Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރަޝިއާއަށް އިތުރަށް ޕްރެޝަރު ކުރުމަށް ޒެލެންސްކީ ގޮވާލައްވައިފި

ނިއުކްލިއަރ ހަކަތައިގެ ދާއިރާއިން ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޒެލެންސްކީ، އީޔޫގެ ޤައުމުތަކަށް ގޮވާލެއްވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 26 ފެބުރުއަރީ 2023 | އާދީއްތަ 02:19
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ

ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އެ ޤައުމަށް އިތުރަށް ޕްރެޝަރު ކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޤައުމުތަކަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ގޮވާލައްވައިފިއެވެ.

ހޮނިހިރު ދުވަހު ޒެލެންސްކީ އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އީޔޫ ޤައުމުތަކުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ޖެހޭ ކަމަށެވެ. އެގޮތުން، ރަޝިއާގެ ބޭންކިންގ އިންޑަސްޓްރީއަށް އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން އެ ޤައުމުގެ ނިއުކްލިއަރ އިންޑަސްޓްރީއަށް ވެސް ފިޔަވަޅުތައް އެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

އީޔޫގެ އައު ޕެކޭޖުގައި ރަޝިއާ ސަރުކާރު ހިއްސާވާ ނިއުކްލިއަރ ހަކަތަ ކުންފުނި ކަމަށް ރަސޯޓަމް އާއި އެ ޤައުމުގެ އެހެން ނިއުކްލިއަރ ހަކަތައިގެ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާފައި ނުވެއެވެ. އެހެންކަމުން އެއީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ދާއިރާއެއް ކަން ޒެލެންސްކީ ފާހަގަކުރެއްވިއެވެ.

އީޔޫގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ފްރާންސް ފަދަ ޤައުމުތަކުން އަދިވެސް ޔުރޭނިއަމް ގަންނަނީ ރަޝިއާއިންނެވެ. އަދި ހަންގޭރީން ވެސް ނިއުކްލިއަރ ހަކަތައިގެ ދާއިރާއިން ފިޔަވަޅުތައް އެޅުމަށް ވަނީ ދެކޮޅު ހަދައިފައެވެ.

ރަޝިއާ-ޔޫކްރެއިން ހަނގުރާމައަށް މިދިޔަ ހުކުރު ދުވަހު ވަނީ އަހަރެއް ފުރިފައެވެ. އެއާއެކު އދ. އިން ވެސް ވަނީ ރަޝިއާގެ ސިފައިން ޔޫކްރެއިނުން ފޭބުމަށާއި ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ގަރާރެއް ވެސް ފާސްކޮށްފައެވެ. ނަމަވެސް ރަޝިއާއިން ބުނަނީ އެއީ "ބޭކާރު" ގަރާރެއް ކަމަށެވެ.

ޔޫކްރެއިންގެ ރައީސް ވޮލްޑީމިއަރ ޒެލެންސްކީރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު