Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚާންޖީ ރެސްޓޯރަންޓްގައި ހިނގި މަރު

އާބިދަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ

4 މާރިޗު 2023 | ހޮނިހިރު 06:12

އަޑުއެހުން ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ޖަހާއިރަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 މާރިޗު 2023 | ހޮނިހިރު 06:12
ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރެވޭ، ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު

ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރެވޭ، ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު

ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓްގައި ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރެވޭ، ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

އާބިދަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި ހެތްކާގުޅޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން އިއްވާނެއެވެ. މި އަޑުއެހުން ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ޖަހާއިރަށް އޮންލައިންކޮށެވެ.

މި އަޑުއެހުމަށްފަހު ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރެއްވުމެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއީލް ޝަފީއުއެވެ.

މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 29 ޖެނުއަރީގައެވެ. އެ އަޑުއެހުމުގައި އޮތީ މި މައްސަލައިގެ ޑީއެންއޭ ތަހުލީލު ރިޕޯޓު ތައްޔާރުކުރެއްވި އޮފިސަރުގެ ހެކިބަސް ނެގުމެވެ.

ހެކިވެރިޔާ ވިދާޅުވިގޮތުގައި 5 ވަޅިއަކާއި އަންނައުނުގެ އިތުރުން، ޑީއެންއޭ ތަހުލީލަށް ބޭނުންވާ ސްވޮބްތަކެއް އޭނާ ވަނީ މި މައްސަލައާ ގުޅިގެން ތަހުލީލުކޮށްފައެވެ.

މި މައްސަލާގައި ދައުލަތުގެ ޝަފަހީ ހެކިންގެ ތެރެއިން 2 ހެތްކެއްގެ ހެކިބަސް އަދި ނެގިފައެއް ނުވެއެވެ. އެއީ ޑެތު ސަމަރީ ތައްޔާރުކުރެއްވި ޑޮކްޓަރާއި އިތުރު ފަރާތެކެވެ. އެ ދެ ހެކިންނަކީވެސް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކެއް ކަމުން، ޝަރީއަތަށް ހާޒިރުކުރުމުގައި ވަނީ ގޮންޖެހުންތައް ކުރިމަތިވަމުންނެވެ. ނަމަވެސް އެ ހެކިންގެ ރިޕޯޓު ޝަރީއަތަށް ބަލައިގަތުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

އޭގެ އިތުރުން، އެ ދެފަރާތުގެ ހެކިބަސް އިތުރަށް ކުރިއަށް ނުގެންދެވުމަށްވެސް ގާޒީ ވަނީ އެކަށީގެންވާ ސަބަބާއެކު ނިންމަވާފައެވެ. ދައުލަތުންވެސް އެކަމަށް އިއުތިރާޒެއް ނުކުރެއެވެ.

އާބިދު ވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއަށް އިންކާރު ކޮށްފައެވެ. އޭނާ ބުނާ ގޮތުގައި އޭނާއާ ކައްކާއާ ދެމެދު ހިނގި ހަމަނުޖެހުމުގައި އޭނާ އަތް ހޫރާލީ އަމިއްލަ ނަފްސުގެ ދިފާއުގައެވެ. އޭރު އެއީ ވަޅިއެއްކަންވެސް ނޭނގޭކަމަަށާއި، ގަސްދު މަރުގެ ދައުވާއަށް އިންކާރުކުރާކަމަށް އޭނާ ބުނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް