Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ޔޫނިއަން އުފެއްދުމުގެ ޙައްގު، ގާނޫނީ ގޮތުން ލިބޭ ބިލު، ފެށޭ ހަފުތާގައި މަޖިލީހަށް ފޮނުވާނަން: ރައީސް

3 މާރިޗު 2023 | ހުކުރު 17:49

"އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު" އެކުލަވައިލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 މާރިޗު 2023 | ހުކުރު 17:49
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ޤާނޫނީ ގޮތުން މަސައްކަތްތެރިންނަށް ޔޫނިއަން އުފެއްދުމުގެ ޙައްގު ލިއްބައިދޭ "އިންޑަސްޓްރިއަލް ރިލޭޝަންސް" ބިލު، މި ފެށޭ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ޤައުމީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، މި ސަރުކާރުން ފާއިތުވި ހަތަރު އަހަރު ތެރޭގައި މަސައްކަތްތެރިންގެ ހާލަތު ރަނގަޅު ކުރުމަށް މުހިންމު މަސައްކަތެއް ކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ މަސައްކަތްތެރިންގެ ހާލަތު ރަނގަޅު ކުރުމަށް މި ސަރުކާރުން ކުރި އެންމެ މުހިންމު އެއް ކަމަކީ މިނިމަމް ވޭޖު ތައާރަފު ކުރުން ކަމަށެވެ. މިނިމަމް ވޭޖަކީ ގާނޫނޫގައި ހިމެނިފައި އޮތަސް އެކަން ތަންފީޒު ކުރުމަށް ކުރީ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައި އޮތް ކަމެއް ނޫން ކަމަށާއި އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ހާސިލް ކުރަން ކަނޑައެޅުއްވި ކަންކަމުގެ ތެރޭގައި މިނިމަމް ވޭޖު ތަންފީޒު ކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި މިނިމްވޭޖު ތަންފީޒު ކުރަން ފެށީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި މަޝްވަރާއަށް ރިއާޔަތް ކުރުމަށްފަހު ކަމަށާއި މިނިމަމް ވޭޖުގެ ސަބަބުން ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންނަށް މިއަދު އޭގެ މަންފާ ލިބެމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިނިމަމް ވޭޖަށް ގެނައި ބަދަލުގެ ސަބަބުން ފަތުރުުވެރިކަމުގެ ދާއިރާގެ 13000 އަށްވުރެ ގިނަ މުވައްޒަފުންނަށް ފައިދާވެ، އަދި ސަރުކާރުގެ ވަޒީފާގައި އުޅޭ 15000 އަށްވިރެ ގިނަ މުވައްޒަފުންގެ އާމްދަނީއަށް ހެޔޮ ބަދަލެއް ވަނީ ގެނެވިފައެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް ސާވިސްޗާޖުގެ ފައިދާ ހަމަހަމައަށް ލިބިދިނުމަށް ގާނޫނަށް ގެނައި ބަދަލަކީ ވެސް މި ސަރުކާރުން ކުރި މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ޔޫނިއަން ރަޖިސްޓްރީ ކުރެވޭނެ މަގެއް ކޮށައިދިނުމަކީ ވެސް މަސައްކަތްތެރިންގެ ޙައްގުގައި ކޮށްދޭންޖެހޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމަށް ބޭނުންވާ "އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު" އެކުލަވައިލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި ފެށޭ ހަފުތާ ތެރޭގައި އެެ ބިލު މަޖިލީހަށް ފޮނުވޭނެ ކަމަށާއި ބިލާ މެދު ހުރި ކަންބޮޑުވުންތައް ޓްރޭޑް ޔޫނިއަނުން ހިއްސާ ކުރުމުން އެ ފަރާތްތަކުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކުރައްވައި ބިލު އަލުން މުރާޖައާ ކޮށްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސައްކަތްތެރިންގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ވައުދެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ހާއްސަކޮށް، ވަޒީފާ ގެއްލޭ މީހުންނަށް އިޖުތިމާއީ ރައްކާތެރިކަން ހޯދައިި ދިނުމަކީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެހެންކަމުން ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ބައްޓަން ކުރެވޭ ނިޒާމެއްގެ ދަށުން "އަންއެމްޕްލޯއިމެންޓް އިންޝުއަރެންސް ބެނިފިޓް" ތައާރަފު ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަމަށްޓަކައި ގާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތަކާ ބެހޭގޮތުން ބޭރުގެ ފަންނީ އެހީއާއެކު ކަމާބެހޭ ގާނޫނުގެ ދެލި ކޮޕީ އެކުލަވައިލުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށާއި މާލަސްތަކެއް ނުވެ އެ ބިލުވެސް މަޖިލީހަށް ފޮނުވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މަސައްކަތުގެ މާހައުލުގައި ގާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ އާއްމު މިންގަނޑުގެ ގަވާއިދެއް ކަނޑައަޅައި މިހާރު ތަންފީޒު ކުރެވުމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތަށް އިތުރު ގާނޫނީ ބާރު ދިނުމުގެ ގޮތުން "އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ބިލު" މަޖިލީހަށް ފޮނުވާފައިވާނެ ކަމަށާއި އެ ބިލު ދިރާސާ ކޮށް އަވަހަށް މަޖިލީހުން ބިލު ނިންމައިދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ވަޒީފާ ބޭނުންވާ ފަރާތްތަކާއި ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ހުރި ގިނަ ގޮންޖެހުންތައް މި ސަރުކާރުން ހުށަހަޅާ ބިލުތަކުން ލިބިގެންދާނެއެވެ. އަދި ރާއްޖެއަކީ ޙައްގުތައް ކަށަވަރުވެފައިވާ އަމާން މާހައުލެއްކަމުގައި ވެގެންދިއުމަކީ އުއްމީދެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ވަޒީފާ ހޯދައިނުމަށް ވެސް ގިނަ މަސައްކަތްތައް މި ސަރުކާރުން ކުރާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދާދިފަހުން ތައާރަފު ކުރި ނޭޝަނަލް ޖޮބް ސެންޓަރަކީ މި ކަމުގެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް