Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވަގުތީ މާރުކޭޓު ގޮޅިތަކަށް އެދުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފި

3 މާރިޗު 2023 | ހުކުރު 12:57

ގޮޅިތަކަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ 9 މާޗު 2023ވާ ބުރާސްފަތި ދުވަހު ހެނދުނު 9:30 އިން 11:00 އަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 މާރިޗު 2023 | ހުކުރު 12:57
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވާ ވަގުތީ މާރުކޭޓުގެ ގޮޅިތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން މި މާރުކޭޓުން 18 ގޮޅިއެއް ދޫކުރަން ނިންމާފައިވާއިރު ނުވަ ގޮޅި ހާއްސަކޮށްފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށެވެ. އެގޮތުން، އެ ކުންފުނިން ފުރުސަތު ހުޅުވާލީ މި ނުވަ ގޮޅިއަށެވެ.

Advertisement - newsAdvertisement

ހިޔާ ސަރަހައްދުގައި ރޯދަ މަހަށް ހާއްސަ ކޮށްގެން މާރުކޭޓެއް ހުޅުވަން އެޗްޑީސީން ނިންމީ، ރޯދަ މަހު އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ކާބޯތަކެތި ލިބޭނެ ގޮތް މަގު ފަހިކޮށްދިނުމުގެ ބޭނުމުގައެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި މި ގޮޅިތަކަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ 9 މާޗު 2023ވާ ބުރާސްފަތި ދުވަހު ހެނދުނު 9:30 އިން 11:00 އަށެވެ.

މި މާރުކޭޓުން ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ނަގައިގެންނެވެ. ގުރުއަތުލުން އޮންނާނީ ފޯމު ބަލައިގަންނަ ތާރީހުގައި ފޯމު ބަލައިގަތުން ނިމުމުން ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން މި ގޮޅިތައް ދޫކުރަން ހަމަޖެހިފައިވަނީ ދެ މަސް ދުވަހަށެވެ. އެގޮތުން ދެ މަސްދުވަހަށް 5،000 ރުފިޔާ، ކުލީގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.

ރޯދަ މަހު މާރުކޭޓުގެ ޚިދުމަތްތަކަށް އޮންނަ ޑިމާންޑު އިތުރުކަން ފާހަގަކޮށް އެޗްޑީސީން ބުނީ، އެ ކުންފުނިން ރައްޔިތުންނަށް ލުއި ގޮތްތައް ހޯދައިދިނުމަށް މާލޭ ސިޓީ ކައުންސިލަށް ވެސް ވަގުތީ މާރުކޭޓެއް ހަދަން ބިން ހަމަޖައްސާފައިވާ ކަމަށެވެ. ސިޓީ ކައުންސިލުން ވެސް މިހާރު ވަނީ އެ މާރުކޭޓުން ދޫކުރާނެ ގޮޅިތަކަށް އެދުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ.

މާލޭ ސިޓީ ކައުންސިލުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމަށް ދެވަނަ ފިޔަވަހިން އެސްޓީއޯއަށް ވެސް އެޗްޑީސީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، ވިނަރެސް ފްލެޓުތަކުގެ ކޮމަރޝަލް ބްލޮކްގައި އެސްޓީއޯގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޔުނިޓެއް ކަނޑައަޅައި މިދިޔަ މަހު ހަވާލުކޮށްފައި ވާނެކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެވޭ ކޮންމެ ކަމަކީ ވެސް އެ ކުންފުނިން ބަލައިގަންނާނެ ކަމެއް ކަމަށާއި، އެފަދަ ކަންކަމަށް އެ ކުންފުނީގެ އެއްބާރުލުން ހުރިހާ މުއައްސަސާއަކަށް ވެސް ލިބޭނެ ކަމުގެ ޔަގީންކަން ދޭކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

05 މާރިޗު 2017

ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް

05 މާރިޗު 2017
ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
04 މާރިޗު 2017

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި

04 މާރިޗު 2017
ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް