Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބިންހެލުން އައި ތަނުން ސަލާމަތްކުރި ބުޅާ

ބުޅާ، ސަލާމަތްކުރި މީހާއާ ވަކިވާން ގަބޫލެއް ނުވި

އަލީ މިހާރު ވަނީ ބުޅާ އެޑޮޕްޓްކޮށްފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 19 ފެބުރުއަރީ 2023 | އާދީއްތަ 17:27
ބިންހެލުން އައި ތަނުން ސަލާމަތްކުރި ބުޅަލާއި އޭތީގެ މިހާރުގެ ވެރިމީހާ

ބިންހެލުން އައި ތަނުން ސަލާމަތްކުރި ބުޅަލާއި އޭތީގެ މިހާރުގެ ވެރިމީހާ

އަޅުގަޑުމެންގެ ހަޔާތުގައި ލޯބީގެ ތަފާތު މިސާލުތައް ފެނެއެވެ. އެކިތަންތަނުން އެކި ސިފަސިފައިގައެވެ. މިފަހަރު އާދަޔާ ޚިލާފު ލޯތްބެއް ފެނިފައި މިވަނީ ފެބްރުއަރީ ހަވަނަ ދުވަހު ތުރުކީއާއި ސީރިޔާއަށް ބިންހެލުން އައި ސަރަހައްދުންނެވެ. ވެއްޓުނު އިމާރާތްތަކުގެ ދަށުން އާދަޔާ ޚިލާފު ގޮތްގޮތަށް މީހުންނާއި ކުދިން ސަލާމަތްކޮށްދީ، ކަރުނަ ފައިބަމުން ދިޔަ ލޯތަކަށާއި ނުތަނަވަސް ހިތްތަކަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ގެނުވަމުން އަންނައިރު މިފަހަރު ތަފާތު ވާހަކައެކެވެ.

މިފަހަރުގެ ވާހަކައަކީ އިންސާނެއްގެ ވާހަކައެއް ނޫނެވެ. ވެއްޓުނު އިމާރާތެއްގެ ދަށުން ވަރަށް ފަހުން ސަލާމަތްކުރި ބުޅަލެއް، އެސޮރު ސަލާމަތްކުރި، ފަޔަރ ޑިޕާޓްމަންޓްގެ އަލީ ނަމަކަށް ކިޔާ މީހަކާ ވަކިވާން ދެކޮޅުހަދަމުންދާ ވާހަކައެވެ. އެ ބުޅާ ފެނުނުއިރު އޮތީ ބަނޑުހައިވެ، އަދި ބިރުން ތުރުތުރުއަޅާ ހާލުގައި ކިލަޔާ ކުނޑިތަކުން ފޮރުވިފައި ކަމަށްވެއެވެ. އެފަދަ ބިރުވެރި ހާލަތަކުން ސަލާމަތްކޮށްދީ އަލުން ދުނިޔޭގެ އަލިކަމަށް އާދެވެމުން ބުޅާ މިހާރު ހުރިހާ ވަގުތެއްވެސް ހޭދަކުރަން ބޭނުންވަނީ އެސޮރު ސަލާމަތްކޮށްދިން އަލީއާ އެކުގައެވެ. ނިދާއިރުވެސް އޮންނަން ބޭނުންވަނީ އަލީގެ ގައިގައި ޖެހިގެންނެވެ.

ގާފުނީގެ ދަށުން ބުޅާފެނުމުން އަލީވެސް ވަރަށް ލޯބިން ބުޅާ އުރާލައި އަދި ބޮސްދޭ މަންޒަރު ފެންނަ ފޮޓޯތަކާ ވީޑިއޯތައް ސޯޝަލް މީޑިޔާގައި ދައުރުވަމުން ދެއެވެ. ބުޅާ ކޮނޑުމަތީ ބާއްވައިގެން ވެއްޓިފައިވާ އިމާރާތުގެ ގާފުނިން ފައިބާ މަންޒަރުފެންނަ ވީޑިއޯތައް ވަނީ އާންމުވެފައެވެ. މި ވީޑިއޯއަށް ފަސް މިލިއަން ވިއުއާއި 1.7 ލައިކް ލިބިފައިވާ ކަމަށް ވެއެވެ.

އަލީ މިހާރު ވަނީ ބުޅާ އެޑޮޕްޓްކޮށްފައެވެ. އޭގެ ނަމަކަށް ދީފައިވަނީ އެންކާޒްއެވެ. ތުރުކީ ބަހުން އެންކާޒްގެ މާނަޔަކީ ގާފުނި ކަމަށްވެއެވެ. ބުޅަލަށް އެ ނަން ދީފައިވަނީ އެސޮރު ފެނުނު ތަނަށް ނިސްބަތް ކޮށްފައެވެ.  

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2022

ވަގުބުޅާ ގެންގުޅުމަށް ޗައިނާއިން ޚާއްސަ ރަށެއް ހަމަޖައްސައިފި

08 އޮކްޓޯބަރު 2022
ވަގުބުޅާ ގެންގުޅުމަށް ޗައިނާއިން ޚާއްސަ ރަށެއް ހަމަޖައްސައިފި
18 އޯގަސްޓު 2022

އޮންލައިން ކްލާހެއްގައި، ގެންގުޅޭ ބުޅާދެއްކުމުން ވަޒީފާއިން ވަކިކުރި ޓީޗަރަކަށް ކޯޓުން ބަދަލުދީފި

18 އޯގަސްޓު 2022
އޮންލައިން ކްލާހެއްގައި، ގެންގުޅޭ ބުޅާދެއްކުމުން ވަޒީފާއިން ވަކިކުރި ޓީޗަރަކަށް ކޯޓުން ބަދަލުދީފި
05 އޯގަސްޓު 2022

ބުޅާ ޖަންގަލި: ޒިންމާއިން ބަރީއްޔަވެ، އުފާ ހޯދަން ބޭނުންވާ މީހުންނަށް ރަނުގެ ފުރުޞަތެއް

05 އޯގަސްޓު 2022
ބުޅާ ޖަންގަލި: ޒިންމާއިން ބަރީއްޔަވެ، އުފާ ހޯދަން ބޭނުންވާ މީހުންނަށް ރަނުގެ ފުރުޞަތެއް
30 ޑިސެމްބަރު 2019

ޝިލްޕާގެ ފުރަތަމަ ޓިކްޓޮކް ފިރިމީހާއާ އެއްކޮށް

30 ޑިސެމްބަރު 2019
ޝިލްޕާގެ ފުރަތަމަ ޓިކްޓޮކް ފިރިމީހާއާ އެއްކޮށް
22 ޖުލައި 2018

އަހަރެންނަކީ ތަރިއެއްކަމަށް އަދި ގަބޫލެއް ނުކުރަން: ޖާންވީ

22 ޖުލައި 2018
އަހަރެންނަކީ ތަރިއެއްކަމަށް އަދި ގަބޫލެއް ނުކުރަން: ޖާންވީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު