Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކޭމް މައްސަލަ

ސްކޭމް މައްސަލަތުގައި ބީއެމްއެލްގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް ނުވޭ: ބީއެމްއެލް

8 މާރިޗު 2023 | ބުދަ 02:16

ބޭންކްގެ ސެކިއުރިޓީ ބްރީޗެއް ނޫޅޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 މާރިޗު 2023 | ބުދަ 02:16
ބީއެމްއެލްގެ ކިއުއާރު ޓްރާންސެކްޝަނެއް ހިންގަނީ

ބީއެމްއެލްގެ ކިއުއާރު ޓްރާންސެކްޝަނެއް ހިންގަނީ

ސްކޭމް މައްސަލަތަކުގައި ބީއެމްއެލްގެ އެއްވެސް  މުވައްޒަފެއްގެ ބައިވެރިވުމެއް ނުވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޕީއާރް ކޯޑިނޭޓަރު މަރިޔަމް ނުޒުހަތު ވިދާޅުވީ ބޭންކްގެ ސެކިއުރިޓީ ބްރީޗެއް ނޫޅޭ ކަމަށެވެ. އަދި ސްކޭމް މައްސަލަތުގައި ކުންފުނީގެ މުވައްޒަފުންގެ ބައިވެރިވުން އޮންނަ ކަމަށް ބައެއް ފަރާތަކުން ތުހުމަތުކުރި ނަމަވެސް އެއީ ކުށްހީއެއް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ކުންފުނީގެ ތެރެއިންނާއި ތަހުޤީޤީ އިދާރާތަކަށް ހުށަހަޅައިގެން މައްސަލަތަށް ބެލިބެލުމަށް އެއްވެސް މުވައްޒަފެއްގެ ބައިވެރިވުން ނުވާ ކަމަށެވެ.  

ސްކޭމް މައްސަލަތުގައި ކަސްޓަމަރުންނަށް ރީފަންޑް ދެވޭ ހާލަތްތަކުގައި އެކަންތައްތައް ވެސް ފޯރުކޮށްދޭ ކަމަށާއި ހުށަހެޅޭ ހުރިހާ މައްސަލަތަކަކީ ވެސް ވަރަށް ސީރިއަސްކޮށް ބަލާ މައްސަލަތައް ކަމަށް ނުޒުހަތު ވިދާޅުވިއެވެ.

ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބޭންކްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ސްކޭމްއާ ގުޅޭ މައްސަލަތައް އެކި ބޭންކްތަކަށް ވެސް ދިމާވާ ކަމަށެވެ. މީހަކަށް އޮޅުވާލައިގެން އެ ފައިސާ ނެގުމަށް ވަރަށް ގިނަފަހަރު ބީއެމްއެލް އެކައުންޓް ބޭނުންކުރާ ކަމަށާއި ބީއެމްއެލް އެކައުންޓަކުން ބީއެމްއެލް އެކައުންޓަކަށް ފައިސާ ގެނެސް މިކަހަލަ ކަމެއް ހިންގާލަން ވަގުތުން ވަގުތަށް މިކަން ކުރިއަށް އެބަ ގެންދެވޭ ކަމަށެވެ.

އެހެން ބޭންކެއް މެދުވެރިކޮށް އެގޮތަށް އޮޅުވާލައިގެން ފައިސާ ހޯދާނަމަ އެ ފައިސާ ޖަމާވާން އެއްދުވަސްވަރު ނަގާކަމަށް ވެސް ވިދާޅުވިއެވެ.

މިދިޔަ އަހަރު ބޭންކަށް ޖުމްލަ 1400އާ ގާތަށް އެކި ބާވަތުގެ މައްސަލަތައް ހުށަހެޅުނުކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ މި މައްސަލަތަކުގެ 30 އިންސައްތަ ޑޮލަރުގެ މުއާމަލާތުގެ މައްސަލަތައް ހިއްސާވާ ކަމަށެވެ.

ފައިސާ ލިބޭ ފަރާތުގެ އެކައުންޓަށް ފައިސާ ޖަމާވުމުން، އަނބުރާ ރިވަރސް ކުރުމުގެ ބާރެއް ބޭންކަށް ނުލިބޭ ކަމަށާއި ފައިސާ ޖަމާވި އެކައުންޓްގެ ވެރިފަރާތުގެ ޒާތީ މައުލޫމާތު ހިއްސާކުރުމަށް ބައެއް މީހުން އެދުނަސް އެއީ ބޭންކަށް ދެވޭ މައުލޫމާތުތައް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ފުލުހުންނާއި ބޭންކާ އެއްބަސްވެފައި އޮންނަ އުސޫލުގެ ދަށުން، ފުލުހުންނަށް އެ މައުލޫމާތުތައް ފޯރުކޯށްދޭ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. މިފަދަ މައުލޫމާތުތައް ހިއްސާނުކުރުމުން ބޭންކުން އަޅާނުލާކަމަށް ބައެއް ކަސްޓަމަރުންނަށް ހީވާ ކަމަށް ސައީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
28 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

28 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ
22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް