Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެކައުންޓުން ފައިސާ ގެއްލޭ މައްސަލަ

ބީއެމްއެލްގެ އެކައުންޓްތަކުން ފައިސާ ގެއްލޭ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހަށް

މި މައްސަލައިގައި ބޭންކުން ދައްކާ ވާހަކަ ގަބޫލުކުރަން ދަތިކަމަމަށް ސިރާޖު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2023 | ބުރާސްފަތި 14:21
ބީއެމްއެލްގެ ކަސްޓަމަރުންގެ ފައިސާ ގެއްލޭ މައްސަލަ ވަނީ ބޮޑުވެފައި

ބީއެމްއެލްގެ ކަސްޓަމަރުންގެ ފައިސާ ގެއްލޭ މައްސަލަ ވަނީ ބޮޑުވެފައި

އެކައުންޓްގެ ވެރިފަރާތަށް އެނގުމާނުލައި ބޭންކް އޮފް މޯލްޑިވިސްގައި ހުޅުވާފައިވާ އެކައުންޓުތަކުން ފައިސާ ގެއްލުން ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. ސިރާޖު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ރައްޔިތުން ރައްކާކޮށްފައިވާ އެތަކެއް ފައިސާއެއް އެކައުންޓުގެ ވެރިފަރާތަށް އެނގުމަކާ ނުލައި އެކައުންޓުތަކުން ދަނީ ނަގަމުން ކަމަށެވެ. މިކަމުގެ ޝަކުވާކުރާ ރައްޔިތުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

މި ޝަކުވާތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ދެމުންގެންދާ ޖަވާބަކީ އެކައުންޓުތަކުން ފައިސާ ނަގަމުން ގެންދާ ސަބަބަކީ އެކައުންޓުގެ ވެރިފަރާތުން ގޮތް ނޭންގޭ ލިންކުތަކަށް ފިތުމާއި، އެކައުންޓުގެ ވެރިފަރާތުން އެކައުންޓުގެ މައުލޫމާތު ހިއްސާކުރަން ނުޖެހޭ ފަރާތްތަކަށް ހިއްސާ ކުރުމުން ކަމަށެވެ. އެހެންނަމަވެސް ރައްޔިތެއްގެ ހައިސިއްޔަތުން އެވާހަކަ ގަބޫލުކުރަން ދަތިކަމަމަށް ސިރާޖު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

އެކައުންޓުތަކުން ފައިސާ ގެއްލުމުގައި ބޭންކު އޮފް މޯލްޑިވްސްގެ އިހުމާލު ވާކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި، މިކަމުގައި ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުގެ އަތެއްވާކަމުގެ ތުހުމަތު ކުރުމުގެ ޖާގަ އެބައޮތްކަމަށް ސިރާޖުގެ މައްސަލައިގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެމް.އެމް.ޕީ.އާރު.ސީ އިން ދައުލަތަށް ލިބެންޖެހޭ ފައިސާ އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ވަދެ ދައުލަތަށް އެ ފައިސާތައް ގެއްލިގެން ދިއުމުގެ އެންމެ އިސް އެއް ދައުރެއް އަދާކުރި ފަރާތަކީ ވެސް ބޭންކް އޮފް މޯލްޑިވްސްކަން ފެންނަން ހުރި ލިޔުންތަކުން ސާފުކޮށް ފެންނަން އެބަހުރި ކަމަށް މި މައްސަލައިގައި ބުނެފައިވެއެވެ.

އެހެންކަމުން ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓުތަކުން ރައްޔިތުންގެ ފައިސާ ނަގަމުން ގެންދާގޮތް ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއިން މި މައްސަލަ ބަަލައިދިނުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި މިކަމުގައި ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމުގައިވާނަމަ އެ މައްސަލަ ފުލުހުންގެ ހިދުމަތަށް ހުށަހަޅައި މައްސަލަ ތަހުގީގުކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ބޭންކް އޮފް މޯލްޑިވްސްރައްޔިތުންގެ މަޖިލިސްފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

10 ޑިސެމްބަރު 2025
ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް

ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް

07 ޑިސެމްބަރު 2025
ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

04 ޑިސެމްބަރު 2025
އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

25 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު