Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިޓީބީ ބާލިން

ހައި ޕްރޮފައިލް ސްޕީކަރުންނާއެކު އެމްއެމްޕީއާރުސީގެ އެކްސްކްލޫސިވް "މޯލްޑިވްސް މީޑިއާ މީޓް" ނޫސްވެރިންގެ ބައްދަލުވުން ބާއްވައިފި

ޓްރެވަލް ޓްރޭޑް އަދި މީޑިއާ ތަމްސީލުކުރާ 50 ބޭފުޅުންނާއި މީޑިއާ އަދި ޓޫރިޒަމާ ގުޅުންހުރި ކުންފުނިތަކާއި ޖަމިއްޔާތަކުން ގިނަ ފަރާތްތަކެއް ބައިވެރިވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 މާރިޗު 2023 | ބުރާސްފަތި 02:39
އެމްއެމްޕީއާރުސީ މީޑިއާ މީޓްގެ ތެރެއިން

އެމްއެމްޕީއާރުސީ މީޑިއާ މީޓްގެ ތެރެއިން

އައިޓީބީ ބާލިންގެ ހަވާސާގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން 'މޯލްޑިވްސް މީޑީޔާ މީޓް' ގެ ނަމުގައި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެެއް ބާއްވައިފިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ ގައިމެސޭ ބާލިންގެ ހޯލް 5.3ގެ ހައިބްރިޑް ސްޓޫޑިއޯގައެވެ. އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ލީޑްކުރެއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ފަތުރުވެރިކަން ތައާރަފްކުރުމުގައި ހަރަކާތްތެރިވި އެއް ބާނީ، ހުސެއިން އަފީފް އާއި ރާއްޖޭގެ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ ޢަބްދުﷲ މަޢުޞޫމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަފްލާގައި ޓްރެވަލް ޓްރޭޑް އަދި މީޑިއާ ތަމްސީލުކުރާ 50 ބޭފުޅުންނާއި މީޑިއާ އަދި ޓޫރިޒަމާ ގުޅުންހުރި ކުންފުނިތަކާއި ޖަމިއްޔާތަކުން ގިނަ ފަރާތްތަކެއް ބައިވެރިވިއެވެ. އަދި އައިޓީބީ އެކްސްޕްލޯ މެދުވެރިކޮށްވެސް 45 ފަރާތުން މި ނޫސްވެރިންގެ ބައްދަލުވުން ބަލާފައިވެއެވެ.

މި ނޫސްވެރިންގެ ބައްދަލުވުން ފެށުމުގެ ގޮތުން، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރުމަށް ކުރެވުނު މަސައްކަތްތަކާ ބެހޭ ގޮތުން އިންޑަސްޓްރީގެ އެއް ބާނީ ހުސައިން އަފީފު ވާހަކަފުޅު ދެއްކެވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވަނީ ވޭތުވެދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކާއި މުސްތަގުބަލަށް ރާވާފައިވާ ޕްލޭންތަކާ މެދު ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެ އަކީ ނަމޫނާ މަންޒިލަކަށް ހެދުމުގައި ޓްރެވަލް އަދި ޓޫރިޒަމް ސްޓޭކްހޯލްޑަރުންގެ ކޮންޓްރިބިއުޝަންތަކާއި އެންގޭޖްމަންޓުތަކުގެ އަގުވަޒަންކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި މަސައްކަތް ކުރަނީ އިނޮވޭޓިވް، ދެމެހެއްޓެނިވި، އެކްސެސިބަލް އަދި އިންކްލޫސިވް ޓޫރިޒަމް ޑިވެލޮޕްމަންޓް އަދި މެނޭޖްމަންޓް އެޕްރޯޗްތަކާއި މޮޑެލްތަކުގެ ތެރެއިން ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް ކަމަށެވެ.

މިއަށް ފަހު އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބް ވަނީ ފަތުުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ރާއްޖެ މާކެޓްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެމްއެމްޕީއާރުސީއިން މި އަހަރު ކުރިއަށްގެންދާ ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރަންސްއާ ބެހޭގޮތުން ވެސް ތޮއްޔިބް ވާހަކަފުޅު ދެއްކެވިއެވެ.

ތޮއްޔިބު ވިދާޅުވީ 1984 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ދިވެހިރާއްޖެ އައިޓީބީ ބާލިންގައި ބައިވެރިވަމުން އަންނަ ނަމަވެސް މި އަހަރަކީ ހާއްސަ އަހަރެއްކަމަށެވެ. އައިޓީބީ ބާލިންގައި މިއަހަރު އެމްއެމްޕީއާރުސީގެ ފަރާތުން ބައިވެރިވަމުންދާ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލްސް، މީޑިއާ، އަދި މަތީ ފެންވަރުގެ އެގްޒެކެޓިވުންގެ ވަފުދަކީ މިހާތަނަށް އެއްވެސް ފެއަރއެއްގައި ނުވަތަ މިފަދަ އިވެންޓެއްގައި ބައިވެރިވެފައިނުވާ ފަދަ ބޮޑު ވަފުދެއްކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

91 ކުންފުންޏެއްގެ 233 މަންދޫބުން މިހާރު އެމްއެމްޕީއާރުސީއާއެކު އައިޓީބީ ބާލިންގައި އެބަތިއްބެވި ކަމަށް ތޮއްޔިބު ހާމަކުރެއްވިއެވެ. އަދި މިއިން ދައްކައިދެނީ އައިޓީބީ ބާލިންއަށް ރާއްޖޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއިން ދޭ ޝައުގުވެރިކަމާއި ޖޯޝްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް 50 އަހަރު ފުރުމުގެ މައިލްސްޓޯން ފާހަގަކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްއިން ތައްޔާރުކޮށްފައިވާ ‘50 އަލްޓިމޭޓް އެކްސްޕީރިއަންސް’ ގައިޑްބުކް ވެސް ތޮއްޔިބު ވަނީ މި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯންޗްކޮށްދެއްވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ވާހަކަފުޅު ދެއްކެވި ބޭފުޅުން ވަނީ ވަޑައިގެން ތިއްބެވި މީޑިއާގެ ސުވާލަތަކަށް ޖަވާބުދެއްވާފައެވެ.

މި މީޑިއާ މީޓް ބޭއްވުމުގެ ބޭނުމަކީ ޖަރުމަނާއި ދުނިޔޭގެ އެހެނިހެން މާކެޓްތަކުގެ ލީޑިންގ މީޑިއާތަކަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުން ކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމައެކަނި ތަފާސްހިސާބުތައް ދެއްކުމުގެ ބަދަލުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފަށައިގެން ކުރިއަރައިގެން ދިޔަ ގޮތާއި، ވޭތުވެދިޔަ އަހަރުތަކުގައި ލިބުނު އެވޯޑްތަކާއި ކާމިޔާބީތަކާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލުގެ މައްޗަށް އަލިއަޅުވާލެވިގެންދިޔަ ކަމަށާއި ދިވެހިރާއްޖެ އާއި ޖަރުމަނާ ދެމެދު އޮންނަ ގާތް ގުޅުމުގެ ވާހަކަތައް ދެކެވިގެންދިޔަ ކަމަށް ވެސް އެމްއެމްޕީއާރްސީއިން ބުނެއެވެ.

މިހާރު އެމްއެމްޕީއާރުސީއިން ކުރިއަށްގެންދާ އެންމެ ބޮޑު އިވެންޓް - ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 އިތުރަށް ޕްރޮމޯޓްކޮށް ޝައުގުވެރިކަން އުފައްދާ، އެންމެ ފަހުގެ އަޕްޑޭޓްތައް ހިއްސާކުރުމުގެ ފުރުސަތުވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ފަހިކޮށްދީފައިވާކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު