Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ބެސްޓް އެވޯޑް

ބެންޒެމާ ފަހަތަށްލައި މެސީއަށް ވޯޓު ދިނުމުން އަލަބާ ހޫނުފެނަށް!

އަލަބާ ބުނީ މެސީ އަށް ވޯޓުދިނީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންގެ ވިސްނުމުގައި ކަމަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 1 މާރިޗު 2023 | ބުދަ 04:54
އަލަބާ (ކ) އާއި ބެންޒެމާ ރެއާލް މެޑްރިޑްގެ ޖާޒީގައި

އަލަބާ (ކ) އާއި ބެންޒެމާ ރެއާލް މެޑްރިޑްގެ ޖާޒީގައި

ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ "ދަ ބެސްޓް" ހޮވަން ރެއާލް މެޑްރިޑަށް ކުޅޭ ފޯވަޑް ކަރީމް ބެންޒެމާ ފަހަތަށްލައި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީއަށް އެއްވަނަ ވޯޓުދިނުމުން ރެއާލް މެޑްރިޑްގެ ޑޭވިޑް އަލަބާ އަށް ފާޑުކިއުން އަމާޒުވާން ފަށައިފި އެވެ.

ރެއާލް މެޑްރިޑްގެ ކުޅުންތެރިއަކު ވާދަވެރި ބާސެލޯނާ އަށް ނިސްބަތްވާ ކުޅުންތެރިއަކަށް ވޯޓުދިނުމަކީ ވަރަށް މަދު ފަހަރަކު ފެންނަ ކަމެކެވެ. ނަމަވެސް އޮސްޓްރިއާގެ ކެޕްޓަންކަން ކުރަމުން އަންނަ އަލާބާ މިގޮތަށް އަމަލުކުރުމުން ސޯޝަލް މީޑިއާގައި ރެއާލްގެ ސަޕޯޓަރުން ވަނީ "އަލަބާއައުޓް" ކެމްޕޭން ފަށައިފަ އެވެ.

ނަމަވެސް މިކަމާބެހޭ ގޮތުން އަލަބާ ބުނީ އޭނާގެ ނަޒަރުގައި ފްރާންސްގެ ފޯވަޑް ބެންޒެމާ އަކީ ދުނިޔޭގެ އެންމެ މޮޅު ފޯވަޑް ކަމަށެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތް ވަނަ ފަހަރަށް އަންގާރަ ދުވަހު ލިބުނު މެސީ އަށް އެއްވަނަ ވޯޓު ދިނުމަށްފަހު، ދެ ވަނަ ވޯޓު އަލަބާ ދީފައިވަނީ ބެންޒެމާ އަށެވެ. ތިން ވަނަ ދިނީ ޕީއެސްޖީގެ ފްރާންސްގެ ފޯވަޑް ކީލިއަން އެމްބާޕޭ އަށެވެ.

ފީފާގެ އެވޯޑްތައް ހޮވާފައިވާއިރު ބެންޒެމާ އާއި މެސީ އަކީ ފީފާއިން ހޮވި ޑްރީމް ޓީމުގެ ވެސް ހިމެނުނު ދެ ކުޅުންތެރިންނެވެ. އަދި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރީ ވެސް މިދެ ކުޅުންތެރިންނާއި އެމްބާޕޭ އެވެ.

ރެއާލް މެޑްރިޑްފީފާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު