Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލާ އަލީ

މާލާއަށް ރާއްޖެ ނާދެވޭ ގޮތަށް ބްލެކްލިސްޓުކޮށްފި

މާލާ ބްލެކް ލިސްޓުކުރީ ވިސާގެ އުސޫލުތަކާ ހިލާފުވެފައި ވާތީ

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2023 | ބުރާސްފަތި 12:21
މާލާ އަލީ ރާއްޖޭގައި

މާލާ އަލީ ރާއްޖޭގައި

އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނާއި ވާހަކަ ނުދެއްކޭ މީހުން ރަނގަޅުކޮށްދޭ ކަމަށް ބުނެ ސޯޝަލްމީޑިއާގައި މަޝްހޫރުކަން ހޯދާފައިވާ އިރާގުގެ މާލާ އަލީއަށް ރާއްޖެ ނާދެވޭ ގޮތަށް ބްލެކް ލިސްޓުކޮށްފިއެވެ.

ޓޫރިސްޓު ވިސާގައި މާލާ ރާއްޖެ އައިސް، ހުއްދަ ނެތި ރާއްޖޭގެ ބައެއް މީހުންނަށް ފަރުވާދިން މައްސަލަ ބެލުމަށްފަހު، އޭނާއަށް ރާއްޖެއަށް ނާދެވޭ ގޮތަށް ބްލެކްލިސްޓު ކޮށްފައިވާކަން އިމިގްރޭޝަންގެ މީޑީއާ އޮފިޝަލް މިފްތާހު މުހައްމަދު "ރާއްޖެއެމްވީ"އަށް ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވީ ހެލްތު މިނިސްޓްރީން އެދިގެން މާލާގެ މައްސަލަ އިތުރަށް ބެލުމުން، ޓޫރިސްޓު ވިސާގައި އޭނާ ރާއްޖެއަށް އައިސް، ވިސާގެ އުސޫލުތަކާ ހިލާފަށް އުޅެފައިވާކަމަށެވެ. އެހެންކަމުން މާލާއަށް ރާއްޖެ ނާދެވޭ ގޮތަށް ބްލެކްލިސްޓު ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މާލާ ރާއްޖޭގައި ފަރުވާ ދިނީ ކިހާ މީހުންނަކަށް ކަމެއް ނޭނގެއެވެ. އޭގެ ތެރެއިން ހެލްތު މިނިސްޓްރީއަށްވެސް ވާހަކަ ދެއްކިފައިވަނީ ބައެއް މީހުންނާއެވެ. މީގެ ކުރިން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިގޮތުގައި އޭނާ ރާއްޖެ އައީ ބަންގްލަދޭޝް މީހަކާ އެކުއެވެ. ނަމަވެސް އޭނާ މިހާރު ރާއްޖޭގައި ހުރިކަމެއްް ނުވަތަ ނޫންކަމެއް ވެސް ނޭނގޭއިރު، މި ކަމުގައި ދިވެއްސަކު ޝާމިލުވާކަމެއް ނުވަތަ ނޫންކަމެއްވެސް ނޭނގެއެވެ.

މާލާގެ މައްސަލަ ސަމާލުކަމަށް އައީ އޭނާ ދިވެހީންނަށް ފަރުވާދޭ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި އާންމުވުމުންނެވެ. އެ ވީޑީއޯތައް އާންމުވުމާއެކު ގިނަ ދީނީ އިލްމުވެރިންވަނީ އޭނާއަކީ އޮޅުވާލައިގެން އުޅޭ މީހެއް ކަމަށާއި، އޭނާއާމެދު ސަމާލުވުމަށް އެދިފައެވެ. މާލާ ފަރުވާދިން ރާއްޖޭގެ އެކަކުވެސް ރަނގަޅުވެފައި ނުވާކަމަށް އެނގިފައި ވެއެވެ.

މީގެ ކުރިން މާލާ ވަނީ ސައޫދީ އަރަބިއްޔާއިންވެސް ޑީޕޯޓްކޮށްލާފައެވެ. އޭނާ ސައުދީން ޑީޕޯޓްކުރި ސަބަބެއް ކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވަނީ، މަކަަރުހަދައި، އޮޅުވާލައި ހީލަތްހެދުމެވެ.

ހެލްތު މިނިސްޓްރީއިމިގްރޭޝަން

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ
26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު