Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޭޝަނަލް ޖިއޮގްރަފިކް ޕްރިސްޓީން ސީސް

ނޭޝަނަލް ޖިއޮގްރަފިކްގެ ޕްރިސްޓީން ސީސްއިން ރާއްޖޭގައި ކުރިޔަށްގެންދާ ސައިންޓިފިކް އެކްސްޕެޑިޝަންގައި ނޫރާއްޖޭގެ ސައިންޓިސްޓެއް

މި އެކްސްޕެޑިޝަން ނިންމުމަށްފަހު، އެކްސްޕެޑިޝަން ޓީމުން ސައިންޓިފިކް ރިޕޯޓަކާއި ޑޮކިއުމެންޓަރީ ވީޑިއޯއެއް ތައްޔާރުކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2023 | އާދީއްތަ 09:21
ނޭޝަނަލް ޖިއޮގްރަފިކްގެ ޕްރިސްޓީން ސީސްއިން ރާއްޖޭގައި ކުރިޔަށްގެންދާ ސައިންޓިފިކް އެކްސްޕެޑިޝަންގައި ބައިވެރިވި ނޫރާއްޖޭގެ ސައިންޓިސްޓް

ނޭޝަނަލް ޖިއޮގްރަފިކްގެ ޕްރިސްޓީން ސީސްއިން ރާއްޖޭގައި ކުރިޔަށްގެންދާ ސައިންޓިފިކް އެކްސްޕެޑިޝަންގައި ބައިވެރިވި ނޫރާއްޖޭގެ ސައިންޓިސްޓް

ދިވެހިރާއްޖޭގެ ކަނޑުފަޅުގެ ސަރަހައްދުތައް ބޭނުންކުރެވޭގޮތް ތަރުތީބުކުރުމަށް ތައްޔާރު ކުރަމުންދާ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލުމަށް ބޭނުންވާ އިތުރު މައުލޫމާތު އެއްކުރުމުގެ ގޮތުން ނޭޝަނަލް ޖިއޮގްރިފިކްގެ ޕްރިސްޓީން ސީސް އިން ފެށި އެކްސްޕެޑިޝަންގައި ނޫރާއްޖޭގެ ސައިންޓިސްޓް މައީޝާ މުހައްމަދު ބައިވެރިވެއްޖެއެވެ. 

ކުރިއަށް އޮތް މަހުގެ ތެރޭގައި ހުވަދު އަތޮޅާއި، ފުވައްމުލައް އަދި އައްޑޫ އަތޮޅަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ މި އެކްސްޕެޑިޝަންގައި ބޭނުންކުރާނީ "ބްލޫ ފޯސް ތްރީ"އުޅަނދެވެ. ނޫ ރާއްޖެއިން ކުރީގައި ކުރިއަށްގެންގޮސްފައިވާ އެކްސްޕެޑިޝަންތަކުން ހޯދާފައިވާ މަޢުލޫމާތުތައް  މިދަތުރުގައި ހިންގާނެ ސައިންޓިފިކް ދިރާސާތަކުން އިތުރަށް މުއްސަނދިވެގެންދާނެއެއެވެ. އަދި މި މަޢުލޫމާތަކީ، ދިވެހިރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީގެ ކަންކަން ބައްޓަންކުރުމަށް އެހީތެރިވެދޭނެ މަޢުލޫމާތުތަކަކަށް ވާނެއެވެ. 

Advertisement - newsAdvertisement

މި ދަތުރުގައި މައީޝާއާއި އެކު ރާއްޖޭ އަދި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ސައިންސްވެރިން ބައިވެރިވާނެއެވެ. މިގޮތުން، އެކްސްޕެޑިޝަން ލީޑަރ ޔުނިވާރސިޓީ އޮފް ޕްލިމައުތު ގެ ޑރ. ކީރަން ފްރޭސާރ އާއި އެކްސްޕެޑިޝަންގެ ޗީފް ސައިންޓިސްޓް ޑރ. އެލަން ފްރެއިޑްލަންޑަރ  އަދި ރާއްޖޭގެ މެރިން ބައޮލޮޖިސްޓެއް ކަމުގައިވާ އާޔާ ނަސީމް ބައިވެރިވާނެއެވެ.  މި ދަތުރުގެ ސައިންސްވެރިން ރާއްޖޭގެ ދެކުނުގެ ކަނޑުތަކުގެ ހާލަތު ދެނެގަތުމަށް ބެއިޓެޑް ރިމޯޓް އަންޑަރ ވޯޓަރ ވީޑިއޯ ސިސްޓަމްސް (ބްރަވްސް)، ޑީޕް ޑްރޮޕް-ކެމެރާ ސާރވޭ، މިކްރޯޕެލިއޯ އަދި މައިކްރޯޕްލާސްޓިކް ސާމްޕްލިން ފަދަ އުކުޅުތައް ބޭނުންކުރާނެއެވެ. 

މި އެކްސްޕެޑިޝަން ނިންމުމަށްފަހު، އެކްސްޕެޑިޝަން ޓީމުން ސައިންޓިފިކް ރިޕޯޓަކާއި ޑޮކިއުމެންޓަރީ ވީޑިއޯއެއް ތައްޔާރުކުރާނެއެވެ. އަދި އެކްސްޕެޑިޝަންއިން އެއްކުރެވޭ މަޢުލޫމާތުން ރާއްޖޭގެ ކަނޑުފަޅު ބޭނުންކުރާގޮތުގެ ޕްލޭނަށް (މެރިން ސްޕޭޝަލް ޕްލޭން)، ނޫ ރާއްޖެއިން، ކުރިން އެއްކުރެވިފައިވާ  މައުލޫމާތަށް  އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.  މެރިން ސްޕޭޝަލް ޕްލޭން ހެދުމަށް ނޫ ރާއްޖެއިން ކުރިންވެސް އެކި އެކްސްޕެޑިޝަންތައް ހިންގާ، އާންމުންގެ ހިޔާލު ހޯދުމުގެ ގޮތުން އާންމު ބައްދަލުވުންތަކާއި ކަނޑުފަޅު ބޭނުންކުރާގޮތުގެ ސާރވޭއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން މި އެކްސްޕެޑިޝަންގެ ތެރެއިން ދިވެހިރާއްޖޭގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ލައިވް އޮންލައިން ސެޝަނަކާއި ސުވާލާއި ޖަވާބު ސެޝަނެއް ހިންގާނެއެވެ.

މިކަމާއި ގުޅޭ ގޮތުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، ​​މި އެކްސްޕެޑިޝަންއާއެކު ރާއްޖޭގެ މެރިން އިކޯސިސްޓަމްތަކާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތު އިތުރަށް މުއްސަދިވެ، ކަނޑުފަޅުތަކާއި އޭގެ ރޯދި ހިމާޔަތްކުރަން މިކުރާ މަސައްކަތަށް ބާރުލިބިގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން، މިއީ ރާއްޖޭގެ ތިމާވެއްޓާއި ގުޅޭ އައު މައުލޫމާތު ހޯދައި ކަނޑުތަކަށް ކުރާ ޤަދަރާއި ލޯބި އިތުރަށް އާލާކުރަން ލިބިގެންދާ ރަނުގެ ފުރުޞަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނޫރާއްޖޭގެ ސައިންސް އެންޑް ކޮމިއުނިކޭޝަންސް ލިއޭސަން މައީޝާ މުހައްމަދު ވިދާޅުވި ​​ރާއްޖޭގެ ދެކުނުގެ އަތޮޅު ތަކުގެ ކަނޑުގެ ހަލާތާއި ގުޅޭ އަގުހުރި މަޢުލޫމާތުތަކެއް އެއްކުރުމުގެ އިތުރުން ހިމާޔާތްކުރަންވީ ސަރަޙައްދުތައް ދެނެގަތުމަށް އެހީތެރިވެދޭނެ މި ދަތުރުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނީތީ އުފާކުރާ ކަމަށެވެ. މި ފަދަ އެކްސްޕެޑިޝަންތަކުގެ ސަބަބުން ކަނޑުފަޅުގެ ސަރަޙައްދުތައް ރައްކާކުރުމުގެ މުހިންމުކަމަށް ސައިންސް އިން ބާރުލިބި، ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކަކީ ސައިންސްގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތަކަށްވުމަށް މަގުފަހިވެގެންދާނެ ކަމަަށް އޭނާ ވިދާޅުވިއެވެ.

ނޭޝަނަލް ޖިއޮގްރަފިކް ޕްރިސްޓީން ސީސްގެ ޗީފް ސައިންޓީސްޓް ޑރ. އެލަން ފްރައިޑްލަންޑަރ ވިދާޅުވީ ​​ނެޝަނަލް ޖިއޮކްރަފިކް ޕްރިސްޓީން ސީސް ޓީމުން ވަނީ ދުނިޔޭގެ ކަނޑުތަކުގެ އެންމެ މުހިންމު ސަރަޙައްދުތައް ހިމާޔާތްކުރުމަށް އެކި ކަންކޮޅުތަކުގައި މަސައްކަތް ކޮށްފަ ކަމަށެވެ. އަދި މިއީ އެ ޓީމުން ދިވެހިރާއްޖޭގައި މިގޮތަށް ހިންގާ މިފަދަ ފުރަތަމަ އެކްސްޕެޑިޝަން ކަމަށާއި، މިއީ، ދިވެހި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ހުރި ތަފާތު މާހައުލީ ނިޒާމުތަކާއި ގުޅޭ އިތުރު މަޢުލޫމާތު އެއްކުރުމަށް ލިބިގެންދާ ރަނގަޅު ފުރުޞަތެއް ކަމަށެވެ. އަދި ދިވެހި މުޖުތަމަޢުތަކާއި، އިޤްތިޞާދާއި، އަދި ރާއްޖޭގެ ތިމާވެއްޓަށް އުޖާލާ މުސްތަޤުބަލެއް ބިނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅުގެ ސަރަޙައްދުތައް ހިމާޔަތްކޮށް ވަޒަންކުރުމަށް ކުރިޔަށް ގެންދާ ނޫ ރާއްޖެ ޕްރޮގްރާމުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްކުރާ މަސައްކަތުގައި ބައިވެރިވުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ނޭޝަނަލް ޖިއޮގްރަފިކްގެ ޕްރިސްޓީން ސީސް ސައިންޓިފިކް އެކްސްޕެޑިޝަންނޫ ރާއްޖެނޭޝަނަލް ޖިއޮގްރަފިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ނޫރާއްޖެއިން ހަދާފައިވާ ރާއްޖޭގެ ކަނޑުފަޅު ބޭނުންކުރާގޮތުގެ ސާރވޭގެ ހޯދުންތައް އާންމުކޮށް ހިއްސާކުރުމަށް ހާއްސަ ސެޝަނެއް ބާއްވަނީ

ނޫރާއްޖެއިން ހަދާފައިވާ ރާއްޖޭގެ ކަނޑުފަޅު ބޭނުންކުރާގޮތުގެ ސާރވޭގެ ހޯދުންތައް އާންމުކޮށް ހިއްސާކުރުމަށް ހާއްސަ ސެޝަނެއް ބާއްވަނީ

14 މާރިޗު 2023
ނޫ ރާއްޖޭގެ ސައިންޓިފިކް ރިސާރޗްގެ ދެވަނަ ދަތުރު ފަށައިފި

ނޫ ރާއްޖޭގެ ސައިންޓިފިކް ރިސާރޗްގެ ދެވަނަ ދަތުރު ފަށައިފި

16 މާރިޗު 2021
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު