިވެރިއެއް ނޫނެވެ. އޭނާގެ އަމާޒަކީ، ޖައްވު ހޫނުކުރާ ވިހަ ގޭހެއް ކަމަށްވާ، ކާބަންގެ އަސަރު އިންތިހާއަށް ދަށް މިންވަރަކަށް އެކުލެވޭ ޕްލާސްޓިކަށް، އެ ހަނޑޫ ބަދަލުކުރުމެވެ.

އަބޭ ނިސްބަތްވާ ނަމީ އަވަށަކީ، 2011 ވަނަ އަހަރުގެ ކާރިސާއިން އަރައިގަތުމަށް އަދިވެސް މަސައްކަތްކުރަމުން ދާ އަވަށެކެވެ. 2011 ވަނަ އަހަރުގެ ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގައި ފުކުޝީމާ ޑައިޗީ ނިއުކްލިއަރ ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ނަމީގެ ބައެއް ސަރަޙައްދުތައް އޮންނަނީ ނިއުކްލިއަރ ޕްލާންޓާ އެންމެ 2.5 މޭލެއްހާ ދުރުމިނުގައެވެ. އަވަށުގެ ބިމުގެ ސަތަހައިގެ 80 ޕަސެންޓަކީ، އަދިވެސް މީހުން ވަނުން މަނާ ސަރަހައްދެކެވެ.

2011 ވަނަ އަހަރުގެ ކާރިސާގެ ކުރިން ނަމީގެ އާބާދީގައި 21000 އެއްހާ މީހުން ތިބިނަމަވެސް، މިހާރު އެ އަވަށުގައި އުޅޭ މީހުންގެ އަދަދު 2000ށް ވެސް ނާރައެވެ.

ކަން މިހެން އޮތްނަމަވެސް، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހަކީ، މިކަން ބަދަލުވާން ފެށި ދުވަސްވަރެވެ. ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މަރުކަޒު ކޮށްގެން ހިންގާ ބަޔޯމާސް ރެޒިން ކުންފުނިން، ނަމީގައި ކާރުޚާނާއެއް ހުޅުވިއެވެ.

މި ކާރުޚާނާގައި ކުރިއަށްދަނީ ހަނޑޫފުއްތަކާއި، ކުދި މިނާ ފުއްތަކެއް ވަރުގެ ޕްލާސްޓިކް އެއްކުރުމުގެ މަސައްކަތެވެ. ހަނޑުލާއި ޕްލާސްޓީކް ފުއްތަކަށް ހޫނުކުރުމަށްފަހު، ފިނިވެގެން ނުކުންނަނީ ހިމަ، ޕްލާސްޓިކް ހޮޅިތަކެއްގެ ގޮތުގައެވެ. އެއަށްފަހު، ޕްލާސްޓިކް ޕެލެޓްތަކަށް އެ ހޮޅިތައް ބައިބައިކޮށްލައެވެ.

މި ޕެލެޓްތަކުގެ 50 ޕަސެންޓް ނޫނީ 70 ޕަސެންޓް ހިއްސާކުރަނީ ހަނޑުލެވެ. މި ޕެލެޓްތަކަކީ، ޕްލާސްޓިކުން އެކި ކަހަލަ އެއްޗިހި އުފައްދާ ކުންފުނިތަކުން، ޕްލާސްޓިކުގެ މަސްދަރުގެ ގޮތުގައި ބޭނުންކުރާ ޕެލެޓްތަކެވެ.

މި ހުރިހާ ކަމެއް ހިނގަނީ، ބަޔޯމާސް ރެޒިންގެ ރައީސް، ޓަކެމިޓްސޫ އިމާޒޫގެ ބެލުމުގެދަށުންނެވެ.

މި ކާރުޚާނާގައި އުފައްދާ ޕްލާސްޓިކް ޕެލެޓްތަކުން އުފައްދާ ސާމާނަކީ ކާބަންގެ މިންވަރު ދަށް، ޕްލާސްޓިކްގެ އުފެއްދުންތަކެކެވެ. އޭގެ ތެރޭގައި ކެއިންބުއިމަށް ބޭނުންކުރާ އުލާއި ސަމުސާފަދަ ތަކެތީގެ އިތުރުން، ޓޭކްއަވޭފަދަ ތަންތަނުގައި ބޭނުންކުރާ ކަހަލަ ތަށިތައްވެސް ހިމެނެއެވެ. މި ތަކެއްޗަކީ ޖަޕާނުގެ ބޮޑެތި ކުންފުނިތަކުންވެސް ބޭނުންކުރާ ތަކެއްޗެވެ.

ޖަޕާނުގެ އެކި ހިސާބުތަކުގައި ހިންގާ ބޮޑެތި ރެސްޓޯރަންޓްތަކުގައިވެސް މިހާރު މި ސާމާނު ބޭނުންކުރާއިރު، ޖަޕާނުގެ ބޮޑެތި އެއަރޕޯޓްތަކުގައި، ސުވެނިއަރ ގޮތުގައި މި ތަކެތި ވިއްކައެވެ.

ޕްލާސްޓިކަކީ ފަސޭހައިން ނެތިދާ އެއްޗަކަށް ނުވިނަމަވެސް، ހަނޑޫ ބޭނުންކުރުމުގެ ސަބަބުން، ޕެޓްރޯލިއަމްގެ އުފެއްދުންތަކުގެ އަދަދު މަދުކުރެވެއެވެ. ނަމީގައި ހަނޑޫ ހައްދާ މިންވަރު އިތުރުކުރުމުގެ ސަބަބުން، ވައިގެ ތެރޭގައި ކާބަންޑައިއޮކްސައިޑް (ސީއޯޓޫ) އެކުލެވޭ ޖުމުލަ މިންވަރުވެސް ދަށްކުރެވެއެވެ.

ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާގޮތުގައި، ނަމީގައި ހައްދާ ހަނޑުލުގައި ނުރައްކާ މިންވަރަކަށް ރޭޑިއޯއެކްޓިވް މާއްދާގެ އަސަރެއް ނެތެވެ. މާނައަކީ، ނަމީއިން މި ނެރޭ އާދަޔާ ޚިލާފު ޕްލާސްޓިކުގައިވެސް މައްސަލައެއް ނެތުމެވެ.

ހަނޑޫ ދަނޑުބިންތަކަށް އާރޯކަން ލިބުމަކީ ނަމީއަށް މިއަދު އިންތިހާއަށް ބޭނުން ޖެހިފައިވާ ކަމެކެވެ.

2017 ވަނަ އަހަރަށްފަހު، 8 ކުންފުންޏަކުން ދަނީ ނަމީގައި ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި ކޮންކްރީޓް އުފައްދާ ޕްލާންޓެއްގެ އިތުރުން، އަކުއާކަލްޗަރ ކުންފުންޏަކާއި، އީވީ ބެޓެރި އަލުން ބޭނުންކުރުމާ ގުޅޭ މަސައްކަތްކުރާ ކުންފުންޏެއްވެސް ހިމެނެއެވެ. ނަތީޖާއެއްގެގޮތުން 200އެއްހާ ވަޒީފާވެސް އެ ސަރަހައްދުގައި ވަނީ އުފެދިފައެވެ.

ދިރާސާކުރުމާބެހޭ އިތުރު މުއައްސަސާތަކެއް ނަމީއަށް ގެންދިއުމުގެ މަޝްވަރާތައްވެސް ދަނީ ކުރަމުންނެވެ.

ބަޔޯމާސް ރެޒިން ކުންފުނީގެ 10 މުވައްޒަފަކު މިހާރުވެސް ދިރިއުޅެމުން ދަނީ ނަމީގައި ކަމަށް ވާއިރު، އަމާޒު ހުރީ އެ އަދަދު އިތުރުކުރުމަށެވެ.

ބަޔޯމާސް ރެޒިން ހަނޑޫ ބޭނުންކޮށްގެން އުފައްދާ ޕްލާސްޓިކް ތައްޔާރުކުރުމަށް ނަމީއިން ގެންދަނީ 55 ޓަނުގެ ހަނޑޫ ކަމަށްވާއިރު، އެކުންފުންޏަށް ބޭނުންވާ 1700 ޓަނުގެ ބާކީ ބައި ހަމަކުރަނީ ފުކުޝީމާގެ އެހެން ސަރަހައްދުތަކުންނެވެ. ނަމަވެސް ކުރިއަށް އޮތް އަހަރަކީ، އަބޭ އަތުން ހަނޑޫ ގަންނަ މިންވަރު ބަޔޯމާސް ރެޒިންއިން އިތުރުކުރާނެ އަހަރެއްކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 މިފަހަރުގެ ސާކްގެ އެންމެ މޮޅު ބަތަލާއަކީ ރިޝްމީ

މިފަހަރުގެ ސާކްގެ އެންމެ މޮޅު ބަތަލާއަކީ ރިޝްމީ

26 ނޮވެމްބަރު 2017
ޗެޕްލިން އެވޯޑު މިފަހަރު ލިބުނީ ހެލެން މިރެން އަށް

ޗެޕްލިން އެވޯޑު މިފަހަރު ލިބުނީ ހެލެން މިރެން އަށް

17 އޮކްޓޯބަރު 2017
ރައީސް އޮބާމާ މިފަހަރު މިޝެލްއަށް "ސައިޕްރައިޒް" ދެއްވީ ވީޑިއޯއަކުން

ރައީސް އޮބާމާ މިފަހަރު މިޝެލްއަށް "ސައިޕްރައިޒް" ދެއްވީ ވީޑިއޯއަކުން

04 އޮކްޓޯބަރު 2017
އަހަރެންގެ ހަޔާތުގެ މައްޗަށް ސީރީޒްއެއް އުފައްދަން އެންމެ އެކަށީގެންވަނީ ޕްރިޔަންކާ: މާދުރީ

އަހަރެންގެ ހަޔާތުގެ މައްޗަށް ސީރީޒްއެއް އުފައްދަން އެންމެ އެކަށީގެންވަނީ ޕްރިޔަންކާ: މާދުރީ

19 އޯގަސްޓު 2017
ޕްރިޔަންކާ މިފަހަރު ޑީޖޭ ވިލް ސްޕާކްސްއާ އެކު ލަވައެއް ނެރެނީ

ޕްރިޔަންކާ މިފަހަރު ޑީޖޭ ވިލް ސްޕާކްސްއާ އެކު ލަވައެއް ނެރެނީ

06 އޯގަސްޓު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު