Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޯޓް މިނިސްޓްރީ

މެއި މަހުން ފެށިގެން މުދަލަށް ލިބޭ ގެއްލުމަށް ބޯޓުތަކުން ޒިންމާވާން ޖެހޭނެ

21 ފެބުރުއަރީ 2023 | އަންގާރަ 11:53

ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަންކަމާ ހިލާފުވާ ފަރާތްތައް 1،000ރ. އާއި 2،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 21 ފެބުރުއަރީ 2023 | އަންގާރަ 11:53
ބޯޓު ތަކަށް މުދާ ބަރުކުރަނީ

ބޯޓު ތަކަށް މުދާ ބަރުކުރަނީ

ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރަށް އަރުވާ މުދަލަށް ލިބޭ ގެއްލުމަށް އެ އުޅަނދެއްގެ ވެރިފަރާތުން ޒިންމާ ވާން ޖެހޭގޮތަށް ކަނޑައަޅައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އަންގާރަ ދުވަހު ގެޒެޓް ކޮށްފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް އަރުވާ މުދާ އެ މުދަލެއް ގެންދަންޖެހޭ ބަނދަރަކާ ހަމައަށް ރައްކާތެރިކަމާއެކު ގެންދެވޭކަން އުޅަނދުގެ ވެރިފަރާތުން ކަށަވަރުކުރަން ޖެހޭނެއެވެ. އަދި އުުޅަނދުގެ ވެރިފަރާތުގެ އިހުމާލުން ނުވަތަ އުޅަނދުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތީ ކަންކަން ނުބެހެއްޓުމުގެ ސަބަބުން މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ، އުޅަނދުގެ ވެރިފަރާތުން އުފުލަންޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މި ގަވާއިދުގައި ބުނެފައިވާ ގޮތުން އުޅަނދަކަށް މުދާ އެރުވުމުގެ ތެރޭގައި ނުވަތަ މުދާ އުޅަނދުން ބޭލުމުގެ ތެރޭގައި އެ އުޅަނދެއްގެ ކެޕްޓަން ނުވަތަ ފަޅުވެރިއެއްގެ އަތުން މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގައި އޭގެ ބަދަލު، އުޅަނދެއްގެ ވެރިފަރާތުން ދޭން ޖެހޭނެއެވެ. ނަމަވެސް ދަތުރުފަތުރު ކުރުމުގެ ގާނޫނާއި އެއްގޮތަށް، އުޅަނދުގެ ކެޕްޓަން ނުވަތަ ފަޅުވެއްރިއެއްގެ ގަސްތަކާ ނުލައި މުދަލަކަށް ގެއްލުމެއް ލިބިއްޖެ ނަމަ ބަދަލު ދޭކަށް ނުޖެހޭނެއެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކަނޑުދަތުރުފަތުރު ކުރާ އުޅަނދަކަށް މުދާ ބަރުކުރުމުގެ ކުރިން އެ މުދަލަކާ ގުޅޭ މައުލޫމާތު، އުޅަނދުގެ ފަޅުވެރިންނަށް ނުވަތަ ކެޕްޓަނަށް، މުދަލުގެ ވެރިފަރާތުން ދޭން ޖެހޭނެއެވެ. އަދި އެ މުދަލުގެ ވެރިފަރާތުގެ ނަމާއި، އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރާއި މުދަލާ ހަވާލުވާނެ ފަރާތުގެ ނަމާއި، ގުޅޭނެ ފޯނު ނަމްބަރު ޖަހާފައި ހުންނަން ވެސް ޖެހޭނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަންކަމާ ހިލާފުވާ ފަރާތްތައް 1،000ރ. އާއި 2،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މި ގަވައިދަށް އަމަލު ކުރަން ފަށާނީ ގެޒެޓް ކުރާތާ ތިން މަސް ފަހުންނެވެ. އެހެންކަމުން މި ގަވާއިދަށް އަމަލު ކުރަން ފަށާނީ އަންނަ މެއި މަހުގެ ތެރޭގަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް