Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުނި މެނޭޖުކުރުމުގެ މަސައްކަތް

ތިލަފުށްޓަށް ގެންދެވޭ ކުނީގެ އަދަދު ދުވަލަކު 800 ޓަނަށް ވުރެ މަތި: ސިރާޖް

ނ، ރ، ބ، ޅ އިން ގަވާއިދުން ކުނި ބޭރުކުރުމަށް ކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރަނީ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2023 | ބުރާސްފަތި 04:38
ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖު

ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖު

ތިލަފުށްޓަށް ގެންދެވޭ ކުނީގެ އަދަދު ދުވަލަކު 800 ޓަނަށް ވުރެ މައްޗަށް އަރާ ކަމަށް ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖު ވިދާޅުވެއްޖެއެވެ.

ވެމްކޯގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ސިރާޖު ވިދާޅުވީ މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން އޭޑީބީގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން އެ ކުންފުނީގެ ބައިވެރިވުމާއެކު ތިލަފުށީގެ ކުނިގޮނޑުން އަރާ ދުން ހުއްޓުވާފައިވާ ކަމަށެވެ. އެގޮތަށް ކުނި މެނޭޖުކުރަން ފެށުމާއެކު ވެމްކޯ އިން ތިލަފުށީ ކޯޕަރޭޝަަނަށް ކުރާ ޚަރަދު ތިން ގުނަ އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތިލަފުށްޓަށް ގެންދެވޭ ކުނީގެ އަދަދު ދުވަލަކު 800 ޓަނަށް ވުރެ މަތި ކަމަށް ސިރާޖް ވިދާޅުވިއެވެ.

މީގެއިތުރުން ރ.ވަންދޫ އޮޕަރޭޝަނަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ނ، ރ، ބ، ޅ އިން ގަވާއިދުން ކުނި ބޭރުކުރުމަށް ކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުޅުދުއްފުށީ ސިޓީ އާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ކުނި މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާ ކަަމަށް ސިރާޖުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ސިރާޖު ވިދާޅުވީ ތިލަފުށީގެ މަސައްކަތް ފެށުނީ މާލޭގެ އުތުރު ފަރާތު ފަޅުގައި ބާޖަކާއި ދޯންޏެއް ބާއްވައިގެން އެއަށް ކުނި ބަރުކޮށްގެން، ތިލަފުށްޓަށް ގޮސް ކުނިގޮނޑަށް ކުނި އަޅައިގެން ކަމަށް ވީ ނަމަވެސް، މިހާރު ވެމްކޯގެ ޚިދުމަތް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި 7 އަހަރު އެ ކޯޕަރޭޝަނުން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވޭސްޓް މެނޭޖްމެންޓްގެ ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ މީހުންނަކީ މުޅި ރާއްޖޭގެ ނިސްބަތުން ބަލާއިރު މަދު ބަޔަކަށް ވުމުން އެފަދަ ފާރާތްތައް ހޯދުމަށް ދަތިވާކަމަށް ސިރާޖް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ކޯޕަރޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުން އެކި ދާއިރާތަކުން ތައުލީމް ހޯދާ، ތަޖުރިބާ އާއި ހިއްސާ އިތުރަށް ވަރުގަދަ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކުނި މެނޭޖްކުރުމަށް ބޭނުންކުރާ އާލާތްތައް ބޭނުން ކުރުމަށާއި އެތަކެތި ބަލަހައްޓާ މަރާމާތުކުރުމަށް މުވައްޒަފުން ތަމްރީނުކުރުމަށް އިސްކަން ދެއްވާކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ 40 ޕްރޮގްރާމް މާލެ، އައްޑޫ އަދި ރ.ވަންދޫގައި ހިންގާފައިވާ ކަމަށާއި އެ ޕްރޮގްރާމްތަކުގެ ތެރެއިން 1300 އަށް ވުރެ ގިނަ މުވައްޒަފުން ތަމްރީންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ފުރަތަމަ ފަހަރަށް ފަރުމާކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމާ ގުޅޭ ގޮތުން އިންޑިއާ އާއި ގުޅިގެން ހިންގި ޕްރޮގްރާމެއްގައި އެ ކުންފުނީގެ 14 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ސިރާޖް ވިދާޅުވިއެވެ.

މީގެއިތުރުން ކުނި އެންދުމުން އަރާ ދުމުން މިންޖުވެ، ކުންޏަކީ މެނޭޖުކުރަން ޖެހޭ ވަސީލަތެއްގެ ވިސްނުމަށް ސަރުކާރުން ވަނީ ހިޖުރަކޮށްފައި ކަމަށާއި އެ ސިޔާސަތަކަށް ވެމްކޯގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ސިރާޖް ވިދާޅުވިއެވެ. ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި ވަކިކޮށް އެތަކެތިން އާމްދަނީ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި ކުނި މެނޭޖުކުރުމަކީ ބުރަ، ޚަރަދު ބޮޑު މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވެމްކޯކުނި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު