Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީހުން ބިނާކުރުން

މީހުން ބިނާކުރުމަށް ސްޓެލްކޯއާއި ޕޮލިޓެކްނިކާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

މި އެއްބަސްވުމަކީ ނުހަނު ތާރީޚީ އަދި މުހިއްމު އެއްބަސްވުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 މާރިޗު 2023 | ބުދަ 07:35
ސްޓެލްކޯއާއި، މޯލްޑިވްސް ޕޮލިޓެކްނިކާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުން

ސްޓެލްކޯއާއި، މޯލްޑިވްސް ޕޮލިޓެކްނިކާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުން

މަސައްކަތުގެ ދާއިރާއިން މީހުން ބިނާކުރުމަށް ސްޓެލްކޯއާއި، މޯލްޑިވްސް ޕޮލިޓެކްނިކާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މީހުން ބިނާކުރުމަށް ސްޓެލްކޯއާއި، މޯލްޑިވްސް ޕޮލިޓެކްނިކާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވަނީ ބުދަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ، މި އެއްބަސްވުމަކީ ނުހަނު ތާރީޚީ އަދި މުހިއްމު އެއްބަސްވުމެއް ކަމަށެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި އިންސާނީ ވަސީލަތްތަކުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދެވިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ގެންގުޅުއްވާ، މީހުން ބިނާ ކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށެވެ.

ސްޓެލްކޯއަކީ ރާއްޖޭގެ ރައްޔިތުންގެ ކުންފުންޏެއްކަން ފާހަގަ ކުރައްވައި ޝަރީފް އިތުރަށް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ގޮތަށް ބޭނުންވާ ޚިދުމަތްތައް ދިނުމަކީ އެ ކުންފުނީގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށެވެ. އެ މަސްއޫލިއްޔަތު އަދާކުރެވޭނީ އެކަންކަމުގެ ހުނަރާއި ތަމްރީނު ލިބިފައިވާ ފަރާތްތަކެއް ބިނާ ކުރެވިގެންކަމަށް ޝަރީފް ވިދާޅުވިއެވެ. މިފަދަ ތަމްރީނު ޕްރޮގްރާމެއް ޕޮލިޓެކްނިކާ ގުޅިގެން ކުރިއަށް ގެންދިއުމުގެ އެއް ބޭނުމަކީވެސް އެއީކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕޮލިޓެކްނިކްގެ ސީއީއޯ މުޙައްމަދު ހާޝިމް ވިދާޅުވީ، ޕޮލިޓެކްނިކުން ތަމްރީނުވާ ކުދިންނަށް ބޭނުންވާ މަސައްކަތުގެ ތަޖުރިބާ އެކަމާ ގުޅޭ އިންޑަސްޓްރީތައް ބޭނުންކޮށްގެން ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވެމުންދާކަމަށެވެ. މި އެއްބަސްވުމުގެ ދަށުން، ވަޒީފާގައި ކުރިއެރުމަށް އިތުރަށް މަގު ފަހިގެންދާނެކަމަށް ހާޝިމް ވިދާޅުވިއެވެ.

މި އެމްއޯޔޫގެ ދަށުން ސްޓެލްކޯގެ ފަންނީ އަދި މަސައްކަތްތެރިކަމާ ގުޅުންހުރި ދާއިރާތަކުން މީހުން ތަމްރީނު ކުރެވިގެންދާނެއެވެ.

ސްޓެލްކޯމޯލްޑިވްސް ޕޮލިޓެކްނިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު