Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް

ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފަށައި، އޮޑިޓް ޕޯޓަލް ލޯންޗުކޮށްފި

އިންޓަރނަލް އޮޑިޓަރުންނަށް ދިމާވާ ގޮންޖެހުންތަކާއި އެ މައްސަލަތައް ހައްލުކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 މާރިޗު 2023 | ބުދަ 07:33
ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް

ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް

ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް ބުދަ ދުވަހު ފަށައިފިއެވެ.

މި ކޮންފަރެންސްގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވަޑައިގެންނެވީ ކޮމިޝަނަރ އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލެވެ.

ރަސްމިއްޔާތުގެ ތެރެއިން އޮޑިޓް ޕޯޓަލް އިފްތިތާހްކޮށްދެއްވީ އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީއާއި ސްޓޭޓް އިންޓަރނަލް އޮޑިޓް ކޮމިޓީގެ ޗެއަރ ހަސަން މުހައްމަދުއެވެ.

ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި ރާއްޖޭގެ އޮޑިޓް ދާއިރާގައި މަސައްކަތްކުރާ ފުންނާބު އުސް ބޭފުޅުންގެ ތަޖުރިބާތައް ހިއްސާ ކުރާނެއެވެ. އަދި އިންޓަރނަލް އޮޑިޓަރުންނަށް ދިމާވާ ގޮންޖެހުންތަކާއި އެ މައްސަލަތައް ހައްލުކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާނެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދައުލަތުގެ އިންޓަރނަލް ކޮމެޓީގެ ޗެއަރ ހަސަން މުހައްމަދު ވިދާޅުވީ އުންމީދަކީ އޮޑިޓް ކޮންފަރެންސް އަކީ ކޮންމެ އަހަރަކު ބޭއްވޭ ކޮންފަރެންސަކަށްވުން ކަމަށެވެ. ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމެޓީގެ ހާލަތާއި ކޮމެޓީގެ މަސައްކަތް ކުރިއެރުވިދާނެ ކަންތައްތަކަށް ހަސަން މުހައްމަދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ވެސް ވަނީ ލޯންޗުކޮށްފައިވެއެވެ. މި އެކްޝަން ޕްލޭން ލޯންޗުކޮށްދެއްވީ ކޮމިޝަނަރ އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލެވެ.

މި ކޮންފަރެންސް އަމާޒުކޮށްފައިވަނީ ދައުލަތުގެ އިދާރަތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓުތަކަށެވެ.

މިކޮންފަރެންސްގައި ސަރުކާރުގެ އިދާރާތަކުން 300 މީހުން ބައިވެރިވެފައިވާއިރު ލޯކަލް ކައުންސިލްތަކުން ބައިވެރިވާ ފަރާތަތަކުގެ އިތުރުން އޮންލައިންކޮށްވެސް 400 ފަރާތަކުން މި ކޮންފަރެންސްގައި ބައިވެރިވާނެއެވެ. އެހެންކަމުން މިއީ މިދާއިރާއިން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ކޮންފަރެސަށް ވެގެންދާނެއެވެ.

އޮޑިޓް ޕޯޓަލްއަކީ ފިނޭން މިނިސްޓްރީގެ ބަނޑޭރި ޕޯޓަލްގެ މޮޑިއުލްއެކެވެ. މިމޮޑިއުލްގައި ދައުލަތުގެ އޮފީސްތަކުގެ އޮޑިޓްގެ މެމްބަރުންގެ މަޢުލޫމާތާއި ކޮމިޓީތަކަށް އައްޔަންކުރެވޭ ފަރާތްތަކުގެ މަޢުލޫމާތުވެސް ބަލަހައްޓާނެއެވެ.

ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސްފިނޭންސް މިނިސްޓްރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
13 ނޮވެމްބަރު 2025

ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

13 ނޮވެމްބަރު 2025
ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!
06 ނޮވެމްބަރު 2025

ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި

06 ނޮވެމްބަރު 2025
ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި
05 ނޮވެމްބަރު 2025

މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު

05 ނޮވެމްބަރު 2025
މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު
05 ނޮވެމްބަރު 2025

ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި

05 ނޮވެމްބަރު 2025
ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި
30 އޮކްޓޯބަރު 2025

މި އަހަރުގެ ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް

30 އޮކްޓޯބަރު 2025
މި އަހަރުގެ ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު