Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންޑީއޭގެ ފަރުވާ

އެންޑީއޭގެ ފަރުވާއަށް ބޭނުންވާ ބޭސް އެކަށީގެންވާ މިންވަރަށް ސްޓޮކްގައި އެބަހުރި: ޝަމާއު

ފަރުވާދިނުމަށް ގެންނަ ބޭހުގެ ކޯޓާ އިތުރު ކުރުމުގެ މަސައްކަތް އެންޑީއޭއިން ވަނީ ފަށާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2023 | އާދީއްތަ 07:47
ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޭފުޅުން މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަނީ

ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޭފުޅުން މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަނީ

މިހާރުވެސް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ފަރުވާއަށް ބޭނުންވާ ބޭސް އެކަށީގެންވާ މިންވަރަށް ސްޓޮކްގައި އެބަހުރިކަމަށް އެ އިދާރާގެ ޗެެއަރމަން ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން، ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް އާއި ނޭޝަނަލް ޑްރަގް އޭޖެންސީގެ މަސައްކަތްތަކާ ގުޅޭގޮތުން އެ އޭޖެންސީގެ ބޭފުޅުންނާ މިދިޔަ ބުދަ ދުވަހު ވަނީ ބައްދަލު ކުރައްވާފައެވެ.

Advertisement - newsAdvertisement

ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަމާއު ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތީގެ ފަރުވާދިނުމަށް ގެންނަ ބޭހުގެ ކޯޓާ އިތުރު ކުރުމުގެ މަސައްކަތް އެންޑީއޭއިން ފަށާފައިވާ ކަމަށެވެ. ސަބަބަކީ އަތޮޅު ތެރޭގައިވެސް މަސްތުވާތަކެތީގެ ފަރުވާ ފުޅާކޮށް ޚިދުމަށް ދޭން ފަށާފައިވުމާއި، ފަރުވާ ބޭނުންވާ މީހުންގެ އަދަދުތައް އިތުރުވަމުންދާތީކަމަށް ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ، މަސްތުވާތަކެތީގެ ފަރުވާއަށް ބޭނުންކުރާ ބޭސްތަކަކީ ވަރަށް ފަސޭހައިން ލިބެން ހުންނާނެ ބޭސްތަކެއް ނޫން ކަމަށެވެ. އެންޑީއޭއިން ބޭސް ދިނުމުގައި ދެ ޕްރޮޓޮކޯލްއެއް ބޭނުންކުރާކަން ފާހަގަ ކުރައްވައި ޝަމާއު ވިދާޅުވީ، ބައެއް ފަރުވާތަކަށް ބޭނުންކުރަނީ ސީދާ ނާކޮޓިކް ކޮންޓްރޯލްޑް ޑްރަގް ކަމަށާއި، ފިހާރައިން ޕެނެޑޯލް ގަންނަ އުސޫލުން އެފަދަ ޑްރަގް ފޯރުކޮށް ނުދެވޭނެ ކަމަށެވެ.

ޝަމާއު ވިދާޅުވީ، ބޭސް އޯޑަރު ކޮށްގެންވެސް ދިގު މުއްދަތެއް ނަގާ ކަމަށެވެ. ވުމާއެކު، ދުރާލާ ސްޓޮކް ބަލަހައްޓަމުން ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، މިހާރުވެސް އެންޑީއޭގެ ފަރުވާއަށް ބޭނުންވާ ބޭސް އެކަށީގެންވާ މިންވަރަށް ސްޓޮކްގައި އެބަހުރިކަމަށް ޝަމާއު ވިދާޅުވިއެވެ. އަދި އިތުރު ސްޓޮކް ގެނައުމަށްެވެސް މިހާރު އޯޑަރު ދީފައިވާނެކަމަށް ޝަމާއު ވިދާޅުވިއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީމަސްތުވާތަކެތިރައްޔިތުންގެ މަޖިލިސްހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު