Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޖޫސް ޓައިމަށް ހަމާލާދިނުން

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

އެމީހުން އެތެރައަށް ވަނީ އެތަނުގެ ބިއްލޫރިތައް ތަޅާލުމަށްފަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2023 | ހުކުރު 12:56
ޖޫސް ޓައިމަށް ހަމާލާދިނުން

ޖޫސް ޓައިމަށް ހަމާލާދިނުން

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެކެވެ. ބުރާސްފަތި ދުވަހުގެ އިރުއޮއްސުނުއިރު ހުޅުމާލޭގައި ހުންނަ 'ޖޫސް ޓައިމް'އަށް މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ވަދެ، އެތަނުގައި ހުރި ތަކެތި ހަލާކު ކުރަމުން ދާތަން އެވީޑިއޯ އިން ފެނިގެންދެއެވެ. ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި 'ޖޫސް ޓައިމް' އަށް ހަމަލާ ދީފައި ވަނީ ހެލްމެޓް އަޅާ މޫނު ނިވާކޮށްފައިވާ ދެ ފިރިހެނުންނެވެ. އެމީހުން އެތެރައަށް ވަނީ އެތަނުގެ ބިއްލޫރިތައް ތަޅާލުމަށްފަހުގައެވެ. އެމީހުން އައި ގޮތަށް އައިސް ފެށީ އެތަނުގައި ހުރި އެކި ތަކެއްޗަށް ގެއްލުން ދޭށެވެ. އެކަކު އަތުގައި ވަޅިއެއް އޮތްއިރު މަރުތެޔޮ ހިފައިގެން ހުރި މީހާ ބެލީ ވަގުތު ބޭކާރުނުކޮށް އެތަނުގެ ހުރި ތަކެއްޗަށް ގެއްލުން ދިނުމަށެވެ.

އެމީހުން އެތަނަށް ވަތްއިރު ބިދޭސީއަކު ކައުންޓަރުގައި އިށީދެގެން އިނދެއެވެ. މޫނު ނިވާކޮށްގެން ހުރި އެކަކު އެ ބިދޭސީ މީހާއާ ދިމާލަށް ވަޅި ދިއްކުރުމުން އެމީހާ ގަތް ބިރުން ހަޅޭލަވަމުން އެތަނުގައި ހުރި ދޮރަކުން ނިކުމެގެން ދިޔައެވެ. މޫނު ނިވާކޮށްގެން ތިބި ދެމީހުން ދަމުން ދިޔައީ އެތަނުގެ ވަތްގަނޑުގައި ހުރި ހުރިހާ ފައިސާއެއް ވެސް ހިފައިގެންނެވެ. އެތަނުން ހަމަލާ ދިނުމުގެ ކުރިން ހިސާބު ބެލިއިރު ވަތްގަނޑުގައި ގާތްގަނޑަކަށް 4000ށްވުރެން ގިނަ ރުފިޔާ ހުއްޓެވެ. މިނިޓެއް ތެރޭގައި އެތަނުގައި ހުރި ހުރިހާ ތަކެއްޗެއް މަރުތޭލަކުން ސުންނާފަތި ކުރުމަށްފަހު އެމީހުން އެތަނުން ނިކުމެން ދިޔައިރު ވެސް މަގުމަތީގައި މީހުން ބަލަން ތިއްބެވެ. އެ ދެ މީހުން އެތަނުން ދިޔުމާއެކު މަގުމަތީގައި ތިބި މީހުން އައެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ 'ޖޫސް ޓައިމް' އަށް ބަޔަކު ވަދެ ގެއްލުން ދީފައިވާ މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭގައި ޖޫސް ޓައިމް ހިންގަމުން އަންނަތާ 4 އަހަރު ވެފައިވާއިރު އެތަނަށް މިއީ މިގޮތަށް ހަމަލާދިން ފުރަތަމަ ފަހަރެވެ. އެތަނުގައި ހުރި ހުރިހާ ތަކެއްޗެއް ކަހަލަ ގޮތަކަށް ވަނީ ގެއްލުންދީފައެވެ. ތަނުގައި ހުރި ދެ ކޮފީ މެޝިނާއި އެއް ސައި ގިރާ މެޝިނަކާ ފްރިޖަށާއި މައިކްރޯވޭވް އަށްވެސް ވަނީ ގެއްލުންދީފައެވެ. އަދި ހެދިކާ އަޅާ ކައުންޓަރު ވެސް ވަނީ ހަލާކުކޮށްފައެވެ. މީގެއިތުރުން ދޮރަށް ވެސް ހުރީ ގެއްލުންދީފައެވެ. ތަނުގެ ތަކެއްޗަށް ދިން ގެއްލުމުގެ އަގު ދެލައްކަ ރުފިޔާއަށް ވުރެން މަތިވާނެއެވެ.

މިތަނަކީ އުމުރުން 53 އަހަރުގެ އަންހެނަކު އާމްދަނީ ހޯދުމަށްޓަކައި ކުރާ ހަމައެކަނި މަސައްކަތެވެ. އެ އަންހެން މީހާގެ އާއިލާގެ ޚަރަދުތައް ހަމަޖައްސަނީ އެތަނުން ލިބޭ ފައިސާއިންނެވެ. މިހާރު އެ ދޮރު ވެސް ބަންދުވީއެވެ. އެ އަންހެން މީހާ އާމްދަނީ ހޯދުމަށްޓަކައި ކުރަމުން އައި ހަމައެކަނި މަސައްކަތެއް މިނިޓެއް ތެރޭގައި ވިއްސި ވިހާލިވެގެން ދިޔައީއެވެ. ވިސްނުމެއް ނެތި ބަޔަކު ކުރި އަމަލެއްގެ ސަބަބުންނެވެ.

ލޯނު ނަގައިގެން، އެތަން ހިންގަމުން އެ އަންހެން މީހާ އައި ވަރަށް ފޮނި އުންމީދާއެކުގައެވެ. ތަނުން ލިބުނު ފައިސާއިން މާތްﷲ ގެ އިރާދަފުޅުން ލޯނު ވެސް ދައްކާ މިހާރު ވަނީ ނިމިފައެވެ. ކޮވިޑުގެ ހާލަތުގައި އެސްޑީއެފްސީން ދޫކުރި ލޯނު ވެސް ލިބުނެވެ. އެ ލޯނު ނަގައިގަން ތަން ހިންގަމުންދަނިކޮށް ތަނަށް މިފަދަ ބޮޑު ގެއްލުމެއް ބަޔަކު ދިނުމުން އެ އަންހެން މީހާ ހުރީ ޝޮކެއްގެ ތެރޭގައެވެ. ތަނުން ލިބެމުން އައި އާމްދަނީ ވެސް ހުއްޓުނީއެވެ. ލޯނު ދެއްކެން އޮތް ހަމައެކަނި މަގު ވެސް ބަންދުވީއެވެ.

މިފަދަ މައްސަލަތައް މިހާރު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި މުޖުތަމައުއަށް ބަލާލިޔަސް ކުށްތަކާއި މާތްﷲ ނަހީކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަން މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ގޭންގުތައް ހަދާލައިގެން އައިސް ވަޅި ޖެހުމާއި ޑްރަގްގެ ވިޔަފާރި ފާޅުގައި ކުރުމެވެ. އަދި ރޯމާ ދުވާލު މަސްތުވާތަކެތި ހަށިގަނޑަށް އިންޖެކްޓް ކުރާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. މިއީ މިހާރު މި މުޖުތަމައުގެ ހާލަތެވެ. ފުލުހުން މިދިޔަ އަހަރު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ވެސް މިދިޔަ އަހަރު މުދަލަށް ގެއްލުން ދިނުމުގެ 476 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މިދިޔަ މަހަށް އެކަނި ބަލާލިޔަސް މުދަލަށް ގެއްލުން ދިނުމުގެ 78 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

މުދަލަށް ގެއްލުން ދިނުންމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު