Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ވެރިކަން

ރައީސް ކަމަށް ޖިހާދު؟

މަޖިލީހުގެ ރައީސް ވަކިކުރުމަށްފަހު ރައީސް ޔާމީން އަޒުލް ކުރާނެ ކަމުގެ އަޑުތައް އަންނަނީ ގަދަވަމުން

ރާއްޖެ އެމްވީ | 3 ޖުލައި 2017 | ހޯމަ 13:39
ރައީސް ޔާމީންގެ 3 ވަނަ ނައިބު ރައީސް އަބްދުﷲ ޖިހާދު - ރައީސް ކަމަށް ވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް

ރައީސް ޔާމީންގެ 3 ވަނަ ނައިބު ރައީސް އަބްދުﷲ ޖިހާދު - ރައީސް ކަމަށް ވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް

ހަނދާނަށް އަންނަނީ ސްޕެޝަލް އިކޮނޮމިކް ޒޯން ފަދަ މައްސަލަ ބޮޑުވި ބިލްތައް ގާނޫނަކަށް ހަދާލުމުގައި ރައީސް ޔާމީންގެ ސަރުކާރުގެ ބާރު އޮތް ދުވަހުގެ މަތީންނެވެ. އެތައް ސަތޭކަ އިސްލާހުތަކެއް ހުށަހަޅާ ބިލަށް ނޫނެކޭ އިދިކޮޅު ފަރާތްތަކުން ބުނެ ގަދަ ދައްކަމުން ދަނިކޮށް އަވަސް ސްޕީޑްގައި ބިލް ގާނޫނަކަށް ހަދާ މަޖިލީހުން ނެރުނީ ސީދާ 60 ވޯޓު ހޯދައިގެންނެވެ. އެއީ އެ ދުވަހެވެ. ކަންކަން ބަދަލުވަމުން އައިސް، ސުޕަރ މެޖޯރިޓީ ސިމްޕަލް މެޖޯރިއަށް ބަދަލުވެ އެންމެ ފަހުން މެޖޯރިޓީވެސް ސަރުކާރަށް ގެއްލިއްޖެއެވެ. އެއާ އެކު ޕީޕީއެމްގެ ލީޑަރޝިޕްގެ އިސްތިއުފާއަށް ޕާޓީއަށް ވަފާތެރިކަމާއެކު މަސައްކަތް ކުރި ފަރާތްތަކުން ގޮވާ ހިސާބަށްވެސް ކަންކަން ބަދަލުވެ ހިނގައްޖެއެވެ.

03 ޖުލައި 2017 ވީ ހޯމަ ދުވަހަކީ، ރާއްޖޭގެ ސިޔާސީ ތާރީޚްގައި އަނެއްކާވެސް ފާހަގަ ކުރެވިގެންދާނެ ދުވަހެކެވެ. މިއީ، ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކު ވެރިކަމުގެ ފުރިހަމަ ބާރާ އެކު ރައީސް ކަން ކުރައްވަމުން ގެންދެވި އަބްދުﷲ ޔާމީނަށް ސިޔާސީ ގޮތުން ބޮޑު ގޮންޖެހުމެއް ކުރިމަތިވި ދުވަހެކެވެ. ސާޅީސް ފަސް މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ޕެޓިޝަން މަޖިލީހަށް ހުށަހެޅި ދުވަހެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ސުރުޚީގައި އޮތަސް ސިޔާސީ ގޮތުން ލިބޭ މެސެޖް ވަރަށް ސާފެވެ. މައްސަލަ ހަގީގަތުގައި އަމާޒުވަނީ ރައީސް ޔާމީނަށެވެ. މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްވުމަކީ ރައީސް ޔާމީނަށް ރައްޔިތުންގެ އިތުބާރު ނެތް ކަމަށް ފާސްވުމެވެ. ސިޔާސީ މައިދާނުގައި ދެކެވޭ ވާހަކަތަކުން، މަސީހުގެ ވޯޓަށްފަހު ދާނީ ސީދާ ރައީސް ޔާމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ދިމާލަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކަށް ދީލާލާފައިވާ މަންޒަރު ފެނުމާއި އަދި ވަކިން ޚާއްސަކޮށް ރައީސް ޔާމީންގެ ވަރަށް އަރިހުގައި ވަރަށް ގާތުން މަސައްކަތް ކުރެއްވި ބައެއް މެމްބަރުން މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވުމުން ރައީސް ޔާމީންގެ ބާރު ކުޑަވެފައިވާ މިންވަރު ވަރަށް ސާފުކޮށް ދޭހަވެއެވެ. އަނެއް ކޮޅުން މަސީހުއާ ދެކޮޅަށް ޕީޕީއެމްގެ 09 މެމްބަރުން ސޮއި ކުރެއްވީ، އެކަން ނުކުރެއްވުމަށް ވަރަށް އާދޭހާއެކު މެމެބަރުންގެ އަރިހުން އެމަނިކުފާނު އެދިވަޑައިގެންފައިވަނިކޮށްނެވެ.

އިދިކޮޅު އިއްތިހާދުން މި ހޯދި ބޮޑު ކާމިޔާބަކީ ވަރަށް ދަތި މާހައުލެގައި ހޯދި ކާމިޔާބަކަށް ވުންވެސް މީގެ ތެރޭގައި ފާހަގަ ކޮށްލަން ޖެހެއެވެ. މަޖިލީހުގެ ރައީސްގެ އިތުރުބާރު ނެތް ކަމަށް މީގެ ކުރިން ދެފަހަރެއްގެ މަތިން ހުށަހަޅާ، އެކަން ވިޔަ ނުދިނުމަށް އުސޫލުގެ ބޭރުން މަސައްކަތް ކޮށް ސަރުކާރުން ވަނީ ހުއްޓުވާފައެވެ. ގަވައިދު ބަދަލު ކުރުމާއި، އުސޫލް ބަދަލު ކުރުން ފަދަ ކަންކަން ކުރަމުން ދިޔައީ އެންމެންގެ ލޯމަތީގައެވެ. އެއަށްވުރެވެސް ބޮޑު ހުރަހެއްގެ ގޮތުގައި ފެނިގެން ދިޔައީ، ސިޔާސީ ލީޑަރުން ބަންދު ކުރުމާއި، އިރު އިރުކޮޅުން ފުލުސް އޮފީހަށް ހާޒިރު ކުރުމާއި، ކޮމިޝަންތަކަށް ގެންދިއުމާއި، ޝަރީއަތް ހިންގުމާއި ހުކުމް ކުރުމާއި، ޕާސްޕޯޓް ކެންސަލް ކުރުމާއި، ގައުމަށް ނާދެވޭނެ ގޮތްތައް ހެދުމާއި މިހެން ގޮސް އެތައް ދުއްތުރާ ތަކެއް ކުރިމަތި ކުރަމުން ދިޔަ އިރުވެސް ފެނިގެން މި ދިޔައީ، އިދިކޮޅު ފަރާތްތަކުގެ ބާރު ގަދަވެގެން ދިޔަ މަންޒަރެވެ. ލޯކަލް ކައުންސިލް އިންތިޚާބުން ރައީސް ޔާމީންގެ ބަސް ރައްޔިތުންގެ ކުރިމަތީގައި ނުވިކޭ ކަމާއި، އެމަނިކުފާނު ލީޑަރުންގެ ގޮތުގައި ދައްކަވާ ފަރާތްތަކަކީ ރައްޔިތުން ބަލައިގަންނަ ބައެއް ނޫންކަމުގެ ވަރުގަދަ ސިގްނަލް އޮތީ ލިބިގެން ގޮސްފައެވެ.

ކަންކަން މިހެން ހިނގަމުންދާއިރު، ސިޔާސީ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި މީގައި ހައިރާންވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ރައީސް ޔާމީންގެ ބާރުތައް މުލުން ލުހިގެން އަންނަން ދިމާވީ ޚުދު އެމަނިކުފާނުގެ ސިޔާސަތުތަކާއި ކަންކަން ކުރައްވަމުން ގެންދެވި ގޮތެވެ. އެމަނިކުފާނުގެ އަރިހުގައި ތިބި މަދު ބަޔަކު ދިން ގޯސް އިރުޝާދު ތަކެއްގެ ސަބަބުން ނަތީޖާ މި ގޮތައް ނުކުންނާނެ ކަން މާކުރިންވެސް އޮތީ އެނގިފައެވެ. ކޯލިޝަނަކުން ވެރިކަމަށް ވަޑައިގަނެ، އިސާހިތަކު އެ ކޯލިޝަންގެ މުހިންމު ގުނަންތައް ވެރިކަމުގެ ތެރެއިން ބޭރުކޮށްލެއްވުމާއި، ވެރިކަން ހޯއްދަވައިދެއްވުމުގައި އެންމެ މުހިންމު ރޯލެއް އަދާ ކުރެއްވި، ކުރީގެ ރައީސް މައުމޫނަށް ކަންތައް ކުރެއްވި ގޮތާއި، ނުރުހުންވެ ވަޑައިގަންނަވާ ކޮންމެ މީހެއްގެ މައްޗަށް އަވަސް ހުކުމެއް މަތި ކުރެއްވުމާއި، ފައިސާއިން ކޮންމެ ކަމެއް ކުރެވިދާނެ ކަމުގެ ވިސްނުން ސަރުކާރުގެ ތެރޭގައި މޫލާ ހިފުމާއި، ކަރަޕްޝަން އިންތިހާއަށް ސަރުކާރުގެ ތެރޭގައި އަށަގަތުމާއި، ސަރުކާރު ހިންގުމުގައި ދޯދިޔާވުން ފަދަ ހާމަވަމުން ދިޔަ މިފަދަ ހަގީގަތްތަކުން ސަރުކާރު ކުރިއަށްދާނެ މަގެއް ނޯންނާނެ ކަންވެސް ސިޔާސީ މާހިރުން އޮތީ ފާހަގަ ކުރައްވާފައެވެ.

ސިޔާސީ އިސް ބައެއް ފަރާތްތަކުން ވިދާޅުވަމުން ގެންދަވާ ފަދައިން ރައީސް ޔާމީން މަގާމުން އަޒުލު ކުރުމަކީ މި ފެންނަ މަންޒަރުތަކަށް ބަލާއިރު ނުވާނެ ކަމެއް ކަމަށް ބުނަން ދައްޗެވެ. އެހެން އެކަން ވެއްޖެނަމަ ރާއްޖޭގެ ރައީސް ކަމަށް ވަޑައިގަންނަވާނީ މިހާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. ދިހާޖު ނައިބު ރައީސް ކަމުން ރައީސް ކަމަށް އިސްކުރެވިއްޖެނަމަ ރާއްޖޭގެ ތާރީޚުގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވާނީ ނައިބު ރައީސް ކަމުން ރައީސް ކަމަށް ވަޑައިގެންވި ދެވަނަ ފަރާތުގެ ގޮތުގައެވެ. ރައީސް ޔާމީންގެ އިތުބާރު ނެތް ކަމަށް ފާސްވެއްޖެނަމަ، 2018 ގެ އިންތިޚާބާ ހަމައަށް ރާއްޖޭގެ ވެރިކަން އޮންނާނީ އިންތިގާލީ ވެރިކަމެއްގެ ގޮތުގައި ކަމަށް ބެލެވެއެވެ. ޔާމީން މަގާމުން ދުރުކުރުމަށްފަހު ކަންކަން ގެންދާނެ ގޮތުގެ ތަފްސީލް އަދި މިހާތަނަށް އިދިކޮޅު ޕާޓީތަކުން ހާމަކޮށްފައި ނެތް ނަމަވެސް މަސީހުގެ އިތުބާރު ނެތް މައްސަލަ ހުށަހެޅުމަށްފަހު އިއްތިހާދުން ބޭއްވި ނޫސް ކޮންފަރެންސްގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ވަނީ ރައްޔިތުންގެ ވިންދާ އެއްގޮތައް އިދިކޮޅު ހަރަކާތާ ގުޅިވަޑައިގަތުމަށް ނައިބު ރައީސަށް ދައުވަތު ދެއްވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި 3 ނައިބު ރައީސުން ފެނިގެން ގޮސްފައިވެއެވެ. ނައިބު ރައީސުން އެންމެ އަވަސް އަވަހަށް ބަދަލުވި ވެރިކަމުގެ ގޮތުގައި ރައީސް ޔާމީންގެ ވެރިކަން ތާރީޚުގައި ލިޔެވިފައިވާއިރު އެންމެ ގިނަ ނައިބު ރައީސުން ބަދަލު ކުރެއްވި ރައީސްވެސް ދައުރު ފުރިހަމަ ކުރައްވަފާނެ ކަމާމެދު މިއޮތީ ސުވާލު އުފެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު