Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޮންފެޑެރޭޝަންސް ކަޕް

ކޮންފެޑެރޭޝަންސް ކަޕް: ޖަރުމަން ޗެމްޕިއަންކަން ހޯދިއިރު، ޕޯޗުގަލަށް ތިންވަނަ

މިއީ ކޮންފެޑެރޭޝަންސް ކަޕް ޖަރުމަނުން ހޯދި ފުރަތަމަ ފަހަރު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 3 ޖުލައި 2017 | ހޯމަ 02:36
ޗިލީ ބަލިކޮށް ޖަރުމަނުން މުބާރާތުގެ ތަށި އުފުލާލަނީ

ޗިލީ ބަލިކޮށް ޖަރުމަނުން މުބާރާތުގެ ތަށި އުފުލާލަނީ

ކޮންފެޑެރޭޝަންސް ކަޕްގައި ޗިލީ ބަލިކޮށް ޖަރުމަނުން ޗެމްޕިއަންކަން ހޯދިއިރު، މެކްސިކޯ ބަލިކޮށް ޕޯޗުގަލް ތިންވަނަ ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ޗިލީއާ ވާދަކޮށް ޖަރުމަނުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ރަޝިއާގައި ކުޅުނު މި މެޗު ފެށުނީއްސުރެ ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ޗިލީއެވެ. އެގޮތުން އެޓީމަށް ވަނީ ލީޑު ނެގުމަށް ހުސް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

އެހެންނަމަވެސް ޗިލީން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި ޖަރުމަނުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 20 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓިމޯ ވާނާގެ އެހީތެރިކަމާއެކު ލާސް ސްޓިންޑެވެ.

މި ލަނޑަށްފަހުވެސް ޗިލީއަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް އެލެކްސް ވިޑާލް އަދި އެލެކްސަސް ސަންޗޭޒް ފޮނުވާލި ހަމަލާތައް ގޯލުތެރެއަށް ވަންނަ ގޮތެއް ނުވިއެވެ. މީގެއިތުރުން ޖަރުމަނުގެ ޖޫނިއަން ޑްރެސްލާއަށްވެސް ވަނީ ލީޑު ފުޅާކުރުމަށް ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ޗިލީގެ މައްޗަށް ޖަރުމަން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޖަރުމަނުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ ޗިލީގެ ހާފަށް ބާރުބޮޑުކޮށް، ލަނޑު ޖެހުމަށް ފުރުސަތުތައް ހޯދާފައެވެ. މީގެއިތުރުން ދެވަނަ ހާފްގައި ޗިލީގެ ވާގަސްއަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތަކެއް ލިބި ބޭކާރުވެފައެވެ.

މިއީ ޖަރުމަނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މުބާރާތުގެ ތަށި އެންމެ ގިނައިން އުފުލާލާފައިވަނީ ބްރެޒިލްއެވެ. އެޓީމުން ވަނީ ހަތަރު ފަހަރެއްގެ މަތިން މުބާރާތުގެ ތަށި އުފުލައިލާފައެވެ.

މުބާރާތުގެ ތިންވަނަ ޕޯޗުގަލުން ހޯދީ ތިން ވަނަ ހޮވާ މެޗުގައި 1-2 ގެ ނަތީޖާއިން މެކްސިކޯގެ މައްޗަށް ކުރިހޯދައިގެންނެވެ.

ރަޝިއާގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށް ދެޓީމަށްވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ޕޯޗުގަލްއަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. ޕޯޗުގަލްގެ އެންޑްރޭ ސިލްވާ ފޮނުވާލި މި ޕެނަލްޓީ މެކްސިކޯގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މުބާރާތުގެ ފައިނަލަށް ނުގޮސް ޕޯޗުގަލް ކެޓީ ޕެނަލްޓީ ޖަހައިގެން ޗިލީ އަތުން ބަލިވެގެންނެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މެކްސިކޯ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ ޕޯޗުގަލްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުލުފުލުގައި ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މެކްސިކޯއެވެ. މި ލަނޑަކީ 54 ވަނަ މިނެޓުގައި ޕޯޗުގަލްގެ ލުއިސް ކާލޮސް ނޮވޯ ނެޓޯ އަތުން ބައިކޮޅަށް ވަތް ލަނޑެވެ. މި ބޯޅަ ގޯލަށް ވަނީ މެކްސިކޯގެ ޗިޗަރީޓޯ ހެނާންޑޭޒް ތިރިތިރިން ނަގައިދިން ބާރު ހުރަސް ނެޓޯ ފައިގައި ޖެހިގެންނެވެ.

މި ލަނޑަށްފަހު ޕޯޗުގަލުން ވަނީ އެޓީމުގެ ހަމަލާތައް އިތުރުކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް އެޓީމުންވެސް ދިޔައީ ފުރުސަތު ތަނަވަސްކުރަމުންނެވެ. ޕޯޗުގަލް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފަހުވަގުތު ޑިފެންޑަރު ޕެޕޭ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ރިކާޑޯ ކޮރެސްމާ ނަގައިދިން ހުރަހަކުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ދެޓީމުންކުރެ ޓީމަކަށް ނަތީޖާ ނެރެވިފައިނުވާތީ ދެން ކުޅުނީ ނަތީޖާ ނެރުމަށް 15 މިނެޓުގެ ދެހާފެވެ. އެގޮތުން 15 މިނެޓުގެ ފުރަތަމަ ހާފްގައި ޕޯޗުގަލް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. އެޓީމަށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކުރީ އެޑްރިއަން ސިލްވާއެވެ.

މެޗުގެ 106 ވަނަ މިނެޓުގައި ޕޯޗުގަލްގެ ނެލްސަން ކަބްރަލް ސެމެޑޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައިވާއިރު، 112 ވަނަ މިނެޓުގައި މެކްސިކޯގެ ރައުލް އެލެންސޯ ޖޮމެނޭޒް ރޮޑްރިގޭޒްއަށްވެސް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މުބާރާތުގައި އަލަށް ވާދަކުރި ޕޯޗުގަލުން ތިންވަނަ ހޯދާފައިވާއިރު، މެކްސިކޯ ވަނީ މުބާރާތުގައި މީގެކުރިންވެސް ބައިވެރިވެފައެވެ. އެގޮތުން އަމިއްލަ ގައުމުގައި އެޓީމުން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާއިރު، 1995 ވަނަ އަހަރު އެޓީމުން ވަނީ މުބާރާތުގެ ތިންވަނަ ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު