Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ ސިޓީ ކައުންސިލް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާ ވަގުތީ މާރުކޭޓު ގޮޅި ކުއްޔަށް ހިފުމުގެ ހުޅުވާލައިފި

ވަގުތީ މާރުކޭޓަށް ހޮވޭނީ ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ފަރާތެއްގެ މެދުގައި، ދެފުށް ފެންނަގޮތަށް ނަގާ ގުރުއަތަކުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 28 ފެބުރުއަރީ 2023 | އަންގާރަ 11:35
ލޯކަލް މާރުކޭޓް

ލޯކަލް މާރުކޭޓް

މާލޭ ސިޓީ ކައުންސިލުން، ރޯދަ މަހަށް ހާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވާ ވަގުތީ މާރުކޭޓުތަކުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކައުންސިލުން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ވަނީ، މިއީ ރޯދަ މަހަށް ހާއްސަކޮށްގެން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެގޮތުން، މާލޭ ސިޓީކައުންސިލުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ގާއިމްކުރާ ވަގުތީ މާރުކޭޓެއް ކަމަށެވެ. އެ މާރުކޭޓުން 30 ގޮޅި ދޫކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ކައުންސިލުން ބުނެއެވެ.

Advertisement - newsAdvertisement

މި ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަ ވެގެން 50 ދުވަހުގެ މުއްދަތަކަށެވެ. އެ ކައުންސިލުން އެކުލަވާލާފައި އުސޫލުގައި ވާގޮތުން، މި ގޮޅިތަކަށް އެދި ހުށަހެޅޭނީ އުމުރުން 18 އަހަރުން މަތީގެ ހުޅުމާލޭގެ ރަށްވެހިންނަށާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށެވެ.

އެ ގަވާއިދުގައި ބުނެފައިވާގޮތުގައި، ގޮޅީގައި ވިއްކަން ބަހައްޓާ ތަކެއްޗަކީ ކެއިން ބުއިމަށް ސިއްހީ ގޮތުން އެކަށީގެންވާ ތަކެތި ކަމުގައި ވާންވާނެއެވެ. އަދި ގޮޅި ކުއްޔަށް ދިނުމާއި އެހެން ފަރާތަކަށް މަންފާ ލިބޭގޮތަށް ދީގެން ގޮޅި ހިންގުމާއި، އެއްވެސް މަސައްކަތެއް ބިދޭސީންނާ ހަވާލުކޮށްގެން ހިންގުންވެސް މަނާވާނެއެވެ.

މާލެ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ގޮޅިތައް ހިންގުމުގެ ކަންކަން ބަލައި ޗެކުކުރާއިރު އުސޫލާ ހިލާފު ކަމެއް ފާހަގަވެއްޖެނަމަ، ކަނޑައެޅިފައިވާ ޖޫރިމަނާއެއް ކުރުމަށްފަހު އެކަމެއް ރަނގަޅުކުރުމަށް އަންގާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ. އެގޮތުން އުސޫލާ ހިލާފު ކަމެއް ފާހަގަވެއްޖެނަމަ 200 ރުފިޔާއާ 500 ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ގޮޅިއެއް ޖޫރިމަނާ ކުރުމަށާއި، އެފަދަ ކަމެއް އަލުން ތަކުރާރުވެއްޖެނަމަ އިތުރު ފުރުސަތެއް ދިނުމަކާނުލައި ގޮޅިން މުދާ ހުސްކުރުމަށް އަންގައި، ގޮޅި ވަކިކުރުމުގެ ނޯޓިސް ދިނުމަށް ވަނީ ނިންމާފައެވެ.

ހުޅުމާލޭގައި ރޯދަ މަހަށް ހާއްސަކޮށްގެން ގާއިމުކުރާ ވަގުތީ މާރުކޭޓުތަކުން ގޮޅި ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން، ހުޅުމާލޭ އަމީން އެވެނިއު މޭޕަލް ބިލްޑިންގގެ 1 ވަނަ ފަންގިފިލާގައި ހުންނަ އެ ކައުންސިލްގެ ހުޅުމާލޭ ސެކްޝަނަށް، 11 މާރިޗު 2023ގެ ކުރިން ފޯމް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ވަގުތީ މާރުކޭޓަށް ހޮވޭނީ ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތެއްގެ މެދުގައި ދެފުށް ފެންނަގޮތަށް ނަގާ ގުރުއަތަކުން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން

18 ޑިސެމްބަރު 2025
 މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން
17 ޑިސެމްބަރު 2025

މާލޭގައި މީދާ މަރަން ޚާއްސަ ޕްރޮގްރާމެއް ފަށައިފި

17 ޑިސެމްބަރު 2025
މާލޭގައި މީދާ މަރަން ޚާއްސަ ޕްރޮގްރާމެއް ފަށައިފި
14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު