Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ކުޑަކޮށް ތަރައްގީވެފައިވާ ގައުމަކުން މެދުފަންތީގެ ގައުމަކަށް ބަދަލުވާ ގައުމުތަކަށް، ފުޅާދާއިރާއެއްގައި އެއްބާރުލުމާއި އެހީތެރިކަން ލިބިދޭންޖެހޭ: ރައީސް

ސިޑްސް ގައުމުތަކުގެ އިގްތިސާދު ނުރައްކަލަށް ހުށަހެޅިދާނެ ކަންކަމަށް އެހާބޮޑު ސަމާލުކަމެއް ނުދެވި އޮންނަކަން ފާހަގަކުރެއްވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 5 މާރިޗު 2023 | އާދީއްތަ 18:21
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމަކުން މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ ފަންތިއަށް ބަދަލުވާ ގައުމުތަކަށް، ފުޅާ ދާއިރާއެއްގައި އެއްބާރުލުމާއި އެހީތެރިކަން ލިބިދޭންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ގަތަރުގެ ވެރިރަށް ދޯހާގައި ކުރިޔަށްދާ، އ.ދ.ގެ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ޖެނެރަލް ޑިބޭޓްގައި އާދީއްތަ ދުވަހު ތަގުރީރުކުރައްވަމުންނެވެ. މި ތަގުރީރުގައި އެމަނިކުފާނު ވަނީ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން މެދުފަންތީގެ އާމްދަނީ ލިބޭ ގައުމަކަށް ވާސިލުވުމަށް ރާއްޖެ ކުރި ދަތުރުގައި، ފަގީރުކަން ނައްތާލައި ތަރައްގީ ގެނައުމުގައި ކުރިމަތިވި ގޮންޖެހުންތަކާއި ރާއްޖޭގެ ތަޖުރިބާތައް ހިއްސާ ކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި، މިގޮތަށް ހިޖުރަކުރުމުގެ މަރުހަލާގައި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)ގައި ހިމެނޭ ގައުމުތަކުގެ އިގްތިސާދީ ހާލަތު ކުރިއެރުވުމަށް ޖުމްލަގޮތެއްގައި މަސައްކަތްކުރެވުނު ނަމަވެސް، އިގްތިސާދު ނުރައްކަލަށް ހުށަހެޅިދާނެ ކަންކަމަށް އެހާބޮޑު ސަމާލުކަމެއް ނުދެވި އޮންނަކަން ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖެ، މެދުފަންތީގެ އާމްދަނީ ލިބޭ ގައުމަކަށް ބަދަލުވުމާއެކު އޭގެ ކުރިން ހަމަޖެހިފައި ހުރި ބައެއް ޚާއްސަ އިންތިޒާމުތަކާއި ލިބެމުންއައި ބައެއް އިނާޔަތްތައް މެދުކެނޑިގެން ނުދާނެކަން ކަށަވަރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހުނުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖެ ގުދުރަތީގޮތުން އުފެދިފައި އޮންނަ ގޮތުންނާއި، ބޮޑުކުޑަމިނާއި، ރަށްތައް ފެތުރިފައިވާ ގޮތާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި، އިގްތިސާދު ސިންދަފާތުވެފައި ނެތުމާއި، ޑިވެލޮޕްމަންޓް ފައިނޭންސް އެކަށީގެންވާގޮތެއްގައި ލިބޭނޭ ގޮތްތައް ހަމަޖެހިފައި ނެތުމާއި، ޖިއޮޕޮލިޓިކަލް ޝޮކުތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ ނާޒުކުކަން ފަދަ ކަންކަމަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ.

ރައީސް ވަނީ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގާއުމުތަކާއި ސިޑްސްގައި ހިމެނޭ ގައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދޭވޭ އަސަރުތައް ފާހަގަކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާމެދު ފިޔަވަޅުތައް އެޅުމަށް، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކަށް ހޭނުމާއި ވިލުންވެރިކަން އިތުރުކުރުންފަދަ ކަންކަމަށް ބޭނުންވާނެ ކަމަށް އަންދާޒާ ކުރެވިފައިވާ މިންވަރަށް ފައިސާ ހަމަޖެހިގެން ނުދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ "ކޮޕް 27"ގެ ސަމިޓުގައި، ކުރިއަރާފައިވާ ގައުމުތަކުން އެއްބަސްވިގޮތަށް އެ ގައުމުތަކުގެ ޒިންމާ އަދާކޮށް، "ލޮސް އެންޑް ޑެމޭޖް" ފަންޑު ގާއިމުކުރުމުގެ މަސައްކަތް އަވަސްކޮށް، އަހަރަކު 100 ބިލިއަން ޑޮލަރުގެ ފައިނޭންސް ހަމަޖެއްސުމުގެ އަމާޒަށް ވާސިލުވުމަށް އެ ގައުމުތަކަށް ވެސް ގޮވާލައްވާފައެވެ. އަދި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުން ވިލުންވެރިކަން އިތުރުކުރުމަށް މަސައްކަތްކުރާއިރު ގުޑް ގަވަނަންސްގެ ބޭނުން ހިފުމަށާއި، ދެމެހެއްޓެނިވި ތަރައްގީ ހޯދުމުގައި ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ހަމަހަމަ ގޮތެއްގައި، އަދި މާނަހުރިގޮތުގައި އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

އ.ދ.ގެ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ 5 ވަނަ ކޮންފަރެންސް ކުރިއަށްދަނީ މާރިޗު މަހުގެ 5ން 9 ދުވަހަށް، ގަތަރުގެ ވެރިރަށް ދޯހާގެ ގަތަރު ނެޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ. ކޮންމެ 10 އަހަރަކުން އެއްފަހަރު ބާއްވާ މިކޮންފަރެންސް، ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން، 2021 ވަނަ އަހަރު ފެށިގެން ދެ ފަހަރެއްގެ މަތިން ފަސްކޮށްފައިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވަކި ގައުމަކަށް ޚާއްސަ ކުރެވިފައިވާ ބޭސް ވިއްކުން މަނާ!

ވަކި ގައުމަކަށް ޚާއްސަ ކުރެވިފައިވާ ބޭސް ވިއްކުން މަނާ!

25 އޮކްޓޯބަރު 2017
ސިޔާސީ މަގުގައި އިދިކޮޅު ފަރާތްތައް ކުރިއަށްދާއިރު ކުޑަކޮށް ހުއްޓިލާފައި ވިސްނާލަންޖެހޭ ކަންތައްތައް އެބަހުރި: އަސްލަމް

ސިޔާސީ މަގުގައި އިދިކޮޅު ފަރާތްތައް ކުރިއަށްދާއިރު ކުޑަކޮށް ހުއްޓިލާފައި ވިސްނާލަންޖެހޭ ކަންތައްތައް އެބަހުރި: އަސްލަމް

15 އޯގަސްޓު 2017
ނެދަލޭންޑްސް ފިޔަވައި ފިޕްރޯނިލް އިން ތަޣައްޔަރުވެފައިވާ ބިހުގެ މައްސަލަ ދިމާވި އެެހެން ގައުމަކުން ބިސް އެތެރެ ކޮށްފައެއް ނުވޭ

ނެދަލޭންޑްސް ފިޔަވައި ފިޕްރޯނިލް އިން ތަޣައްޔަރުވެފައިވާ ބިހުގެ މައްސަލަ ދިމާވި އެެހެން ގައުމަކުން ބިސް އެތެރެ ކޮށްފައެއް ނުވޭ

12 އޯގަސްޓު 2017
ރާއްޖޭގެ ސިޔާސީ މަޝްރަހާ މެދު ނުވަ ގައުމަކުން ކަންބޮޑުވުން ފާޅުކޮށްފި

ރާއްޖޭގެ ސިޔާސީ މަޝްރަހާ މެދު ނުވަ ގައުމަކުން ކަންބޮޑުވުން ފާޅުކޮށްފި

25 ޖުލައި 2017
ސަރުކާރުގެ ރައްދު: މިއީ ބޮޑު ގައުމަކުން ކުޑަ ގައުމަކަށް ދިން ހަމަލާއެއް!

ސަރުކާރުގެ ރައްދު: މިއީ ބޮޑު ގައުމަކުން ކުޑަ ގައުމަކަށް ދިން ހަމަލާއެއް!

07 ޖޫން 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު