Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަންހެނުން ބާރުވެރިކުރުން

އަންހެނުން ބާރުވެރިކުރަން ޓެކޮނޮޖީގެ އެހީގައި އީޖާދީ ޚިޔާލުތަކާއި އުފެއްދުންތެރި ވިސްނުމުގެ ބޭނުންތެރިކަމުގެ މުހިއްމުކަން ބަލައިގަންނަންޖެހޭ - ޝާހިދު

8 މާރިޗު 2023 | ބުދަ 10:51

އަންހެނުންނަށް ދިރިއުޅުމުގެ ހުރިހާ ގޮތަކުން ވެސް ކާމިޔާބީ ޙާޞިލު ކުރެވޭނެ މަގު ހޯދައިދިނުމަށް އެންމެންވެސް ފަރުދީ ޒިންމާ އަދާކުރަންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 މާރިޗު 2023 | ބުދަ 10:51
އެޑްހޮކް ވޯކިން ގްރޫޕުން ބޭއްވި ނުރަސްމީ ޑައިލޮގްގައި މިނިސްޓަރު ޝާހިދު ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންފި

އެޑްހޮކް ވޯކިން ގްރޫޕުން ބޭއްވި ނުރަސްމީ ޑައިލޮގްގައި މިނިސްޓަރު ޝާހިދު ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންފި

އަންހެނުން ބާރުވެރިކުރުމަށްޓަކައި ޓެކޮނޮޖީގެ އެހީގައި އީޖާދީ ޚިޔާލުތަކާއި އުފެއްދުންތެރި ވިސްނުމުގެ ބޭނުންތެރިކަމުގެ މުހިއްމުކަން ބަލައިގަންނަންޖެހޭ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ 2023 ވަނަ އަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާތުގައި ދެއްވި މެސެޖުގައެވެ.

Advertisement - newsAdvertisement

ފޮރިން މިނިސްޓަރ ވިދާޅުވީ މިއަދު ފާހަގަކުރަނީ، އަދުގެ ދުނިޔެ ބައްޓަންކުރުމުގައި އަންހެނުން އަދާކޮށްފައިވާ ދައުރާއި އެމީހުންގެ ކާމިޔާބީތައް ކަމަށެވެ. އަދި، ކޮންމެ އަންހެނަކަށްވެސް، އެމީހެއްގެ އެންމެ ފުރިހަމަ ޕޮޓެންޝަލް ހާޞިލްކުރުމުގެ ފުރުޞަތު ކަށަވަރުކޮށްދިނުމަށް ވެފައިވާ ވަޢުދު މިއަދު އައު ކުރަންޖެހޭ ކަމަށެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ޝިޢާރަކީ "ޑިޖިޓަލް އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮރ ޖެންޑަރ އީކުއަލިޓީ" އެވެ. މިނިސްޓަރ ވިދާޅުވީ ދާދި ހަލުވި ދުވެއްޔެއްގައި ބަވަނަވަމުންދާ ދުނިޔެއެއްގައި، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށާއި އަންހެނުން ބާރުވެރިކުރުމަށްޓަކައި ޓެކޮނޮޖީގެ އެހީގައި އީޖާދީ ޚިޔާލުތަކާއި އުފެއްދުންތެރި ވިސްނުމުގެ ބޭނުންތެރިކަމުގެ މުހިއްމުކަން އަޅުގަނޑުމެން ބަލައިގަންނަންޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ލޯކަލް ކައުސިލްތަކުގެ ތިންބައިކުޅަ އެއްބައި ގޮނޑިތަކަކީ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިތަކެއް ކަމަށެވެ. މިފަދަ ސިޔާސަތުތަކުގެ ސަބަބުން، އެކިއެކި ފަންތީގައި ނިންމާ ނިންމުންތަކުގައި އަންހެނުންގެ ޚިޔާލުތަކާއި، ތަޖުރިބާ އަދި އިސްނެގުން ހިމެނޭކަން ކަށަވަރުކުރެވިގެންދާ ކަމަށެވެ.

އަދި، ރާއްޖެއިން އެކި ޤައުމުތަކަށް ކަނޑައަޅާފައިވާ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރީންގެ ފަންސާސް އިންސައްތައަކީ އަންހެން ކަނބަލުން ކަމަށެވެ. މިންތީގެ ހަމަހަމަކަން ޚާރިޖީ ދާއިރާއިން ހާސިލްކުރުމަށް މިފަދަ ފިޔަވަޅުތައް އެޅިފައިވާކަމީ، ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކަށް ލިބޭ ޝަރަފެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެއްވެސް ޤައުމަކަށް އެޤައުމެއްގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރެވިފައިވާކަމަކަށް ނުބުނެވޭނެ ކަމަށެވެ. އަދި ހުރިހާ ޤައުމެއްގައި ވެސް މިލަނޑުދަނޑި ޙާޞިލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ. ނަމަވެސް، ކަނޑައެޅި ހާމަވެފައިވާ ޙަޤީޤަތަކީ އަންހެނުން އިސްނަގާ ތަންތަނުން ކާމިޔާބީ ފެންނަކަމެވެ.

އަންހެން ލީޑަރުންގެ ސަބަބުން ދުނިޔޭގައި ފެންނަ ހެޔޮބަދަލު މިއަދު ފާހަގަކުރަން ޖެހޭ ކަމަށާއި، މިބީދައިން، މިފަދަ އިސް މަޤާމުތަކަށް މިހާރަށް ވުރެ ގިނަ އަންހެނުން ވާސިލްކުރުވުމަށާއި އެމަޤާމުތަކުގައި އެމީހުން ދެމިތިބުމަށް ބާރުއެޅުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

އަދި، ދިރިއުޅުން ކާމިޔާބުކުރުމަށް އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމަށާއި، އަންހެނުންނަށް ދިރިއުޅުމުގެ ހުރިހާ ގޮތަކުން ވެސް ކާމިޔާބީ ޙާޞިލު ކުރެވޭނެ މަގު ހޯދައިދިނުމަށް އެންމެންވެސް ފަރުދީ ޒިންމާ އަދާކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

08 މާރިޗު 2017

ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު

08 މާރިޗު 2017
ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު
08 މާރިޗު 2017

އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު

08 މާރިޗު 2017
އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު
08 މާރިޗު 2017

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

08 މާރިޗު 2017
އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް
08 މާރިޗު 2017

އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ

08 މާރިޗު 2017
އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ
06 މާރިޗު 2017

ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

06 މާރިޗު 2017
ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
23 ފެބުރުއަރީ 2017

ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް

23 ފެބުރުއަރީ 2017
ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް