Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް

ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސްގައި، ދާއިރާއަށް މީހުން ޝައުގުވެރިކުރުވުމަށް މަސައްކަތް ކުރާނެ: ފިނޭންސް މިނިސްޓްރީ

އޮޑިޓިންގ ދާއިރާގެ ތަޖުރިބާކާރުން އެ ފަރާތްތަކުގެ ތަޖުރިބާ މި ކޮންފަރެންސްގައި ހިއްސާކުރާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2023 | އާދީއްތަ 17:49
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް އިންޓަރނަލް އޮޑިޓް ކޮމިޓީ މެމްބަރު މުހައްމަދު ޝިފާއު އިބްރާހީމް

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް އިންޓަރނަލް އޮޑިޓް ކޮމިޓީ މެމްބަރު މުހައްމަދު ޝިފާއު އިބްރާހީމް

އޮޑިޓިންގ ދާއިރާއިން މީހުން ލިބުމުގައި އަދިވެސް ދަތިތައް އެބަހުރި ކަމަށާއި, ފިނޭންސް މިނިސްޓްރީން އަންނަ މަހު ބާއްވަން ނިންމާފައިވާ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސްގައި އެ ދާއިރާއަށް މީހުން ޝައުގުވެރިކުރުވުމަށް މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

"ރާއްޖެޓީވީ"ގެ ފަލަސުރުހީގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް އިންޓަރނަލް އޮޑިޓް ކޮމިޓީ މެމްބަރު މުހައްމަދު ޝިފާއު އިބްރާހީމް ވިދާޅުވީ، މިއީ ދައުލަތުގެ ހުރިހާ އިދާރާއެއްގެ އިންޓަރނަަލް އޮޑިޓްގެ މުވައްޒަފުންނާއި ދާއިރާގެ ހުރިހާ ބޭފުޅުން އެއްތަނަކުން ބައްދަލުވެ މައުލޫމާތު ހިއްސާ ކުރުމާއި ޓްރެއިނިން ހިންގުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އެއްބަޔަކު އަނެއްބަޔަކަށް ދެނެގަނެ އެއްބަޔަކު އަނެއްބަޔަކު ކުރާ މަސައްކަތްތައް ދެނެގަތުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އޮޑިޓިންގ ދާއިރާގެ ތަޖުރިބާކާރުން އެ ފަރާތްތަކުގެ ތަޖުރިބާ މި ކޮންފަރެންސްގައި ހިއްސާކުރާނެ ކަމަށާއި، އޭގެ ސަބަބުން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަރަށް ބޮޑު ފައިދާއެއް ވާނެކަމަށް ފިނޭންސް މިނިސްޓްރީން ގަބޫލުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ މައިގަނޑުގޮތެއްގައި އޮޑިޓިންގ ދާއިރާގައި ފާހަގަކުރެވެނީ މުވައްޒަފުންގެ ތަޖުރިބާއާއި ދާއިރާއަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް މަދުކަން ކަމަށެވެ. އެހެންކަމުން އެކަމަށް ފޯކަސްކޮށްގެން ޓްރެއިނިންތައް ކުރިއަށް ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ކޮންފަރެންސް އޮންނާނީ އަންނަ މާޗް 1ން 2ށް ދަރުބާރުގޭގައެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ އޮޑިޓް ދާއިރާގައި މަސައްކަތްކުރާ ފުންނާބު އުސް ބޭފުޅުންގެ ތަޖުރިބާތައް ހިއްސާ ކުރާނެއެވެ. އަދި އިންޓަރނަލް އޮޑިޓަރުންނަށް ދިމާވާ ގޮންޖެހުންތަކާއި އެ މައްސަލަތައް ހައްލުކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާނެއެވެ.

މި ކޮންފަރެންސް އަމާޒުކޮށްފައިވަނީ ދައުލަތުގެ އިދާރަތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓުތަކަށެވެ. އަދި އިންޓަރނަލް އޮޑިޓް ކޮމިޓީތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ފައިނޭންސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތައްވެސް ބައިވެރިވާނެ ކަަމަށް ފިނޭންސުން ބުންޏެވެ.

މި ކޮންފަރެންސަށް ހާޒިރުވެގެން 300އެއްހާ މީހުން ބައިވެރިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި 402 މީހުން އޮންލައިންކޮށް ބައިވެރިވާއިރު، އޮންލައިންކޮށް 1000 މީހުންނަށް ކޭޓަރ ކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މި ކޮންފަރެންސްގެ ތީމަކީ "ޝިފްޓިން މައިންޑްސެޓް އެޑިން ވެލިއު ތުރޫ އިންޓަރނަލް އޮޑިޓް"އެވެ.

ފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު