Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޒްލީނާ ނަފީސްގެ މަރު

އަޒްލީނާ ނަފީސްގެ ޤާތިލު ޒުހެއިރު މަރުވެފައި އޮއްވައި ފެނިއްޖެ

އޭނާ ފެނިފައިވަނީ ކ ދިއްފުށީ އަތިރިމަތީގައި ހުރި ޖޯއްޔެއްގެ ތެރޭގައި އޮއްވައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ފެބުރުއަރީ 2023 | އާދީއްތަ 09:47
އަޒްލީނާ ނަފީސްގެ ޤާތިލު އަބްދުﷲ ޒުހެއިރު

އަޒްލީނާ ނަފީސްގެ ޤާތިލު އަބްދުﷲ ޒުހެއިރު

ވިޔަފާރިވެރިންގެ ޖަމުއިއްޔާގެ ފާޚާނާގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ އަޒްލީނާ ނަފީސްގެ ޤާތިލު އަބްދުﷲ ޒުހެއިރު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އޭނާ މަރުވެފައި އޮއްވައި ފެނިފައިވަނީ އާދިއްތަ ދުވަހުއެވެ. އެގޮތުން އޭނާ ފެނިފައިވަނީ އޭނާ ދިރިއުޅެމުންދިޔަ ކ ދިއްފުށިންނެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އެރަށު ކައުންސިލުގެ ރައީސް ވިދާޅުވީ، އޭނާ ފެނިފައިވަނީ ކ ދިއްފުށީ އަތިރިމަތީގައި ހުރި ޖޯއްޔެއްގެ ތެރޭގައި އޮއްވައި ކަމަށެވެ. އެކަމާ ގުޅިގެން މިހާރު ފުލުހުން ދަނީ ޙަރަކާތްތެރި ވަމުންނެވެ.

ފުލުހުން ބުނެފައިވަނީ އޭނާ އޮތީ ދިއްފުށީ އުތުރުފަރާތު އަތިރިމަތީގައި ހުރި ޖޯއްޔެއްގައެވެ. އަދި އޭނާ ސިއްހީ މަރުކަޒަށް ގެންދެވުނު އިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. ސިއްހީ މަރުކަޒަށް އޭނާ ގެންދެވުނީ 12:20 އެހާއިރުއެވެ. ފުލުހުން ބުނެފައިވަނީ މަރުވެފައި އޮއްވާ ފެނުނީ 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ފުލުހުން އަންނަނީ ބަލަންޖެހޭ ކަންކަން ބަލަމުން ކަމަށް ބުނެފައި ވެއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާގެ ތެރޭގައި އަޒްލީނާ މަރާލާފައި އޮއްވައި ފެނުނީ 2001 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހު އެވެ.

އަޒުލީނާ މަރާލުމުގެ ކުށް ޒުހައިރުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 25 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ 2002 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. ނަމަވެސް އޭގެ 11 އަހަރު ފަހުން، 2013 ވަނަ އަހަރު އޭނާ ވަނީ މިނިވަންކޮށްފަ އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކ. ދިއްފުށި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު