Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެލެޝީއާގެ އިސްލާމިކް ޕާޓީ

މެލެޝީއާގެ އިސްލާމިކް ޕާޓީން ފޭކު ކަނޑި ހިފައިގެން ހިނގާލުމެއް ކުރިއަށްގެންދިޔަ މައްސަލަ ބަލަނީ

20 ފެބުރުއަރީ 2023 | ހޯމަ 16:31

މި ހިނގާލުމަކީ ޓެރެންގަނޫ އިސްލާމިކް ޔޫތު އެސޯސިއޭޝަން (ހިމްޕިޓް) ނުވަތަ ޓެރެންގަނޫ މުސްލިމް ޔޫތު ގޭދަރިންގެ ނަމުގައި ޕާސް ޔޫތު ވިންގްއިން ކުރިއަށްގެންދާ ދެ ދުވަހުގެ ހިނގާލުމެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 ފެބުރުއަރީ 2023 | ހޯމަ 16:31
މެލެޝީއާގެ އިސްލާމިކް ޕާޓީން ފޭކު ކަނޑި ހިފައިގެން ހިނގާލުމެއް ކުރިއަށްގެންދިޔަ މައްސަލަ ބަލަނީ

މެލެޝީއާގެ އިސްލާމިކް ޕާޓީން ފޭކު ކަނޑި ހިފައިގެން ހިނގާލުމެއް ކުރިއަށްގެންދިޔަ މައްސަލަ ބަލަނީ

މެލޭޝީއާގެ އިސްލާމިކް ޕާޓީ، ޕާޓި އިސްލާމް ސެ-މެލޭޝިއާ (ޕާސް)ގެ ޔޫތު ވިންގުގެ މެމްބަރުން ފޭކު ކަނޑިއާއި ދަނޑިއާއި ޝީލްޑް ހިފައިގެން ހިނގާލުމެއް ހިންގި ހާދިސާއެއް ތަހުގީގުކުރަމުންދާކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

ޓެރެންގަނޫގެ ޕޮލިސް ޗީފް ރޮހައިމީ އެމްޑީ އީސާ ވިދާޅުވި ގޮތުގައި ފުރަތަމަ ތަހުގީގުތަކުން ދައްކާ ގޮތުގައި މި ހަރަކާތް ހިނގާފައިވަނީ ހުކުރު ދުވަހު (ފެބްރުއަރީ 17) ޓެރެންގަނޫގެ ސެޓިއުގެ ރިސޯޓެއްގައެވެ. އޭނާ ވަނީ މިކަމުގެ ފުރިހަމަ ތަހުގީގެއްކޮށް، ފިޔަވަޅުއަޅަންޖެހޭފަދަ ކަމެއް ހުރިނަމަ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

ރޮހައިމީ ވިދާޅުވީ ޕާސްގެ ޔޫތު ވިންގުން ހިނގާލުމެއް ބާއްވާނެކަން ފުލުހުންނަށް އެންގި ނަމަވެސް އެހިނގާލުުގައި ހަތިޔާރުގެ ރެޕްލިކާތައް ބޭނުންކުރާނެކަން ފުލުހުންނަށް އަންގާފައި ނުވާކަމަށެވެ. އަދި މިފަދަ ތަކެތި ހިފައިގެން ހިނގާލުން ކުރިއަށް ގެންގޮސްފައިވާތީ އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާކަމަށް ރޮހައިމީ ވިދާޅުވިއެވެ.

އިހު ޒަމާނުގެ އިސްލާމީ ހަނގުރާމައިގެ ހެދުމުގައި ތިބެ ޕާޓީގެ ޔޫތު ވިންގުގެ މެމްބަރުން ފޭކް ކަނޑިތަކާއި ދަނޑިތަކާއި ޝީލްޑް ހިފައިގެން ހިނގާލުމެއް ހިންގާ މަންޒަރުގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

މި ހިނގާލުމަކީ ޓެރެންގަނޫ އިސްލާމިކް ޔޫތު އެސޯސިއޭޝަން (ހިމްޕިޓް) ނުވަތަ ޓެރެންގަނޫ މުސްލިމް ޔޫތު ގޭދަރިންގެ ނަމުގައި ޕާސް ޔޫތު ވިންގްއިން ކުރިއަށްގެންދާ ދެ ދުވަހުގެ ހިނގާލުމެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

29 އެޕްރީލު 2019

ސްޕެއިންގެ އިންތިޚާބު ސްޕެނިޝް ސޯޝަލިސްޓް ވަރކަރސް ޕާޓީން ކާމިޔާބުކޮށްފި

29 އެޕްރީލު 2019
ސްޕެއިންގެ އިންތިޚާބު ސްޕެނިޝް ސޯޝަލިސްޓް ވަރކަރސް ޕާޓީން ކާމިޔާބުކޮށްފި
12 ޑިސެމްބަރު 2018

އިނގިރޭސި ބޮޑުވަޒީރުގެ އިތުބާރުނެތްކަމުގެ ވޯޓްނަގަން ވެރިކަންކުރާ ޕާޓީން ތައްޔާރުވެއްޖެ

12 ޑިސެމްބަރު 2018
އިނގިރޭސި ބޮޑުވަޒީރުގެ އިތުބާރުނެތްކަމުގެ ވޯޓްނަގަން ވެރިކަންކުރާ ޕާޓީން ތައްޔާރުވެއްޖެ
28 އޮކްޓޯބަރު 2018

އިސްރާއިލާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލިކަން އިސްލާމިކް ޖިހާދުން އިއުލާނުކޮށްފި

28 އޮކްޓޯބަރު 2018
އިސްރާއިލާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލިކަން އިސްލާމިކް ޖިހާދުން އިއުލާނުކޮށްފި
02 އޯގަސްޓު 2018

ޒިމްބާބުވޭގެ އިންތިޚާބު: ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ވެރިކަންކުރާ ޕާޓީން ކާމިޔާބު ކޮށްފި

02 އޯގަސްޓު 2018
ޒިމްބާބުވޭގެ އިންތިޚާބު: ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ވެރިކަންކުރާ ޕާޓީން ކާމިޔާބު ކޮށްފި
30 ޖުލައި 2018

ކެމްބޯޑިއާގެ އިންތިޚާބު: އިދިކޮޅު ކެންޑިޑޭޓުން ނުލައި ބޭއްވި އިންތިޚާބު ކާމިޔާބުވެއްޖެ ކަމަށް ވެރިކަންކުރާ ޕާޓީން ބުނެފި

30 ޖުލައި 2018
ކެމްބޯޑިއާގެ އިންތިޚާބު: އިދިކޮޅު ކެންޑިޑޭޓުން ނުލައި ބޭއްވި އިންތިޚާބު ކާމިޔާބުވެއްޖެ ކަމަށް ވެރިކަންކުރާ ޕާޓީން ބުނެފި
04 އެޕްރީލު 2018

ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ: ސްރީލަންކާ ފްރީޑަމްޕާޓީން ވަކިކޮޅަކަށް ވޯޓް ނުދޭން ނިންމައިފި

04 އެޕްރީލު 2018
ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ: ސްރީލަންކާ ފްރީޑަމްޕާޓީން ވަކިކޮޅަކަށް ވޯޓް ނުދޭން ނިންމައިފި
20 ނޮވެމްބަރު 2017

އިސްތިއުފާ ދެއްވަން ޒާނޫ-ޕީއެފް ޕާޓީން މުގާބޭ އަށް ދިން މުހުލަތު ހަމަވެއްޖެ

20 ނޮވެމްބަރު 2017
އިސްތިއުފާ ދެއްވަން ޒާނޫ-ޕީއެފް ޕާޓީން މުގާބޭ އަށް ދިން މުހުލަތު ހަމަވެއްޖެ
21 މެއި 2017

"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ފަށައިފި

21 މެއި 2017
"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ފަށައިފި
26 މާރިޗު 2017

ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި

26 މާރިޗު 2017
ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި
29 ޖެނުއަރީ 2017

ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި

29 ޖެނުއަރީ 2017
ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް