Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އުރީދޫ ސްޓެމް ފެއަރ

އުރީދޫ ސްޓެމް ފެއަރ 2023 ނިންމާލައިފި

އޯވަރޯލް ބެސްޓް ސްކޫލްގެ ގޮތުގައު އިސްކަންދަރު ސްކޫލަށް 50،000 ރުފިޔާ ލިބުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 މާރިޗު 2023 | ހޮނިހިރު 17:45
އުރީދޫ ސްޓެމް ފެއަރ

އުރީދޫ ސްޓެމް ފެއަރ

އުރީދޫ ސްޓެމް ފެއަރ 2023 ފގައި ބައިވެރިވި ސްކޫލްތަކުން ބޮޑު ކާމިޔާބީތަކާއެކު ނިންމާލައިފިއެވެ.

އިއްޒުއްދީން ސްކޫލް ހޯލުގައި ބޭއްވި މި ހަރަކާތުގެ ސަބަބުން ޒުވާން ވިސްނުންތެރިންނަށް އެމީހުންގެ ސްއަންސް، ޓެކްނޮލޮޖީ، އިންޖެނިއަރިންގް އަދި މެތެމެޓިކްސް މާއްދާތަކުން އީޖާދީ ހައްލުތައް ދައްކާލައި ވާދަކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

Advertisement - newsAdvertisement

މިއަދު ބޭއްވުނު މި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިންގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ޖޫނިއަރ، ސީނިއަރ އަދި ނޮވިސް ކެޓަގަރީން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވުނު ފަރާތްތަކަށް ރިބަން ދީފައިވެއެވެ. އޯވަރޯލް ބެސްޓް ސްކޫލްގެ ގޮތުގައު އިސްކަންދަރު ސްކޫލަށް 50،000 ރުފިޔާ ލިބުނުއިރު، ކޮންމެ ކެޓަގަރީއަކުން އެއްވަނަ އަށް ދާ ޕްރޮޖެކްޓް ހުށަހަޅާފައިވާ ސްކޫލަށް 10،000 ރުފިޔާ ވަނީ ދީފައެވެ. މީގެ އިތުރުން ހުރިހާ ބައިވެރިންނަށް ވެސް ވަނީ ބައިވެރިވުމުގެ ސެޓްފިކެޓް ދީފައެވެ.

ނޮވިސް ކެޓަގަރީން (ގްރޭޑް 4 އިން 6 އަށް) އެއްވަނަ ހޯދީ އިސްކަންދަރު ސްކޫލުގެ އިކޯ ފާމް ޕްރޮޖެކްޓްއެވެ. އަދި ދެވަނަ އަށް އިސްކަންދަރު ސްކޫލުގެ ވޭސްޓް ޓު އިލެކްޓްރިސިޓީ ޕްރޮޖެކްޓް އާއި މަޖީދިއްޔާ ސްކޫލުގެ ބައިސްކަލް އޮޕަރޭޓް ކުރާ ވެންޑިން މެޝިން ޕްރޮޖެކްޓާއި ޣިޔާސުއްދީން ސްކޫލުގެ ސޯލާ ޑީހައިޑްރޭޓް ޕްރޮޖެކްޓް ހޮވުނު އިރު ތިން ވަނައަށް އިސްކަންދަރު ސްކޫލުގެ އެއާ ޕޮލިއުޝަން ޑިޓެކްޓާ ޕްރޮޖެކްޓް ވަނީ ހޮވިފައެވެ.

ޖޫނިއަރ ކެޓަގަރީ (ގްރޭޑް 7 އިން 8 އަށް) އެއްވަނަ ޣިޔާސުއްދީން ސްކޫލްގެ ވޭވް ބެރިއާ ޕްރޮޖެކްޓް، ދެވަނަ އަށް އިސްކަންދަރު ސްކޫލްގެ އޮއި ވާށި ޕްރޮޖެކްޓް އަދި ތިން ވަނައަށް ކަލާފާނު ސްކޫލުގެ މޮޑަނައިޒްޑް ޒެބްރާ ކްރޮސިން ޕްރޮޖެކްޓާއި ޣިޔާސުއްދީން ސްކޫލުގެ ވޭވް އެނާޖީ ބޯއީ ޕްރޮޖެކްޓް ހިމެނެ އެވެ.

ސީނިއާ ކެޓަގަރީ (ގްރޭޑް 9 އިން 10 އަށް) އެއްވަނަ އިސްކަންދަރު ސްކޫލުގެ އެކުއަޕޮނިކްސް ޕްރޮޖެކްޓަށް ލިބުނުއިރު، ދެވަނަ އަށް އިސްކަންދަރު ސްކޫލުގެ މަންފާ ޕްރޮޖެކްޓް އަދި ކަލާފާނު ސްކޫލުގެ އިލެކްޓްރިސިޓީ ބައި ފްލައިވީލް ޕްރޮޖެކްޓް ހޮވުނު އިރު  ތިން ވަނަ ހޯދީ މަޖީދިއްޔާ ސްކޫލުގެ ކޮކޮނަޓް ސައިންސް ޕްރޮޖެކްޓެވެ.

ސްޓެމް ދާއިރާތަކުން މާހިރުން ބިނާކުރުމަށް އަންނަން އޮތް ޖީލަށް ހިތްވަރު ދިނުމުގައި ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސްއިން ދީފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެގާރަ ކަމަކަށް އިގުރާރުވެ އޭސީސީގެ ގައުމީ މަހާސިންތާ ނިންމާލައިފި

އެގާރަ ކަމަކަށް އިގުރާރުވެ އޭސީސީގެ ގައުމީ މަހާސިންތާ ނިންމާލައިފި

12 މެއި 2017
އުރީދޫގެ ހިއްސާގެ ފައިސާ ޖަމާކުރާ ބޭންކަކަށް ބީއެމްއެލް

އުރީދޫގެ ހިއްސާގެ ފައިސާ ޖަމާކުރާ ބޭންކަކަށް ބީއެމްއެލް

10 މެއި 2017
ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ނިންމާލައިފި

ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ނިންމާލައިފި

05 މެއި 2017
ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި

ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި

13 އެޕްރީލު 2017
ޖަލްސާ ފެށުނީއްސުރެ ސިސްޓެމްގައި ވަނީ މައްސަލަ ޖެހިފައި: އިބޫ

ޖަލްސާ ފެށުނީއްސުރެ ސިސްޓެމްގައި ވަނީ މައްސަލަ ޖެހިފައި: އިބޫ

27 މާރިޗު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު