Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ގުޓަރޭސް އާއި ބައްދަލުކުރެއްވުން

އ.ދ.ގެ ކަމާބެހޭ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ޕަބްލިކް ސެކްޓަރު ގްރޫޕްތަކުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވައިފި

5 މާރިޗު 2023 | އާދީއްތަ 02:39

ރާއްޖެއިން ހޯދަމުން އަންނަ ކުރިއެރުންތަކާއި ރާއްޖޭގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އ.ދ. އަކީ މުހިންމު ބައިވެރިއެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 މާރިޗު 2023 | އާދީއްތަ 02:39
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

އ.ދ.ގެ ކަމާބެހޭ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ޕަބްލިކް ސެކްޓަރު ގްރޫޕްތަކުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އދ.ގެ ފަސްވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ޤަޠަރަށް ވަޑައިގެން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭސްއާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުން އޮތީ ޤަޠަރުގެ ދޯހާގައި ހުންނަ ނެޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.

އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްއާ އެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އ.ދ. އެކިއެކި އެހީދޭ ޖަމުޢިއްޔާ ޖަމާޢަތްތައް މެދުވެރިވެގެން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ހޯދަމުން އަންނަ ކުރިއެރުންތަކާއި ރާއްޖޭގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އ.ދ. އަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.

އެގޮތުން އެޖެންޑާ 30ގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ދަޢުލަތުގެ ކަމާބެހޭ މުހިންމު އިދާރާތަކުގެ ޤާބިލުކަން އިތުރުކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އ.ދ. އިން ވަރަށް މުހިންމު ދައުރެއް އަދާކޮށްދެމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތަކަށް ކަންކަން ކުރުމަށްޓަކައި، އ.ދ.ގެ ކަމާބެހޭ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ޕަބްލިކް ސެކްޓަރު ގްރޫޕްތަކުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

އޭގެ ތެރޭގައި ޢުމްރާނީ ވަޞީލަތްތައް ޤާއިމުވެފައި ހުރި ގޮތުން ހުރި ފަރަގުތައް ކުޑަކޮށް، ފަތުރުވެރިކަން ކުރިއެރުވުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރިކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި، ކުރެވެންހުރި އިންވެސްޓްމަންޓްތައް ބެލުން ހިމެނެއެވެ.

އަދި އެންމެ ދާއިރާއަކަށް އިޤްތިޞާދު ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަށްޓަކައި ދެމެހެއްޓެނިވި ވިޔަފާރީގެ ދާއިރާއާއި މަސްވެރިކަން ފުޅާކޮށް އިތުރުގޮތްތައް ހޯދުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ޢަބްދުﷲ ޝާހިދު އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވި ދުވަސްވަރު، އެމަނިކުފާނާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވި ކަމުގެ ހަނދާންތައް އައުކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނަކީ ފާހަގަކޮށްލެވޭ ނަމޫނާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖެއަކީވެސް އ.ދ.އިން ނަގަހައްޓާ އެންމެހާ ހަމަތަކުގައި ވަރަށް ފުރިހަމައަށް ރަމްޒުކޮށްދޭ ޤައުމެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ 2023 ވަނަ އަހަރުގެ އެސް.ޑީ.ޖީ. ސަމިޓާއެކު "ކްލައިމެޓް އެމްބިޝަން ސަމިޓެއް" ބޭއްވުމަށް ސެކްރެޓަރީ ޖެނެރަލް ނިންމެވި ނިންމެވުމަށް ތަޢުރީފު ކުރައްވައި، ކޮޕް27ގައި އެއްބަސްވި ގޮތަށް "ލޮސް އެންޑް ޑެމޭޖް" ފަންޑު ގާއިމުކުރެވޭނެ ކަމުގައި ޔަގީންކުރައްވާކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް މަސައްކަތްކުރުމަށް އ.ދ. ސެކްރެޓަރީ ޖެނެރަލްގެ ލީޑަރޝިޕްގެ ދަށުން ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތްތަކަށް ތަޢުރީފު ކުރެއްވިއެވެ. އަދި ގިނަ ޤައުމުތައް އެކުވެގެން މަސައްކަތްކުރުމުގެ ރޫޙު ދެމެހެއްޓުމަށާއި، އ.ދ.އާ ގުޅިގެން ގާތުން މަސައްކަތްކުރެއްވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

އދ. ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮންނަތާ 57 އަހަރު ފުރުން ފާހަގަކުރީ މިދިޔަ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 21 ވަނަ ދުވަހުގައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2018

އިދިކޮޅު އިސް ވަފުދެއް ލަންކާގައި ތިއްބެވި އދގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވައިފި!

21 ޖެނުއަރީ 2018
އިދިކޮޅު އިސް ވަފުދެއް ލަންކާގައި ތިއްބެވި އދގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވައިފި!
09 ނޮވެމްބަރު 2017

ސިވިލް ސަރވިސް މުވައްޒަފުންނަށް ހާއްސަކޮށް، ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ޑިޕްލޮމާ ކޯހެއް ފަށަނީ

09 ނޮވެމްބަރު 2017
ސިވިލް ސަރވިސް މުވައްޒަފުންނަށް ހާއްސަކޮށް، ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ޑިޕްލޮމާ ކޯހެއް ފަށަނީ
30 އޮކްޓޯބަރު 2017

ކަމާބެހޭ އިދާރާތަކުން ކޮމެޓީއަށް ޖަވާބުދާރީ ނުވާތީ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި

30 އޮކްޓޯބަރު 2017
ކަމާބެހޭ އިދާރާތަކުން ކޮމެޓީއަށް ޖަވާބުދާރީ ނުވާތީ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި
17 އޮކްޓޯބަރު 2017

އދގެ ހިއުމަން ރައިޓްސް ކައުންސިލުން ރާއްޖެއަށް ޖާގައެއް ނުލިބުނު

17 އޮކްޓޯބަރު 2017
އދގެ ހިއުމަން ރައިޓްސް ކައުންސިލުން ރާއްޖެއަށް ޖާގައެއް ނުލިބުނު
26 ސެޕްޓެމްބަރު 2017

އެމެރިކާ އެމްބަސީގެ ޕަބްލިކް އެފެއާޒް އޮފިސަރ ރާއްޖެޓީވީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފި

26 ސެޕްޓެމްބަރު 2017
އެމެރިކާ އެމްބަސީގެ ޕަބްލިކް އެފެއާޒް އޮފިސަރ ރާއްޖެޓީވީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފި
25 ސެޕްޓެމްބަރު 2017

އދގެ އާންމު ބައްދަލުުމަށް ފަހު ޖެންޑަރ މިނިސްޓަރ މާލޭ ވަޑައިގަންނަވައިފި

25 ސެޕްޓެމްބަރު 2017
އދގެ އާންމު ބައްދަލުުމަށް ފަހު ޖެންޑަރ މިނިސްޓަރ މާލޭ ވަޑައިގަންނަވައިފި
27 ޖުލައި 2017

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާއިމެދު އދގެ ސެކެޓްރީ ޖެނެރަލް ކަންބޮޑުވުން ފާޅުކޮށްފި!

27 ޖުލައި 2017
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާއިމެދު އދގެ ސެކެޓްރީ ޖެނެރަލް ކަންބޮޑުވުން ފާޅުކޮށްފި!
21 ޖޫން 2017

އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތައް ހާޒިރުކުރުމަށް އެދެފި

21 ޖޫން 2017
އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތައް ހާޒިރުކުރުމަށް އެދެފި
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
12 މާރިޗު 2017

ކެމްޕެއިންގައި ސްކޫލް ކުދިން ބައިވެރިކުރި މައްސަލަ ކަމާބެހޭ ހުރިހާ އިދާރާތަކަށް!

12 މާރިޗު 2017
ކެމްޕެއިންގައި ސްކޫލް ކުދިން ބައިވެރިކުރި މައްސަލަ ކަމާބެހޭ ހުރިހާ އިދާރާތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް