Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫ ރާއްޖެ އެކްސްފެޑިޝަން

ނޫ ރާއްޖޭގެ ސައިންޓިފިކް ރިސާރޗްގެ ދެވަނަ ދަތުރު ފަށައިފި

22 ދުވަހުގެ މިދަތުރުގައި ބައިވެރިވަނީ އެމެރިކާގެ ރިސާރޗަރުންނާއި ރާއްޖޭގެ މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ސައިންސް ވެރިން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 16 މާރިޗު 2021 | އަންގާރަ 03:14
ނޫ ރާއްޖެ

ނޫ ރާއްޖެ

ނޫ ރާއްޖޭގެ ސައިންޓިފިކް ރިސާރޗްގެ ދެވަނަ ދަތުރު ފަށައިފިއެވެ. ރާއްޖޭގެ ކަނޑުތަކާއި ފަރުތައް ދިރާސާކުރުމުގެ މި ރިސާރޗްގެ ދެވަނަ ދަތުރުގައި ސައިންސްވެރިން ފުރަތަމަ މާލެ އަތޮޅުގެ އުތުރާއި ދެކުނުގެ ކަނޑުތައް ބެލުމަށްފަހުގެ ދެން ދަތުރުކުރާނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ. 22 ދުވަހުގެ މިދަތުރުގައި ބައިވެރިވަނީ އެމެރިކާގެ ރިސާރޗަރުންނާއި ރާއްޖޭގެ މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ސައިންސް ވެރިންނެވެ.

މި ދަތުރުގައި ހުވަދުއަތޮޅާއި، ފުވައްމުލަށް، އައްޑޫ އަދި މާލެ އަތޮޅުގެ ފަރުތަކުގެ ޙާލަތު ދިރާސާކުރުމުގެ އިތުރުން ކަނޑުގައި އުޅޭ ދިރުންތަކުގެ އަބާދީ އަންދާޒާކުރުމަށް ސަރވޭ ކުރަންވަނީ ހަމަޖެހިފައެވެ. އެގޮތުން ފުޅި އަޅައިގެން ފީނައިގެން ފަރުގައި އުޅޭ ދިރުންތަކުގެ ވެށި ދިރާސާކޮށް، ރިމޯޓް ކޮންޓްރޯލްޑް ކެމެރާ ބޭނުންކޮށްގެން މިޔަރު އަދި ކަހަނބު ފަދަ ބޮޑެތި ދިރުންތަކުގެ މައުލޫމާތު ވެސް އެއްކުރުމަށް ހަމަޖެހިފައިވެއެވެ. މި އެކްސްޕެޑިޝަން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ސަފާރީ ބޯޓެއްކަމަށްވާ ކާޕޭ ނޯވޯ ގައެވެ.

Advertisement - newsAdvertisement

ނޫ ރާއްޖެ ޕްރޮގްރާމުން ޖެނުއަރީ 2020ގައި ދިޔަ ފުރަތަމަ ދިރާސާ ދަތުރުގައި އުތުރާއި މެދުރާއްޖެތެރޭގެ 16 އަތޮޅެއް ވަނީ ދިރާސާކޮށްފައެވެ. އެ ދިރާސާގެ ނަތީޖާ ހިމެނޭ ރިޕޯޓް އެޕްރީލް މަހު ހާމަކުރުމަށް ވަނީ ނިންމާފައެވެ. މިދިރާސާ ވެގެންދާނީ ރާއްޖޭގެ އަތޮޅުތަކުތެރޭގައި ފުޅާދާއިރާއެއްގައި މިގޮތަށްކުރެވޭ ފުރަތަމަ ކަނޑުގެ ދިރާސާއަށް ކަމަށް ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން ބުނެއެވެ. މި ދިރާސާއިން އެއްކުރެވޭ މައުލޫމާތު ދެމެހެއްޓެނިވި މަސްވެރިކަންކުރިއެރުވުމަށާއި، މަސްވެރިކަމުން އާމްދަނީ އިތުކުރުމަށާއި، ރާއްޖޭގެ ކަނޑުތަކުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ ގާނޫނާއި ގަވާއިދުތައް ހެދުމުގައި މުހިންމު ދައުރެއް އަދާކުރާނެއެވެ. މީގެ އިތުރުން މި މައުލޫމާތުގެ އަލީގައި ސަރުކާރު އަދި ނޫ ރާއްޖޭގެ މެރިން ސްޕެޝަލް ޕްލޭނިންގައި، ދެމެހެއްޓެނިވި ފަތުރުވެރިކަންކުރިއެރުވުމުގެ މަސައްކަތުގެ ހަރަކާތްތައް ވެސް ބައްޓަން ކުރެވިގެންދާނެއެވެ.

ދަތުރު ކުރިއަށް ދާއިރުގައި ވެސް ސިއްހީ ގޮތުން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި ދަތުރުގެ ބައިވެރިން، މީހުން އުޅޭ އެއްވެސް ރަށަކަށް ނުދާނެއެވެ. ނޫ ރާއްޖެއަކީ ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ އިސްނެގުމުގެ ދަށުން ރާއްޖޭގެ ކަނޑުތައް ޙިމާޔާތްކޮށް ކަނޑުގެ ރޯދިން ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖްތިމާއީ ފަހި ކުރިމަގެއް ބިނާކުރުމުގެ މަގްސަދުގައި ހިންގާ ފަސް އަހަރުގެ ޕްރޮގްރާމްއެކެވެ.

ރާއްޖޭގައި މި ޕްރޮގްރާމްގެ އިސް ރޯލެއް އަދާ ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި މެރިން ރިސާޗް އިންސްޓިޓިއުޓުންނެވެ. ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ މެންބަރުންގެތެރޭގައި ހިމެނެނީ ވެއިޓް އިންސްޓިޓިއުޓާއި، ނޭޝަނަލް ޖިއޮގްރޭފިކް ޕްރިސްޓިން ސީސްއާއި، ސްކްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝެނޯގްރަފީއެވެ.

ނޫ ރާއްޖެ

އިތުރަށް ކިޔާލަން

14 މާރިޗު 2023

ނޫރާއްޖެއިން ހަދާފައިވާ ރާއްޖޭގެ ކަނޑުފަޅު ބޭނުންކުރާގޮތުގެ ސާރވޭގެ ހޯދުންތައް އާންމުކޮށް ހިއްސާކުރުމަށް ހާއްސަ ސެޝަނެއް ބާއްވަނީ

14 މާރިޗު 2023
ނޫރާއްޖެއިން ހަދާފައިވާ ރާއްޖޭގެ ކަނޑުފަޅު ބޭނުންކުރާގޮތުގެ ސާރވޭގެ ހޯދުންތައް އާންމުކޮށް ހިއްސާކުރުމަށް ހާއްސަ ސެޝަނެއް ބާއްވަނީ
26 ފެބުރުއަރީ 2023

ނޭޝަނަލް ޖިއޮގްރަފިކްގެ ޕްރިސްޓީން ސީސްއިން ރާއްޖޭގައި ކުރިޔަށްގެންދާ ސައިންޓިފިކް އެކްސްޕެޑިޝަންގައި ނޫރާއްޖޭގެ ސައިންޓިސްޓެއް

26 ފެބުރުއަރީ 2023
ނޭޝަނަލް ޖިއޮގްރަފިކްގެ ޕްރިސްޓީން ސީސްއިން ރާއްޖޭގައި ކުރިޔަށްގެންދާ ސައިންޓިފިކް އެކްސްޕެޑިޝަންގައި ނޫރާއްޖޭގެ ސައިންޓިސްޓެއް
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު