Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވޭޕްގެ ނަމުގައި މަސްތުވުން

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!

މިހާރު ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި، ބޭނުންކުރާ ގޮތްތައް ވަނީ ބަދަލުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 މާރިޗު 2023 | ބުދަ 06:48
ވޭޕް ކުރުމަށް ބޭނުންކުރާ "ފްލެވަރ" ގެ ނަމުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރޭ

ވޭޕް ކުރުމަށް ބޭނުންކުރާ "ފްލެވަރ" ގެ ނަމުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރޭ

ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރުން އާންމުވެ، އެކި އުމުރުފުރާގެ މީހުންވެސް މިދަނީ މި ވަބާގެ ތެރެއަށް ގެނބެމުންނެވެ. ޒުވާން އުމުުރުގައި މި ވަބާގެ ތެރެއަށް ހުށައެޅިގެންދާއިރު، މިހާރު ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި، ބޭނުންކުރާ ގޮތްތަކާއި، އެތެރެކުރާ ގޮތްތައްވެސް މިވަނީ ބޮޑުތަނުން ތަފާތުވެފައެވެ.

އޭގެ ތެރެއިން އެއް ގޮތަކީ ވޭޕް ކުރުމަށް ބޭނުންކުރާ "ފްލެވަރ" ގެ ނަމުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމެވެ. ވޭޕް ކުރުމަކީ މިހާރު ދެ ޖިންސުގެ މެދުގައިވެސް އާންމު ކަމަކަށްވެފައިވާއިރު، ކެފޭ ރެސްޓޯރަންޓުތަކާއި، މަގުތަކާއި އާންމު ތަންތަނުގައިވެސް ވޭޕް ކުރުން މިވަނީ އާންމު ވެފައެވެ.

އެހެންނަމަވެސް، ވޭޕް ކުރުމަށްޓަކައި އަޅާ ފްލެވަރ ގެ ބަދަލުގައި މަސްތުވުމަށް ބޭނުންކުރާ "ސީބީޑީ އޮއިލް" އަޅައިގެން ވޭޕް ކުރުން މިވަނީ އާންމުވާން ފަށާފައެވެ. މިކަމަކީ ބެލެނިވެރިންވެސް ސަމާލުވާން ޖެހޭ ކަމެކެވެ.

ވަކިން ޚާއްސަކޮށް، ވޭޕް ކުރުން މިހާ އާންމު ޒަމާނެއްގައި ވޭޕްގެ ފްލެވަރ ގެ ބަދަލުގައި މަސްތުވާތަކެތި ބޭނުން ކުރިޔަސް ގިނަ ފަހަރު ބެލެނިވެރިންނަށް ނުވެސް އެނގޭނެއެވެ. ވީއިރު، މިއީ ބެލެނިވެރިންވެސް ގާތުން ބަލައި، އިތުރަށް ސަމާލުވާން ޖެހިފައިވާ މައްސަލައެކެވެ.

ދެރައީ އެފަދަ ތަކެތި ފަސޭހައިން ރާއްޖެ އެތެރެކޮށް ވިއްކާކަމެވެ. އެގޮތުން ޓެލެގްރާމް ގްރޫޕުތަކުގައި އެތަކެތީގެ އަގުތަކާއި، ފްލެވަރތަކާއި، ފޮޓޯތައް ޖަހައިގެން ވިއްކާއިރު، އެތަކެތި ވިއްކައިގެން މުއްސަނދިވަމުންދާ މީހުންވެސް މަދެއް ނޫނެވެ.

މަސްތުވުމަށް ބޭނުންކުރާ ސީބީޑީ އޮއިލް ބެންކޮކްގެ ބައެއް ސަރަޙައްދުތަކުގައި ހުއްދަ ކުރުމާއެކު، ރާއްޖެއަށްވެސް އެތަކެތި އެތެރެކުރުން އިތުރަށް ފަސޭހަވެގެން ގޮސްފައިވާކަމަށް ފެނެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ކަސްޓަމްސް ކޮމިޝަނަރ ޖެނެރަލް އަބްދުﷲ ޝަރީފް ވިދާޅުވީ، ވޭޕްގެ ފްލެވަރ ތަކުގައި މަސްތުވާތަކެތިކަމަށް ރާއްޖޭގައި ކަނޑައަޅާފައިވާ ބާވަތްތައް ހިމެނޭ ކަމަށެވެ. ރާއްޖެއިންވެސް އެފަދަ ބައެއް ތަކެތި ހިފަހައްޓާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ވޭޕްއާއި، ދުންފަތާ ގުޅުންހުރި ތަކެއްޗަކީ ކަސްޓަމްސްއިން ވަރަށް ބޮޑަށް ޗެކް ކުރާ ބާވަތްތަކުގެ އެއްޗެހި ކަމަށެވެ. އެގޮތުގެ މަތިން އެފަދަ ތަކެތި ހިފަހައްޓާފައިވެސް ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އެފަދަ ބާވަތެއް ވިއްކަން ހުއްޓަސް، ކަސްޓަމްސްއަށް އެނގިއްޖެނަމަ އެ އެއްޗެއް ނަގާނެ ކަމަށެވެ.

ކޮންމެއަކަސް ހަގީގަތަކީ އެކި ގޮތްގޮތުން ނަމަވެސް އެފަދަ ތަކެތި ރާއްޖެއަށް އެތެރެކޮށް ވިއްކާ ކަމެވެ. އޮފީހުގައި ތިމާއާއެކު މަސައްކަތް ކުރާ ސްޓާފް ލަންޗް ބްރޭކަށް ގޮސް ދަމާލަނީ ވޭޕްކަމެއް މަސްތުވާއެއްޗެއް ކަމެއް މިއަދު އެނގޭކަށް ނެތް ކަމެވެ. ދަރިންނާއި ދެޖިންސުގެ ޒުވާނުން ކަށީގައި ހިފަމުންމިދާ އާދަޔަކީ މަސްތުވާތަކެއްޗާ ގުޅުންހުރި ކަމެއްކަމަށް ބެލެނިވެރިންނަށްވެސް އެނގެން ނެތްކަމެވެ. ތިމާގެ އެކުވެރިޔާ ދިއްކޮށްލާ ވޭޕްއަކީ މަސްތުވާއެއްޗެއް ކަމެއް ނުވަތަ ނޫންކަމެއްވެސް މިއަދު އެނގޭކަށް ނެތް ކަމެވެ.

ޒަމާނާ އެއްގޮތަށް މީހުން ކުރިއަރަމުންދާއިރު، މިފަދަ ކުށްތަކަށް އަރައިގަންނަ މީހުންގެ އުކުޅުތައްވެސް ދަނީ ކުރިއަރަމުންނެވެ. މިއީ އެންމެންވެސް ހޭލުންތެރިވާން ޖެހިފައިވާ ބޮޑު މައްސަލައެކެވެ.

މަސްތުވާތަކެތިމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު