Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލޯޓިން ސިޓީ

ފްލޯޓިން ސިޓީގެ ގެތައް އާންމުންނަށް ދައްކާލަނީ

ފްލޯޓިން ސިޓީގެ ގެތަކުގެ މޮކަޕް މިހާރު ވަނީ ހުޅުމާލެ ގެނެސްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 21 ފެބުރުއަރީ 2023 | އަންގާރަ 12:31
ފްލޯޓިންގ ސިޓީ

ފްލޯޓިންގ ސިޓީ

ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑު ކުންފުނިން މާލެ އަތޮޅުގައި ތަރައްގީކުރާ ފްލޯޓިން ސިޓީގެ ގެތައް ހުންނާނެގޮތް އާންމުންނަށް ދައްކާލަން ނިންމައިފިއެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫޢުގެ ދިވެހި ކޮންސަލްޓަންޓު އިބްރާހީމް ރިޔާޒް ވިދާޅުވީ ފްލޯޓިން ސިޓީގައި ހުންނާނެ ހައުސިން ޔުނިޓުތަކުގެ މޮކަޕް ނިންމައި، ހުޅުމާލެ ފަޅުތެރެއަށް ގެނެސްފައިވާކަމަށެވެ. މިހާރު އެ މޮކަޕް ހުޅުމާލެ ފަޅުތެރޭގައި އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ އިންސްޓޮލޭޝަން މަސައްކަތް ނިމުމުން އާންމުންނަށް އެތަން ދައްކާލެވިގެންދާނެ ކަމަށެވެ. ވަރަށް އަވަހަށް މި މަސައްކަތް ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ސީދާ ތާރިޚު ދެއްވާފައެއް ނުވެއެވެ.

ޑަޗް ޑޮކްލޭންޑްސްއާ މި މަޝްރޫއު ހަވާލުކުރި މިއީ ދެވަނަ ފަހަރެވެ. ރާއްޖޭގައި ފްލޯޓިން ސިޓީއެއް ތަރައްޤީކުރުމަށް އެންމެ ފުރަތަމަ އެއްބަސްވުމަކަށް އައިސްފައިވަނީ 2010 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އޭރު ޑަޗް ޑޮކްލޭންޑް ކުންފުންޏާ މަސައްކަތް ހަވާލުކުރުމަށްފަހު، ކުރިއަށް ނުގޮސް އޮވެ، މި އެއްބަސްވުމުގައި ދެވަނަ ފަހަރަށް ސޮއިކުރީ 2019 ވަނަ އަހަރު މެއި މަހުގެ ތެރޭގައެވެ. މި މަޝްރޫއު ހިންގުމަށް ދެވަނަ ފަހަރަށް ވެސް ހަވާލުކުރީ ޑަޗް ޑޮކްލޭންޑް ކުންފުންޏާއެވެ.

ބިލިޔަން ޑޮލަރުގެ ފްލޯޓިން ސިޓީ އަޅާއިރު މުޅިން ވެސް ބޭނުންކުރާނީ ތިމާވެއްޓާ ރަހުމަތްތެރި ގޮތްތަކެކެވެ. އެއްބަސްވުމާއެކު ޓްރާންސްފަރ ފީއެއްގެ ގޮތުގައި ޑަޗް ޑޮކްލޭންޑްގެ ފަރާތުންވަނީ އެއް މިލިއަން ޑޮލަރު ދިވެހި ސަރުކާރަށް ދައްކާފައެވެ. ޢާއްމުންނަށް ދޫކުރާ ހައުސިން ޔުނިޓުތަކާއެކު ފަތުރުވެރިކަމަށް ހުޅުވާލާ ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކުރާ 1.6 ބިލިއަން ޑޮލަރުގެ ބިޔަ ފްލޯޓިން ސިޓީ މަޝްރޫޢަށް ސަރުކާރުންވަނީ މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑަށް ދީފައެވެ. އަދި މިސިޓީގައި 5000 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް ނިންމާފައިވާއިރު މި މަޝްރޫއުގެ ދަށުން ޔޮޓް މެރީނާ އަދި ރިސޯޓު ވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން އެ ތަންތަނަށް އަންނަ ފަތުރުވެރިންނަށް ވެސް އެ ސިޓީގައި ހުރުމުގެ ފުރުޞަތު ހުޅުވާލުމަށް ވެސް ވަނީ ނިންމާފައެވެ.

އަދި މިއީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެއެވެ. މިއީ ރާއްޖޭގެ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާ ބަދަލު ކޮށްލުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ. ފްލޯޓިން ސިޓީ ތަރައްޤީކުރަނީ 20000 މީހުންގެ އާބާދީއަކަށް އަމާޒްކޮށް ގެންނެވެ.

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުން ދަނީ ކަރަންޓު ކަނޑަމުން: ފެނަކަ

03 އޮކްޓޯބަރު 2017
އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުން ދަނީ ކަރަންޓު ކަނޑަމުން: ފެނަކަ
20 އޯގަސްޓު 2017

އައްޑޫ ސިޓީގެ އަންހެނުންގެ ކޮމެޓީގެ އާ ރައީސާ އަކަށް ޝެހެނާޒް ހޮވައިފި

20 އޯގަސްޓު 2017
އައްޑޫ ސިޓީގެ އަންހެނުންގެ ކޮމެޓީގެ އާ ރައީސާ އަކަށް ޝެހެނާޒް ހޮވައިފި
14 އޯގަސްޓު 2017

އައްޑޫ ސިޓީގެ ޕީޖީ އޮފީހުގެ ކުޑަ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފި

14 އޯގަސްޓު 2017
އައްޑޫ ސިޓީގެ ޕީޖީ އޮފީހުގެ ކުޑަ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފި
30 ޖޫން 2017

އަދީބުގެ ސިޓީގެ މެދުވެރިޔަކީ އަޅުގަނޑު: މަހްލޫފް

30 ޖޫން 2017
އަދީބުގެ ސިޓީގެ މެދުވެރިޔަކީ އަޅުގަނޑު: މަހްލޫފް
29 ޖޫން 2017

އައްޑޫ ސިޓީގެ ކަރަންޓް ކެނޑެމުންދާ މައްސަލަ ހައްލުވެގެންދާނެ:ފެނަކަ

29 ޖޫން 2017
އައްޑޫ ސިޓީގެ ކަރަންޓް ކެނޑެމުންދާ މައްސަލަ ހައްލުވެގެންދާނެ:ފެނަކަ
28 މެއި 2017

މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް

28 މެއި 2017
 މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް
17 މެއި 2017

އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ތޯރިގް

17 މެއި 2017
އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ތޯރިގް
09 މާރިޗު 2017

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ
26 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

26 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު