Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕާސްޓާ ކައްކާނެ ގޮތް

ޕާސްތާ މިކެއްކެނީ ރަނގަޅަށްތަ؟ ރަގަޅު ވަގުތު ލޮނު ލުން ވަރަށް މުހިންމު

4 މާރިޗު 2023 | ހޮނިހިރު 17:58

އިސްކުރުފެނަށް އައޮޑައިޒްޑް ލޮނު އަޅައިގެން ކެއްކުން ރަގަޅެއް ނޫން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 4 މާރިޗު 2023 | ހޮނިހިރު 17:58
ޕާސްތާގެ އެކި ވައްތަރުތައް

ޕާސްތާގެ އެކި ވައްތަރުތައް

ޕާސްތާ އަކީ ދިވެހި ސުފުރާތަކުމަތިން ވެސް މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަ ކެއުމުގެ ބާވަތެކެވެ. ސްޕެގެޓީ، ލަޒަގްނާ، ރަވިއޯލީ، ކަނެލޯނީ މިއީ ހައްތާވެސް ޕާސްތާގެ ވައްތަރުތަކެވެ.  

އެހެންވެސް ކާތަކެއްޗެކޭ އެއްފަދައިން ޕާސްތާ ވެސް އެތައްޔާރު ކުރަން ޖެހޭގޮތަށް ނުކޮށްފިނަމަ އެއިން ހަށިގަޑަށް ބޮޑެތި ގެއްލުންތައް ލިބިދާނެ ކަން ޔުނިވަރސިޓީ އޮފް ސައުތުކެރޮލައިނާގެ ބައެއް ސައެންޓިސްޓުން ވަނީ ސާބިތު ކޮށްދީފައެވެ.

ޕާސްތާއަކީ އިޓަލީގެ އުފެއްދުމެއް ކަމަށްވާއިރު ލޮނު ނުލާކައްކާފަ ހުންނަ ޕާސްތާއަށް އެމީހުންގެ ބަހުން ޚާއްސަ ނަމެއްވެސް ކިޔައެވެ. އެއީ "ޝޮއްކާ" އެވެ. މިބަހުގެ މާނަޔަކީ "ސިލީ" ނުވަތަ ފީކަޅާ، ބޭނުމެއްނެތް އެއްޗެކޭ ބުނުމުގެ ގޮތުން ބޭނުންކުރާ ލަފްޒެކެވެ. އެހާވެސް ޕާސްތާއަށް ލޮނުގެ މުހިންމުކަން ބޮޑެވެ. އެހެން ނަމަވެސް ލޮނު ލާން މިޖެހެނީ ރަގަޅު ވަގުތު ގައެވެ. ނޫންނަމަ ކެންސަރު ޖެހުމާ އަދި ލިވަރ ފެއިލްވުން ފަދަ ކަންކަމަށް ހުށަހެޅުން ގާތްކަމަށް ޔުނިވަރސިޓީ އޮފް ސައުތު ކެރޮލީނާގެ ބައެއް ސައިންޓިސްޓުން މިވަނީ ދައްކާދީފައެވެ.

އާންމުކޮށް ގިނަ މީހުން ޕާސްތާ ކައްކާއިރު ލޮނުލަނީ ފެންގަޑަށެވެ. ލޮނުލައިގެން ފެންގަޑު ކެކިގަތުމުން އެއަށް ޕާސްތާ އަޅަނީއެވެ. ނަމަވެސް މިއީ އެކަން ކުރަން އޮންނަގޮތް ނޫން ކަމަށް ވެއެވެ. އެހެނީ އިސްކުރުން އަންނަ ފެނަށް އަޔޮޑައިޒްޑް ލޮނު އަޅައިގެން ކެއްކުމުން ނުރައްކާތެރި ބައި-ޕްރޮޑަކްޓެއް އުފެދޭ ކަމަށް ތަހުލީލު ތަކުން ދައްކާފައި ވާތީއެވެ. މިގޮތަށް ދިމާވަނީ އިސްކުރުފެނުގަ، މަދު އަދަދަކަށް ނަމަވެސް އެކުލެވޭ "ޑިސްއިންފެކްޓަންޓް" އާ އައޮޑައިޒްޑް ލޮނާ އެއްކޮށް ކެކުނީމަ ކަމަށް ވެއެވެ.  

އެހެން ކަމުން ޕާސްތާ ކައްކަން ރަގަޅު ގޮތަކީ ތެއްޔަށް ފެން އެޅުމަށްފަހު ލޮނު ނުލާ، ތެލީގަ މަތިވެސް ނުޖަހާ ފެންގަޑު ކެއްކުމެވެ. މަތިނުޖަހާ ފެންގަނޑު ކެއްކުމުން އޭގަ ހުންނަ "ޑިސްއިންފެކްޓަންޓް" ބައި އަރައިގެން ދެއެވެ. އެއަށް ފަހު އޭގެ ތެރެޔަށް ތެޔޮފޮދެއް އަޅާ އެއަށްފަހު ޕާސްތާ އަޅާ، ކަންކަން އޮންނަ ވަރަށް (7 ބައި މިނިޓް) ކެއްކުމަށް ފަހު ފެންގަޑު އެއްކޮށް އޮއްސާލާނީއެވެ. އަދި އޭގެ ފަހުން ލޮނު ލާނީއެވެ.

މިގޮތަށް ލާނީ އައޮޑައިޒްޑް ލޮނެވެ. ޕާސްތާ ކައްކާ ފެންގަޑު އޮއްސާލުމަށް ފަހު އައޮޑައިޒްޑް ލޮނު ލުމުން ނުރައްކާތެރި ބައި-ޕްރޮޑަކްޓް އުފެދުމުގެ ފުރުސަތު ކުޑަވެއެވެ.

ޓީމުންހެދި ތަހުލީލުގައި އާންމުކޮށް ގިނަ މީހުން ހަދާގޮތަށް ފެންގަނޑަށް ލޮނުލައިގެން ކައްކާ އެއަށް ޕާސްތާ އެޅުމުން ޓީމް އަށް ވަނީ ހަ ވައްތަރެއްގެ "ޓޮކްސިކް" ކޮމްޕައުންޑް ދެނެގަނެވިފައި ވެއެވެ. މި ގޮތުން ޕަސްތާގަވެސް ފެންގަޑުގަވެސް އެމާއްދާ އެކުލެވޭ ކަމަށް ވެއެވެ.    

ފަހަރެއްގަވެސް ފެންގަޑަށް ލޮނުލާނަމަ ލާންޖެހޭނީ އައޮޑައިޒްޑް ނޫން ލޮނު ކަމަށް ވެއެވެ.

މައުލޫމާތު: މެއިލް އޮންލައިން   

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

17 އޯގަސްޓު 2018

މިފަހަރު އިތުރު ވަގުތު ކުޅުނަސް ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމަށް ނުފެނޭ!

17 އޯގަސްޓު 2018
މިފަހަރު އިތުރު ވަގުތު ކުޅުނަސް ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމަށް ނުފެނޭ!
24 ޖުލައި 2018

އެންމެ ފަހުގެ ހޯދުން: ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅު

24 ޖުލައި 2018
އެންމެ ފަހުގެ ހޯދުން: ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅު
21 މެއި 2018

އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަންޖެހޭ ގައުމު އިނގޭތަ؟

21 މެއި 2018
އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަންޖެހޭ ގައުމު އިނގޭތަ؟
14 މެއި 2018

ހަލީމް ގާޒީގެ މަގާމުން ދުރުކުރަންވީ ވަގުތު ނާދޭތަ؟

14 މެއި 2018
ހަލީމް ގާޒީގެ މަގާމުން ދުރުކުރަންވީ ވަގުތު ނާދޭތަ؟
13 މާރިޗު 2018

މަޖުބޫރަކުން ބަނދެލި ވަގުތު ވެސް، ސަލާމަތް ވާނެ ކަމުގެ ވާހަކަ!

13 މާރިޗު 2018
މަޖުބޫރަކުން ބަނދެލި ވަގުތު ވެސް، ސަލާމަތް ވާނެ ކަމުގެ ވާހަކަ!
08 ފެބުރުއަރީ 2018

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

08 ފެބުރުއަރީ 2018
ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު
28 ޖެނުއަރީ 2018

ބާރު އޮތަސް ހިތުހުރި ގޮތެއް ނެހެދޭނެ ވަގުތު އަންނާނެއެވެ.

28 ޖެނުއަރީ 2018
ބާރު އޮތަސް ހިތުހުރި ގޮތެއް ނެހެދޭނެ ވަގުތު އަންނާނެއެވެ.
22 ޑިސެމްބަރު 2017

ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ރަގަޅު މިސްރާބެއް ހިފާށެވެ.

22 ޑިސެމްބަރު 2017
ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ރަގަޅު މިސްރާބެއް ހިފާށެވެ.
31 އޯގަސްޓު 2017

ފާރިސް ދޫކޮށްލަންވީ ވަގުތު ނާދޭތަ؟ ސާފު ނުވަނީ ކޮންއެއްޗެއް؟

31 އޯގަސްޓު 2017
 ފާރިސް ދޫކޮށްލަންވީ ވަގުތު ނާދޭތަ؟ ސާފު ނުވަނީ ކޮންއެއްޗެއް؟
26 މެއި 2017

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް