Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޭޝަނަލް ޑްރަގް އޭޖެންސީ

ރާއްޖޭގެ މަސްތުވާތަކެތީގެ ޙާލަތު ދެނެގަތުމަށްޓަކައި މިދިޔަ 10 އަހަރުގެ ތެރޭގައިވެސް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް

މިދިޔަ ދޮޅު އަހަރުގެ ތެރޭގައި އެންޑީއޭއަށް މުހިއްމު ބަދަލުތަކެއް ގެނެވިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2023 | ބުރާސްފަތި 07:02
ނޭޝަނަލް ޑްރަގް އޭޖެންސީ

ނޭޝަނަލް ޑްރަގް އޭޖެންސީ

ރާއްޖޭގެ މަސްތުވާތަކެތީގެ ޙާލަތު ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައިވެސް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތްކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ޗެއަރމަން ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން، ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް އާއި ނޭޝަނަލް ޑްރަގް އޭޖެންސީގެ މަސައްކަތްތަކާ ގުޅޭގޮތުން އެ އޭޖެންސީގެ ބޭފުޅުންނާ ބުދަ ދުވަހު ވަނީ ބައްދަލު ކުރައްވާފައެވެ.

Advertisement - newsAdvertisement

ކޮމިޓީގައި ވާހަކަ ދައްކަވަމުން އެންޑީއޭގެ ޗެއަރމަން ޝަމާއު ޝަރީފް ވިދާޅުވީ، މިދިޔަ ދޮޅު އަހަރުގެ ތެރޭގައި އެންޑީއޭއަށް މުހިއްމު ބަދަލުތަކެއް ގެނެވިފައިވާކަމަށެވެ.

ޝަމާއު ވިދާޅުވީ، މުޅި ނިޒާމު ރިވިއު ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ތެރޭގައި ކުރެވިފައިވާ ކަމަށެވެ. އެގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގެ މުޅި އޮޕަރޭޝަނާއި، އެންޑީއޭ ހިންގަމުންދާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެވުނުކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ މުހިންމު އެއް މަސައްކަތަށް ކުރެވުނީ ސިއްޙީ ނަޒަރަކުން މަސްތުވާތަކެއްޗަށް ފަރުވާ ހޯދުމުގެ މަސައްކަތް ބިނާ ކުރުމުގެ ވިސްނުމާއެކު ގެނެވުނު ބަދަލުތައް ކަމަށެވެ. އެގޮތުން މިނިސްޓްރީ އޮފް ހެލްތުގެ ރިވިއު ޓީމެއް އެކުލަވާލައި، ބައިނަލްއަޤުވާމީ ކޮންސަލްޓެންޓުންގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރެވިފައިވާކަމަށް ޝަމާއު ވިދާޅުވިއެވެ.

އެ ފަރާތްތަކުގެ އެހީއާއެކު ޒަމާނަށް ފެތޭ، ބައިނަލްއަޤުވާމީ މިންގަނޑާ އެއްގޮތްވާ ޕްލޭންތަކެއް އެކުލަވާލެވިފައިވާކަމަށް ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ، ރާއްޖޭގެ މަސްތުވާތަކެތީގެ ޙާލަތު ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައިވެސް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ޑްރަގް ސިޗުއޭޝަން އެނާލިސިސްއެއް މިހާރު ވަނީ ހަދާފައެވެ.

އެ ރިޕޯޓު ވަރަށް އަވަހަށް ކޮމިޓީއަށްވެސް ހިއްސާ ކުރާނެކަމަށް ޝަމާއު ވިދާޅުވިއެވެ.

އެންޑީއޭއިން ވަނީ އެ ރިޕޯޓުގެ މައްޗަށް ބަލައި، ނިޒާމަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް ގެނައުމުގެ މަސައްކަތް މުއައްސަސާތަކާއި ގުޅިގެން ފަށާފައެވެ.

އޭގެ އިތުރުން، ރާއްޖެއިން ދޭ ފަރުވާގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައްވެސް އެންޑީއޭއިން ވަނީ ކޮށްފައެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު