Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަގިރީ ފަރު

ކުޑަގިރީ ފަރަށް އެރި ބޯޓު 3 މިލިއަނުން ޖޫރިމަނާކޮށްފި

6 މާރިޗު 2023 | ހޯމަ 10:57

130 އަކަމީޓަރުގެ ސަރަހައްދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 6 މާރިޗު 2023 | ހޯމަ 10:57
ކުޑަގިރި ޕިކްނިކް އައިލެންޑް

ކުޑަގިރި ޕިކްނިކް އައިލެންޑް

ކ. ކުޑަގިރީ ފަރަށް އެރި ބޯޓު 3 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް, އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

"އެމްއެސްވީ. މާރިއާ ސިންްތަޔާތިރިޔާ ރިޔާނާ" ނަމަކަށް ކިޔާ ބޯޓު ކ. ކުޑަގިރީ ފަރަށް އަރާފައިވަނީ މިއަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

އީޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ، މި ބޯޓު ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް ބޯޓުގެ ވެރިފަރާތުން ސަރވޭކޮށް، ސަރވޭ ރިޕޯޓު އެ އެޖެންސީއާ ހިއްސާކޮށްފައިވާކަމަށެވެ. އަދި އީޕީއޭގެ ސަރވެޔަރުން އެ ސަރަހައްދަށް ގޮސް ސަރވޭކޮށްފައިވާކަމަށެވެ.

އީޕީއޭއިން ބުނީ ސަރވޭ ރިޕޯޓުން ދައްކާގޮތުގައި އެ އުޅަނދު ކުޑަގިރީ ފަރަށް އެރުމުގެ ސަބަބުން 130 އަކަމީޓަރުގެ ސަރަހައްދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށެވެ.

އެހެންކަމުން، ބޯޓު ފަރަށް އެރުމާ ގުޅިގެން ފަރުގެ މާހައުލަށް ލިބުނު ގެއްލުންތައް، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ، "ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު"ގެ ދަށުން 3،098،710 ރ. (ތިން މިލިއަން ނުވަދިހަ އަށްހާސް ހަތްސަތޭކަ ދިހަ ރުފިޔާ)އިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ. އަދި 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދެއްކުމަށް، ފެބްރުއަރީ 28ގައި އަންގާފައިވާކަމަށް އީޕީއޭއިން ބުނެއެވެ.

މިކަމާގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ، ޖޫރިމަނާ ފައިސާ ލިބުމުން، ފަރަށް ލިބުނު ގެއްލުން އަލުން އިއާދަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ. އެހެންނަމަވެސް މި މަސައްކަތްތައް ފެށޭނެ ތާރީޚެއް ދެއްވާފައެއް ނުވެއެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ޚާއްސަކޮށް ތަރައްގީކޮށްފައިވާ ކުޑަގިރި ރަސްމީކޮށް ހުޅުވާފައިވަނީ ފެބްރުއަރީ 11 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

އިންޑިއާ ކުންފުންޏަކަށް 11.7 މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން އާރުޑީސީގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

30 މާރިޗު 2017

މޫދަށް އެރިއުޅުނު ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި

30 މާރިޗު 2017
މޫދަށް އެރިއުޅުނު ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި
15 ފެބުރުއަރީ 2017

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

15 ފެބުރުއަރީ 2017
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި
13 ފެބުރުއަރީ 2017

ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި

13 ފެބުރުއަރީ 2017
ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި
06 ފެބުރުއަރީ 2017

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު
02 ފެބުރުއަރީ 2017

ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި

02 ފެބުރުއަރީ 2017
ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް