Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވެނިސްގެ ފެނުގެ މަގުތައް

ވެނިސް މަޝްހޫރު ފެނުގެ މަގުތަކުން ފެން ހިނދެނީ

26 ފެބުރުއަރީ 2023 | އާދީއްތަ 17:13

މިކަން ހައްލުވުމަށް ފަންސާހަކަށް ދުވަހު ވާރޭވެހެންޖެހޭ ކަމަށް މާހިރުން ވިދާޅުވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 26 ފެބުރުއަރީ 2023 | އާދީއްތަ 17:13
ވެނިސްގެ ފެނުގެ މަގުތަކުން ފެން ހިނދިފައި

ވެނިސްގެ ފެނުގެ މަގުތަކުން ފެން ހިނދިފައި

އިޓަލީގެ ވެނިސް މަޝްހޫރުވެފައިވަނީ އެތަނުގައިވާ ފެނުގެ މަގުތަކާއި ކެނޯތަކުގައި ކުރާ ދަތުރުތަކުގެ ސަބަބުންނެވެ. ވެނިސްގެ މަގުތަކުގައި ދުއްވާ އެއްޗެތީގެ ބަދަލުގައި ދަތުރުކުރަނީ ކުދި ލޯންޗްތަކާއި ޚާއްސަ ވޯޓަރ ޓެކްސީ ތަކުގައެވެ. އެހެންކަމުން ވެނިސްއަކީ ހުރިހާ ގޮތަކުންވެސް ތަފާތު ސިޓީއެކެވެ. ލޯބިވެރިންނާއި ފަތުރުވެރިންގެ މަގުބޫލް މަންޒިލެކެވެ.

ނަމަވެސް މިއަހަރު އެކަން ބަދަލުވެއްޖެއެވެ. އެހެން އަހަރުތަކުގައި އާންމުކޮށް އޮކްޓޯބަރު މަހާ ޖަނަވަރީ މަހާ ދެމެދު ވެނިސްގެ ކަންބޮޑުވުމަކަށް ވަނީ ފެނުގެ މަގުތަކުގައިވާ ފެންގަނޑު އުފުލި، ތިރި އިމާރާތްތަކަށް ފެންވަނުމުގެ ކަންބޮޑުވުމެވެ. ކޮންމެ އަހަރަކުވެސް މި މައްސަލަ ކުރިމަތިވެއެވެ.

ނަމަވެސް ތަފާތު ސަބަބު ތަކާހެދި މިއަހަރު ދިމާވެފައިވަނީ އޭގެ އިދިކޮޅު ކަމަށް ޚަބަރުތައް ބުނެއެވެ. ގިނަ ދުވަސް ތަކެއްވަންދެން ވާރޭ ނުވެހުމާއި، ފެން ލިއްބައިދޭ ދެވަނަ ވަސީލަތްކަމަށްވާ ސްނޯ ފައިބާ މުއްދަތު ކުރުވުމާއި، ގުދުރަތީ ނިޒާމަށް އައިސްފައިވާ އެހެން ބައެއް ބޮޑެތި ބަދަލުތަކުގެ ސަބަބުން ވެނިސްގެ ފެނުގެ މަގުތަކުގެ ފެންގަނޑު ހިނދި އެތައްހާސް ވޯޓަރ ޓެކްސީތައް އެހެލަން ޖެހިފައިވާކަމަށް ޚަބަރު ލިބެއެވެ. ކޮންމެހެން ދުއްވަންޖެހޭ ވޯޓަރ އެމްބިއުލާންސްތަކުގެ ދަތުރުތަކަށްވެސް ވަނީ ބުރޫ އަރާފައެވެ.

ފެން ހިނދުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ އިޓަލީގެ އުތުރުގެ ހިސާބު ތަކަށެވެ. އިޓަލީގެ މަޝްހޫރު އެލްޕްސް ފަރުބަދަ މައްޗަށް ވެހުނު ސްނޯގެ މިންވަރުވެސް މިއަހަރު ދެބައިކުޅައެއްބައި މަދުކަމަށްވެއެވެ. އެންމެ ދިގު ޕޯ-ކޯރު، އެލްޕްސް ފަރުބަދަމަތިން ދެމިގެން އަންނައިރު މިއަހަރު ލިބުނު ފެނުގެ މިންވަރު 61 އިންސައްތަ މަދުކަމަށްވެއެވެ.

ލޭކް ގަރުދާގެ ފެންގަނޑުވެސް އެއްކޮށްހެން ހިނދިފައި ވުމުން، ކުރިން ކޯރުގެ ފެންގަނޑުގެ ސަބަބުން ވަކިވެފައި އޮންނަ ޖަޒީރާއަކަށް ހިނގާލާފައި ދެވޭކަމަށްވެއެވެ.

އިޓަލީގެ މޫސުމާބެހޭ އެކްސްޕަރޓެއް އިޓަލީގެ ނޫހަކަށް ވިދާޅުވިގޮތުގައި، މިހާރު ކުރިމަތިވެފައިވާ "ވޯޓަރ ޑެފިސިޓް ސިޓުއޭޝަން" ނުވަތަ ފެނުގެ ދަތިކަމުގެ ހާލަތަކީ 2020-2021ގެ ފިނި މޫސުމުން ފެށިގެން އަންނަން ފަށާފައިވާ ބަދަލެކެވެ. ފެނުގެ ހާލަތު ކުރިން އޮތް ގޮތަށް ދިއުމަށްޓަކައި ފަންސާހަކަށް ދުވަހު ވާރޭވެހި، 500 މިލިމީޓަރަށް ކޯރުތަކުގެ ފެންގަނޑު އުފުލެން ބޭނުންވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

އިޓަލީއަށް މިދިޔަ އަހަރު ވަނީ ފާއިތުވި 70 އަހަރުތެރޭގައި ވެސް ކުރިމަތިވި އެންމެ ހަނަފަސް ދުވަސްތައް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ޕޯ-ކޯރުން ފެން ލިބޭގޮތަށް އޮންނަ "ޕޯ-ރިވަރ ބޭސިން" ކިޔާ ސަރަހައްދުގައި ސްޓޭޓް އޮފް އިމަރޖެންސީވެސް ހިންގާފައި ވެއެވެ.

މައުލޫމާތު: ސައޫދީ ގެޒެޓް  

އިޓަލީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް

04 ޑިސެމްބަރު 2025
ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް
21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
10 އޮކްޓޯބަރު 2025

ޣައްޒާގެ ސުލްޙަ އަށް ސިފައިން ފޯރުކޮށްދިނުމަށް އިޓަލީ އޮތީ ތައްޔާރަށް

10 އޮކްޓޯބަރު 2025
ޣައްޒާގެ ސުލްޙަ އަށް ސިފައިން ފޯރުކޮށްދިނުމަށް އިޓަލީ އޮތީ ތައްޔާރަށް
22 ސެޕްޓެމްބަރު 2024

އިޓަލީގެ މަޝްހޫރު ''އޯވީއެސް'' މާލޭގައި ހުޅުވައިފި

22 ސެޕްޓެމްބަރު 2024
އިޓަލީގެ މަޝްހޫރު ''އޯވީއެސް'' މާލޭގައި ހުޅުވައިފި
02 ޖުލައި 2024

މާލެ މަތިން އިވުނު ބާރުގަދަ އަޑުފަށްގަނޑު - އިޓަލީގެ އަސްކަރީ 5 އުޅަނދެއް ވީއައިއޭއަށް ޖައްސައިފި

02 ޖުލައި 2024
މާލެ މަތިން އިވުނު ބާރުގަދަ އަޑުފަށްގަނޑު - އިޓަލީގެ އަސްކަރީ 5 އުޅަނދެއް ވީއައިއޭއަށް ޖައްސައިފި
24 ޖޫން 2024

އިޓަލީގެ އަމާޒަކީ އަވަހަށް ނުކަޓާނެ ގޮތެއް ހޯދުން

24 ޖޫން 2024
އިޓަލީގެ އަމާޒަކީ އަވަހަށް ނުކަޓާނެ ގޮތެއް ހޯދުން
21 ޑިސެމްބަރު 2023

ޔަތީމު ޙާލުގައި ނާމާން ދަތުރެއްކޮށް، އިޓަލީވިލާތުގެ މަގުތައް ފަތަހަ ކުރީ މަންމައާއި ކޮއްކޮމެނަށްޓަކައި!

21 ޑިސެމްބަރު 2023
ޔަތީމު ޙާލުގައި ނާމާން ދަތުރެއްކޮށް، އިޓަލީވިލާތުގެ މަގުތައް ފަތަހަ ކުރީ މަންމައާއި ކޮއްކޮމެނަށްޓަކައި!
11 އޮކްޓޯބަރު 2023

އިޓަލީ އާއި ތުރުކީން، 2032 ގެ ޔޫރޯ ބާއްވަނީ

11 އޮކްޓޯބަރު 2023
އިޓަލީ އާއި ތުރުކީން، 2032 ގެ ޔޫރޯ ބާއްވަނީ
08 އޮކްޓޯބަރު 2023

ވެނިސްގައި ހިނގި ބަހުގެ އެކްސިޑެންޓެއްގައި 21 މީހުން މަރުވެއްޖެ

08 އޮކްޓޯބަރު 2023
ވެނިސްގައި ހިނގި ބަހުގެ އެކްސިޑެންޓެއްގައި 21 މީހުން މަރުވެއްޖެ
17 ސެޕްޓެމްބަރު 2023

އިޓަލީގެ އަސްކަރީ ޖެޓެއް ވެއްޓި ފަސް އަހަރުގެ ކުއްޖަކު މަރުވެއްޖެ

17 ސެޕްޓެމްބަރު 2023
އިޓަލީގެ އަސްކަރީ ޖެޓެއް ވެއްޓި ފަސް އަހަރުގެ ކުއްޖަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް