Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަނޑުފަޅު ބޭނުންކުރާގޮތުގެ ސާރވޭ

ނޫރާއްޖެއިން ހަދާފައިވާ ރާއްޖޭގެ ކަނޑުފަޅު ބޭނުންކުރާގޮތުގެ ސާރވޭގެ ހޯދުންތައް އާންމުކޮށް ހިއްސާކުރުމަށް ހާއްސަ ސެޝަނެއް ބާއްވަނީ

މި ސެޝަން ބާއްވާނީ މާޗް 15 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ޖަހާއިރު، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ މާލެ ކެމްޕަހުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 މާރިޗު 2023 | އަންގާރަ 08:24
ނޫރާއްޖެ ޕްރޮގްރާމަށް މައުލޫމާތު ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން

ނޫރާއްޖެ ޕްރޮގްރާމަށް މައުލޫމާތު ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން

ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާގޮތުގެ މަޢުލޫމާތު އެއްކުރުމަށް މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު އޯޝަން ޔޫސް ސާރވޭގެ ހޯދުންތައް ހިއްޞާކުރުމަށް ނޫރާއްޖެއިން އާންމުކޮށް ހުޅުވާލައިގެން ސެޝަންއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މި ސެޝަން ބާއްވާނީ މާޗް 15 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ޖަހާއިރު،މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ މާލެ ކެމްޕަހުގައެވެ. 

Advertisement - newsAdvertisement

މި ސެޝަންގައި އޯޝަން ޔޫސް ސާރވޭގެ ޒަރިއްޔާއިން ދިވެހިން ކަނޑުފަޅުތައް އަގުކޮށް ބޭނުންކުރާގޮތާ ގުޅޭ އައު މައުލޫމާތުތައް ހިއްޞާކުރެވި، ބައިވެރިންނަށް ނޫރާއްޖޭގެ ޓީމާއި ސުވާލުކޮށް ހިޔާލުފާޅުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.  

އޯޝަން ޔޫސް ސާރވޭގައި 25,000 މީހުން ރަމްޒުވާ ގޮތަށް 4900 އަށް ވުރެއް ގިނަ ދިވެހިން ވަނީ ބައިވެރިވެފައެވެ. އަދި ސާރވޭގެ ބައިވެރިންވަނީ އެކި ކަންކަމަށް ބޭނުންކުރާ ކަނޑުފަޅުގެ ސަރަހައްދުތައް ރަމްޒުކޮށްދޭ 29,000 އަށްވުރެ ގިނަ ސަރަހައްދު ޑިޖިޓަލް މެޕިން ޕްލެޓްފޯމްއެއް ކަމުގައިވާސީސްކެޗްމެދުވެރިކޮށް ފާހަގަކޮށްފައެވެ.

މި ސާރވޭއަކީ މުޖުތުމައުގެ ބައިވެރިވުމާއެކު، ސައިންސްގެ މައްޗަށް ބިނާކޮށް ނޫރާއްޖޭއިން  ތައްޔާރުކުރާ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލުމުގެ މުހިންމު ބައެކެވެ. މި ޕްލޭނާއެކު ރާއްޖޭގެ ކަނޑުފަޅުތައް ކުރިއަށްއޮތްތަނުގައި ބޭނުންކުރާނެ ގޮތާއި ހިމާޔަތް ކުރާނެ ގޮތް ރޭވިގެންދާނެއެވެ. އަދި މި ޕްލޭން އެކުލަވާލެވޭނީ ރާއްޖޭގެ ޤުދުރަތީ ވެއްޓާއި ގުޅޭގޮތުންނާއި، ދިވެހިން ކަނޑުފަޅުތައް ބޭނުންކުރާގޮތުގެ އެންމެ އިތުބާރު ހިފޭ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. 

އޯޝަން ޔޫސް ސާރވޭއާއެކު ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާގޮތް މިހާރަށް ވުރެއް ރަނގަޅަށް މި ދާއިރާގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް އިނގިގެންދާނެއެވެ. އަދި ދިވެހި ސަރުކާރުގެ ލަނޑުދަނޑިއެއް ކަމުގައިވާ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން މަދުވެގެން 20 ޕަސެންޓް ހިމާޔަތްކުރުމަށް ކަނޑައަޅަންޖެހޭ މެރިން ޕްރޮޓެކްޓެޑް އޭރިއާޒް ފާހަގަކުރަން ބޭނުންވާ މުހިންމު މައުލޫމާތު ލިބިގެންދާނެއެވެ. 

މި ސާރވޭއަށް މައުލޫމާތު ހޯދުމުގެ ގޮތުން ނޫރާއްޖޭގެ ޓީމުން ވަނީ ރާއްޖޭގެ މީހުން އުޅޭ 189 ރަށަށް ދަތުރުކޮށް އާންމުން ކަނޑުފަޅުތައް ބޭނުންކުރާ ގޮތުގެ މައުލޫމާތު އެއްކޮށްފައެވެ. މީގެ އިތުރުން ސާރވޭއަށް އޮންލައިންކޮށް މައުލޫމާތު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލިއެވެ. މި ސާރވޭގެ މައުލޫމާތާއެކު  ރާއްޖޭގެ މަސްވެރިންނާއި،ޓޫރިޒަމް ސިނާއަތާއި އާންމު ފަރުދުން ކަނޑުފަޅުތައް ބޭނުންކުރާގޮތުގެ ތަފްޞީލް ހީޓްމެޕްގެ ޒަރިއްޔާއިން އެނގިގެންދާނެއެވެ. 

މިކަމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ޤައުމަކަށް ވީތީ އެންމެންނަކީވެސް ކަނޑުފަޅުތައް ކޮންމެވެސް ސިފައެއްގައި ބޭނުންކުރާ ބައެއް ކަމަށެވެ. އެހެންކަމުން ކަނޑުން ލިބޭ ނަފާ މެނޭޖްކުރުމުގެ މަސައްކަތް ކުރާއިރު ވީހާވެސް ގިނަ ދިވެހިން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އަދި މި ސާވޭއަށް ހުރިހާ ފަރާތްކަކުން އަދި ވަކިން ހާއްސަކޮށް މަސްވެރިން ދެއްވި އެއްބާރުލުން ފެނި މަސައްކަތަށް އިތުރު ހިތްވަރެއް ލިބިވަޑައިގެންނެވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އުންމީދަކީ ކުރިއަށް އޮތް ތަނުގައި ހުރި ޕްލޭނިން މަސައްކަތްތަކަށްވެސް މިފަދަ ފުރިހަމަ އެއްބާރުލުމެއް ލިބިގެން ދިޔުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނޫރާއްޖޭގެ ސައިޓް މެނޭޖަރ ފާތިމަތު ނިސްތަރާން ވިދާޅުވީ މި ސާރވޭއިން ލިބިފައިވާ މައުލޫމާތު އާންމުންނާއި ފުރުތަމަ ފަހަރަށް ހިއްޞާކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި މި މައުލޫމާތު އެއްކުރުމަކީ ރާއްޖޭގެ ކަނޑުފަޅުތައް ހިމާޔާތް ކުރުމަށް މުހިންމު ކަމެއް ކަމަށެވެ.

ނޫރައްޖެއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ އިސްނެގުމާއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އަދި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ހިމެނޭ ގޮތަށް ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ވެއިޓް އިންސްޓިޓިއުޓް، ވެއިޓް ފައުންޑޭޝަން، ނެޝަނަލް ޖިއޮގްރަފިކް ޕްރިސްޓީން ސީސް، ސްކްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝަނޯގްރަފީ، ސީސްކެޗް، އެންވަޔަރަންމަންޓަލް މާކެޓްސް ސޮލިއުޝަންސް ލެބް، ޔޫސީ ސަންޓާ ބާބަރާ، ޔޫސީއެލްއޭ އިންސްޓިޓިއުޓް އޮފް ދަ އެންވަޔަރަންމަންޓް އެންޑް ސަސްޓެއިނަބިލިޓީ، އަދި މިނޫންވެސް އެހެނިހެން ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ސަރވޭނޫ ރާއްޖެކަނޑުފަޅުގެ ދިރާސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑުއަޑީގެ ސަތަހައިން، މުޅި ދުނިޔޭގެ އެންމެ ފުނަށް ތޮރުފާ އުޅަނދުގެ ރެކޯޑް ޗައިނާއަށް!

ކަނޑުއަޑީގެ ސަތަހައިން، މުޅި ދުނިޔޭގެ އެންމެ ފުނަށް ތޮރުފާ އުޅަނދުގެ ރެކޯޑް ޗައިނާއަށް!

19 ޑިސެމްބަރު 2023
ނޭޝަނަލް ޖިއޮގްރަފިކްގެ ޕްރިސްޓީން ސީސްއިން ރާއްޖޭގައި ކުރިޔަށްގެންދާ ސައިންޓިފިކް އެކްސްޕެޑިޝަންގައި ނޫރާއްޖޭގެ ސައިންޓިސްޓެއް

ނޭޝަނަލް ޖިއޮގްރަފިކްގެ ޕްރިސްޓީން ސީސްއިން ރާއްޖޭގައި ކުރިޔަށްގެންދާ ސައިންޓިފިކް އެކްސްޕެޑިޝަންގައި ނޫރާއްޖޭގެ ސައިންޓިސްޓެއް

26 ފެބުރުއަރީ 2023
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޖިއޯޓެކްނިކަލް ސަރވޭތައް ފަށައިފި

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޖިއޯޓެކްނިކަލް ސަރވޭތައް ފަށައިފި

31 ޖެނުއަރީ 2022
ސްޓެޕް ސާރވޭގެ ތެރެއިން 30 ގޭބީސީއަކަށް ޒިޔާރަތްކޮށްފި

ސްޓެޕް ސާރވޭގެ ތެރެއިން 30 ގޭބީސީއަކަށް ޒިޔާރަތްކޮށްފި

19 ސެޕްޓެމްބަރު 2021
ނޫ ރާއްޖޭގެ ސައިންޓިފިކް ރިސާރޗްގެ ދެވަނަ ދަތުރު ފަށައިފި

ނޫ ރާއްޖޭގެ ސައިންޓިފިކް ރިސާރޗްގެ ދެވަނަ ދަތުރު ފަށައިފި

16 މާރިޗު 2021

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު