Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕަރވައިޒަރސް ފޯރަމް 2023

"ސުޕަރވައިޒަރސް ފޯރަމް 2023" އެމްޓީސީސީން ބާއްވައިފި

22 ފެބުރުއަރީ 2023 | ބުދަ 05:29

މި ފޯރަމްގެ ބައިވެރިންނަށް މަޝްރޫޢުތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ހިންގުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ފެބުރުއަރީ 2023 | ބުދަ 05:29
އެމްޓީސީސީ އިން ބޭއްވި ސުޕަރވައިޒަރސް ފޯރަމްގެ ތެރެއިން

އެމްޓީސީސީ އިން ބޭއްވި ސުޕަރވައިޒަރސް ފޯރަމްގެ ތެރެއިން

"ސުޕަވައިޒަރސް ފޯރަމް 2023 "އެމްޓީސީސީން ބާއްވައިފިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ފޯރަމަކީ އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންއާއި އެޗް.އާރ. ޑިވިޜަން ގުޅިގެން ކުރިއަށް ގެންދިޔަ ފޯރަމެކެވެ. މި ފޯރަމްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ޕްރޮޖެކްޓް ސައިޓް ސުޕަވައިޒަރުންނާއި، ޕްރޮޖެކްޓް ޓީމާއި، ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިގޮތުން 88 ސައިޓް ސުޕަވައިޒަރުން މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ސައިޓް ސުޕަވައިޒަރުންނަކީ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންނެވެ. މިއީ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ސުޕަވައިޒަރުންނަށް އަމާޒުކޮށް ހިންގުނު މިފަދަ ދެވަނަ ފޯރަމެވެ. އަންގާރަ ދުވަހުގެ ރޭ ބޭއްވި މި ފޯރަމްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

މި ފޯރަމްގެ ބައިވެރިންނަށް މަޝްރޫޢުތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ހިންގުނެވެ. މި ސެޝަންތަކުގައި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމާއި، ސީއީއޯ އާދަމް އާޒިމް، ބައިވެރިންނާއި މުޙާތަބް ކުރައްވާ މަޝްރޫޢުތައް ހިންގުމާއި ގުޅޭގޮތުން މުހިއްމު މަޢުލޫމާތުތަކެއް ޙިއްސާކުރެއްވިއެވެ.

އަދި އެމްޓީސީސީގެ އެކިއެކި ޑިވިޜަންތަކުގެ ވެރިންނާއި ޓެކްނިކަލް އެކްސްޕަރޓުންވެސް ސެޝަންތައް ނަގައިދެއްވިއެވެ. މިގޮތުން، އެމްޓީސީސީން ހިންގާ މަޝްރޫޢުތަކުގެ ކޮލިޓީ ރަނގަޅު ކުރުމާއި، ސަރުކާރުން ބޭނުންވާ އަވަސް މިނުގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި، ޙަރަދުކުޑަކޮށް، މަޝްރޫޢުތައް ނިންމަން އޮންނަ ވަގުތުގެތެރޭ އެފިޝެންޓްކޮށް މަޝްރޫޢުތައް ނިންމުމާއި ގުޅޭގޮތުން ބައިވެރިން ހޭލުންތެރިކުރެވުނެވެ.

މީގެ އިތުރުން، ކުންފުނީގެ މެޝިނަރީޒްއާއި ވަސީލަތްތައް ބަލަހައްޓާ "ޕްރިވެންޓިވް މެއިޓެނެންސް" ގެ އިމުގުތެރެއިން ކުންފުންޏަށް އެންމެ ފައިދާވާގޮތަށް އޭގެ ބޭނުންކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ. އެމްޓީސީސީއަކީ ރައްޔިތުންގެ ކުންފުންޏެވެ. ވީމާ، އެމްޓީސީސީއާއި ރައްޔިތުންނާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް ފޯރަމްގައި އަލިއަޅުވާލެވުނެވެ.

އަދި މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި ޢާއްމުންވެސް، ސިއްޙީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބަހައްޓަންޖެހޭ މިންގަނޑުތަކުގެ މައްޗަށް އަލިއަޅުވާލާ މިކަމާގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ފޯރަމްގެ ބައިވެރިންނާއި ޙިއްސާކުރެވުނެވެ. މީގެ އިތުރުން، ކުންފުނީގެ މުވައްޒަފުންގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޙުލާޤީ މިންގަނޑުތަކަށް މުވައްޒަފުން ހޭލުންތެރިކުރެވުނެވެ.

އެމްޓީސީސީން ޤަބޫލުކުރާގޮތުގައި ކުންފުނީގެ އެންމެ މުހިއްމު ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުންނެވެ. މިގޮތުން، މިފަދަ ހޭލުންތެރިކަމުގެ ފޯރަމްތަކުގެ އިތުރަށް، ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމަށް ސްކޮލަރޝިޕްއާއި ޓްރޭނިންގ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެމްޓީސީސީން ވަރަށްބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެކެވެ. މިގޮތުން، ވޭތުވެދިޔަ އަހަރު، 2043 މުވައްޒަފުން 920,26 ގަޑިއިރުގެ ޓްރޭނިންގް ފުރިހަމަ ކުރިއެވެ.

އަދި 2021 ވަނަ އަހަރު 11 ސްކޮލަރޝިޕް އަދި 2022 ވަނަ އަހަރު 8 ސްކޮލަރޝިޕް ފުރުސަތު، ތަފާތު ރޮނގުތަކުން ރާއްޖޭން ބޭރުގައި ކިޔެވުމަށް، ކުންފުނީގެ މުވައްޒަފުންނަށް ފޯރުކޮށްދެވުނެވެ.

އެމްޓީސީސީއިން ބުނީ އެ ކުންފުނީގެ އުއްމީދަކީ މި ފޯރުކޮށްދޭ ފުރުސަތުތަކުގެ ބޭނުންހިފާ، އެމްޓީސީސީގެ މުވައްޒަފުންނަކީ ކުންފުންޏަށާއި ޢާއްމު ރައްޔިތުންނަށް ބޭނުންތެރި ޙިދުމަތްތަކެއް ކޮށްދޭ ބައެއްގެ ގޮތުގައި ދެމިތިބުން ކަމަށެވެ.

އެމްޓީސީސީސުޕަރވައިޒަރސް ފޯރަމް 2023އާދަމް ޢާޒިމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
15 ނޮވެމްބަރު 2025

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް
15 ނޮވެމްބަރު 2025

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

15 ނޮވެމްބަރު 2025
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް