Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގް

ޕޮޓާ އުއްމީދު ކުރަނީ ސްޓާލިން މިރޭ ގޯލު ޖަހާނެ ކަމަށް

ސްޓާލިން ވަނީ މެންޗެސްޓާ ސިޓީ އަށް ޗެމްޕިއަންސް ލީގުގައި 24 ގޯލު ޖަހައިދީފަ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 7 މާރިޗު 2023 | އަންގާރަ 08:18
ޗެލްސީގެ ރަހީމް ސްޓާލިން: ކޯޗު އުއްމީދު ކުރަނީ އޭނާ ގޯލު ޖަހާނެ ކަމަށް

ޗެލްސީގެ ރަހީމް ސްޓާލިން: ކޯޗު އުއްމީދު ކުރަނީ އޭނާ ގޯލު ޖަހާނެ ކަމަށް

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށް މިރޭ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑާ ދެކޮޅަށް ނުކުންނައިރު ފޯވަޑް ރަހީމް ސްޓާލިންގެ ރެކޯޑްތަކުން ޗެލްސީ ހިތްހަމަޖެހުން ހޯދަން ފަށައިފި އެވެ.

ސްޓާލިން އަކީ މި ސީޒަނުގައި ޗެލްސީގެ ޓޮޕް ސްކޯރަރެވެ. ޖަހާފައިވަނީ ހަ ގޯލެވެ. އެކަމަކު އޭނާގެ ކުރީގެ ކުލަބު މެންޗެސްޓާ ސިޓީ އަށް ޗެމްޕިއަންސް ލީގުގައި ކުޅެދިން 67 މެޗުން ވަނީ 24 ގޯލު ޖަހައިދީފަ އެވެ. މިހެންވެ ސްޓާލިން އަކީ މުބާރާތުގައި ކޮންމެހެން މޮޅުވާންޖެހޭ މެޗަކަށް ނުކުންނައިރު ކޯޗު ގްރެހަމް ޕޮޓާ ވަރަށް ބޮޑަށް އުއްމީދުކުރާ ކުޅުންތެރިއެކެވެ.

ކޯޗު ބުނީ ޑޯޓްމުންޑަކީ މޮޅު ޓީމެއް ކަމަށާއި އެމީހުންގެ ދަނޑުގައި 1-0އިން ބަލިވެފައިވާތީވެ މިރޭ އަމިއްލަ ދަނޑުގައި 2 ލަނޑުން ކޮންމެހެން މޮޅުވާން ޖެހޭއިރު ސަޕޯޓަރުންގެ އެހީތެރިކަން ވަރަށް ބޮޑު ކަމަށެވެ.

މި މެޗަށް ނުކުންނައިރު ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ އެވެ. ނަމަވެސް ޑިފެންޑަރު ރީސް ޖޭމްސް އާއި މިޑްފީލްޑަރު ކްރިސްޓިއަން ޕުލިސިޗް ވަނީ މި މެޗަށް ފިޓްވެފަ އެވެ. ފަރިތަކުރަން ފެށި ނަމަވެސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އަށް ކުޅެވޭވަރަށްވުރެ މި މެޗު މިއޮތީ މާ އަވަހަށެވެ.

ޖަރުމަނު ލީގުގައި ވަރަށް ރަނގަޅު ނަތީޖާތަކަކާއެކު ޕޮއިންޓްގެ ގޮތުން ހަމަހަމަވެ، ދެ ވަނާގައި އޮތް ޑޯޓްމުންޑުން އުއްމީދު ކުރަނީ މި މެޗަށް ކީޕަރު ގްރެގޯ ކޯބެލް އާއި ފޯވަޑް ޑޮންޔެލް މަލެން މި މެޗަށް ފިޓްވާނެ ކަމަށެވެ. ނަމަވެސް މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ގޯލު ޖެހި ކަރީމް އަޑެޔޭމީ އަށް މި މެޗުގައި ނުކުޅެވޭނެ އެވެ. މިދޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން އޭނާ ހުރީ އަނިޔާގަ އެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ވެސްޓްއިންޑީޒް ދަތުރަށްފަހު މިސްބާހު ރިޓަޔަރކުރަނީ

06 އެޕްރީލު 2017
ވެސްޓްއިންޑީޒް ދަތުރަށްފަހު މިސްބާހު ރިޓަޔަރކުރަނީ
03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
30 މާރިޗު 2017

މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް

30 މާރިޗު 2017
މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް
10 މާރިޗު 2017

ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ

10 މާރިޗު 2017
ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ
09 މާރިޗު 2017

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު