Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭ 6ގެ ހަމަލާ

މޭ 6ގެ ހަމަލާގެ ޝަރީއަތް ލަސްވާ އެކަށީގެންވާ ސަބަބެއް ޝަރުއީ އިދާރާތަކަށް ބުނެ ނުދެވުނު - އައްބާސް

ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާއާއި ބައްދަލުކުރައްވާ ޝަރީއަތް ކުރިއަށް ނުދާތީ އެކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 މާރިޗު 2023 | ބުދަ 06:12
އައްބާސް ފާއިޒު ރައީސް ޞާލިހާއި ބައްދަލުކުރައްވަނީ

އައްބާސް ފާއިޒު ރައީސް ޞާލިހާއި ބައްދަލުކުރައްވަނީ

ރައްޔިތުން މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތްތައް ލަސްވާ އެކަށީގެންވާ ސަބަބެއް ޝަރުއީ ދާއިރާތަކަށް ބުނެ ނުދެވުނު ކަމަށް, އެ މައްސަލަ ކުރިއަށްދާގޮތް މޮނިޓަރކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ޚާއްސަ މަންދޫބު އައްބާސް ފާއިޒު ވިދާޅުވެއްޖެއެވެ.

އައްބާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާ ހަސަން ރަޝީދުއާއި މިދިޔަ ހަފްތާގައި ބައްދަލުކުރައްވާ، ރައީސް މުހައްމަދު ނަޝީދަށް 6 މެއިގައި ހަމަލާދިންކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ކުރިއަށް ނުދާތީ އެކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އައްބާސް ވިދާޅުވީ ރާއްޖޭގެ ޝަރުއީ އިދާރާތަކުން، ޝަރީއަތް ލަސްވާ އެކަށީގެންވާ ސަބަބެއް ދެއްވާފައި ނުވާ ކަމަށެވެ.

މީގެ ކުރިން ވެސް އައްބާސް ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެއިރު އައްބާސް ވިދާޅުވެފައިވަނީ މޭ 6ގެ ހަމަލާއާ ގުޅޭ ޝަރީއަތްތަކަށް މިހާރު އައިސްފައިވާ ލަސްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި މިހާތަނަށް އެ މައްސަލާގައި ހުކުމްކޮށްފައި ވަނީ އެންމެ މީހަކަށް ކަމަށާއި, ދެންތިބި މީހުންގެ ޝަރީއަތްތައް އަދި ތާވަލްކޮށްފައިނުވާ ކަމަށާއި, އެ ޝަރީއަތްތައް އެކުގައި ދިޔުމަކީ މިމައްސަލަ އިތުރަށް ލަސްވުމުން ސަލާމަތްކޮށްދޭނެ ކަމެއް ކަމަށެވެ.

ބޮމުގެ ހަމަލާގެ މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދަށް އެކަންޏެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

އަދުހަމް ހިމެނޭގޮތަށް ޖުމްލަ ނުވަ މީހަކަށް މި މައްސަލާގައި ދައުވާކޮށްފައިވެއެވެ. އެއީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ އަލީއާއި، ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީ މަނިކާއި މ. ކުދެހިގެ، އިސްހާގާއި، އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމައި އޭނާ ވަނީ ދޫކޮށްލައިފައެވެ.

ހަމަލާދިނުމުގައި އިސްދައުރެއް އަދާކުރި އިސްހާގަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވިކަމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއާއި, ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާއެވެ.

ފަހުމީއަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ނާޒިމަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެވެ. މުޖާޒް، ތަހުމީން، ހައިޝަމް އަދި އަދުހަމްގެ މައްޗަށް 13 ދައުވާއެއް އުފުލާފައިވެއެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު