Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބުޅާ ޖަންގަލި

ބުޅާ ޖަންގަލި: ޒިންމާއިން ބަރީއްޔަވެ، އުފާ ހޯދަން ބޭނުންވާ މީހުންނަށް ރަނުގެ ފުރުޞަތެއް

5 އޯގަސްޓު 2022 | ހުކުރު 12:41

ޖަންގަލީގައި މިހާރު ދިރިއުޅެމުންދާ ބުޅާތައް އެއްފަސް ކުރުމަށް އޭނާ ވަނީ 6 އެއްކަ މަސްދުވަސް ހޭދަކޮށްފަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 5 އޯގަސްޓު 2022 | ހުކުރު 12:41
ބުޅާ ޖަންގަލި ހެދުމުގެ ޚިޔާލު، ނުހާދު އަޝޫރީއަށް ލިބުނީ، މުޅި ދުނިޔެ ފުރަބަންދު ކުރި ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު އެކި ހިސާބުތަކަށް މީހުން ދޫކޮށްލަމުން ދިޔަ ބުޅާތައް ފެނުނު ހިސާބުން

ބުޅާ ޖަންގަލި ހެދުމުގެ ޚިޔާލު، ނުހާދު އަޝޫރީއަށް ލިބުނީ، މުޅި ދުނިޔެ ފުރަބަންދު ކުރި ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު އެކި ހިސާބުތަކަށް މީހުން ދޫކޮށްލަމުން ދިޔަ ބުޅާތައް ފެނުނު ހިސާބުން

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް ބަލާލި ކަމުގައި ވީ ނަމަވެސް ބުޅަލުގެ ވީޑިއޯތަކާއި ފޮޓޯތައް ނުފެންނަ ދިމާލެއް މަދުވާނެއެވެ. އަމިއްލަ ދަރިން ފަދައިން ބުޅާ ގެންގުޅޭ މީހުންނާއި، މަގުމަތީގައި "ޔަތީމު" ވެފައިވާ ބުޅާތަކަށް ގަވައިދުން ކާންބޯންދީ ހަދާ މީހުންގެ ވާހަކަތައް ތާ އަބަދުމެހެން އިވިއިވި ނުވަތަ ފެނިފެނި ހުރެއެވެ. 

ކިތަންމެ ގެންގުޅޭ ހިތްވި ކަމުގައި ވީ ނަމަވެސް، އަމިއްލަ ގޭގައި އޮޅުކޮށްގެން ބުޅާ ގެންގުޅުމަކީ ކޮންމެކޮންމެ މީހަކަށް ލިބިފައި އޮންނަ ނަޞީބެއް ނޫނެވެ. ޖާގައިގެ ދަތިކަން ނުވަތަ އެކުގައި ގެދޮރު ހިއްސާ ކުރާ މީހަކު ބުޅާ ދެކެ ބިރު ގަތުން ފަދަ ކޮންމެވެސް ސަބަބަކާ ހެދި، ބުޅާ ގެންގުޅެވޭ ގޮތް ނުވެފައި ތިބި، އެހެން ނަމަވެސް ބުޅާ ދެކެ އިންތިހާއަށް ލޯބިވާ މީހުން މަދެއް ނޫނެވެ. އުރުދުންގެ ވެރިރަށް އައްމާންގެ "ކެޓް ޖަންގަލް" ނުވަތަ ބުޅާ ޖަންގައްޔަށް ބަލާލުމުން އެކަން ކިތަންމެހާ ރަނގަޅަކަށްވެސް ސާބިތުވެއެވެ.

އަމިއްލަ ގޭގައި ބުޅަލެއް ގެންގުޅުމުގެ ހުރިހާ ޒިންމާއަކުން ސަލާމަތްވެފައި ވާ ހާލު، ބުޅާތަކާއެކު އެތައް ވަގުތެއް ހޭދަ ކުރުމުގެ ފުރުސަތު، އައްމާންގެ ބުޅާ ޖަންގަލިން ހޯދާދެއެވެ. ބުޅާތަކާއެކު ކުޅެ، ސަކަރާތް ޖަހާ، އުފާވެރި ވަގުތުތަކެއް ހޭދަކޮށް، ދުނިޔަވީ ހާސްކަމާއި ނުތަނަވަސްކަން ހަނދާން ނެތިކޮށްލާނެ ފުރުޞަތެއް ހޯދާދެއެވެ. 

ބުޅާ ޖަންގަލި ހެދުމުގެ ޚިޔާލު، ނުހާދު އަޝޫރީއަށް ލިބުނީ، މުޅި ދުނިޔެ ފުރަބަންދު ކުރި ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު އެކި ހިސާބުތަކަށް މީހުން ދޫކޮށްލަމުން ދިޔަ ބުޅާތައް ފެނުނު ހިސާބުންނެވެ. އަޝޫރީ ނިންމީ، ބުޅާތަކަށް ހާއްސަ، ޕްލޭގްރައުންޑެއް ނުވަތަ ކުޅޭތަނެއް ހަދާށެވެ. އަދި އެތަނަކީ ބުޅާ ގެންގުޅެން ލޯބިކުރާ ފަރާތްތަކަށް، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭ ތަނަކަށް ހެދުމަށް އަޝޫރީ އަމާޒު ހިފިއެވެ.

އުރުދުންއަށް ނިސްބަތްވާ ޝަމްސް އަލް-ޖުންދީއަކީ ބުޅާ ދެކެ އިންތިހާއަށް ލޯބިވާ، އެހެން ނަމަވެސް، އަމިއްލަ ގޭގައި ބުޅާ ގެންގުޅުމުގެ ނަޞީބު ލިބިފައި ނުވާ މީހެކެވެ.

ބުޅާތަކަށް ހާއްސަ ޕްލޭގްރައުންޑެއް ހެދުމުގެ ޚިޔާލުވީ، ކޮންމެ ގޮތެއްވިއަސް، ކަސްޓަމަރުންގެ މެދުގައި މަޤުބޫލު ޚިޔާލަކަށެވެ.

އަޝޫރީގެ ބުޅާ ޖަންގަލީގައި މިހާރު ދިރިއުޅެމުންދާ ބުޅާތައް އެއްފަސް ކުރުމަށް އޭނާ ވަނީ 6 އެއްކަ މަސްދުވަސް ހޭދަކޮށްފައެވެ. މިއަދު އޭނަގެ ބުޅާ ޖަންގަލީގައި ދިރިއުޅޭ ބުޅާތަކުގެ އަދަދު 40 އާ ގާތް ކުރެއެވެ.

ބުޅާ ޖަންގަލިބުޅާނިހާދު އަޝޫރީ؛ ކެޓް ޖަންގަލްގެ ވެރިޔާ

އިތުރަށް ކިޔާލަން

10 މެއި 2022

ބުޅާތައް ގެންގުޅުމަށް "ކެޓް ޝެލްޓަރ" ހެދުމުގެ މަސައްކަތް އޮތީ ކިހާ ހިސާބެއްގައި؟

10 މެއި 2022
ބުޅާތައް ގެންގުޅުމަށް "ކެޓް ޝެލްޓަރ" ހެދުމުގެ މަސައްކަތް އޮތީ ކިހާ ހިސާބެއްގައި؟
06 ޖޫން 2018

ތުންފަތަށް ދޮން ދިނުމާއި ދެކޮޅަށް އަންހެނުން މުޒާހަރާ ކޮށްފިއްޔާ އިސްތިއުފާ ދޭން ތައްޔާރު: ފިލިޕީންސްގެ ރައީސް

06 ޖޫން 2018
ތުންފަތަށް ދޮން ދިނުމާއި ދެކޮޅަށް އަންހެނުން މުޒާހަރާ ކޮށްފިއްޔާ އިސްތިއުފާ ދޭން ތައްޔާރު: ފިލިޕީންސްގެ ރައީސް
20 މެއި 2018

ރަންބީރާ ކެމިސްޓްރީ ދިމާވެއޭ ބުނާތީ ވަރަށް އުފާވޭ: އާލިއާ

20 މެއި 2018
ރަންބީރާ ކެމިސްޓްރީ ދިމާވެއޭ ބުނާތީ ވަރަށް އުފާވޭ: އާލިއާ
29 އެޕްރީލު 2018

ބާހުބަލީ 2 ސިނަމާތަކަށް އައިތާ އެއްއަހަރު: ބައިވެރިން އުފާ ފާޅުކުރަނީ

29 އެޕްރީލު 2018
ބާހުބަލީ 2 ސިނަމާތަކަށް އައިތާ އެއްއަހަރު: ބައިވެރިން އުފާ ފާޅުކުރަނީ
29 ޑިސެމްބަރު 2017

އުފަންވި އިރު ދެ މޫނު ހުރި ބުޅާ މަރުވެއްޖެ

29 ޑިސެމްބަރު 2017
އުފަންވި އިރު ދެ މޫނު ހުރި ބުޅާ މަރުވެއްޖެ
30 ނޮވެމްބަރު 2017

ދީޕިކާއާއި ބަންސާލީގެ ބޯ ކަނޑާލި މީހަކަށް އަގުކީ ސޫރަޖު މަގާމުން އިސްތިއުފާ ދީފި

30 ނޮވެމްބަރު 2017
ދީޕިކާއާއި ބަންސާލީގެ ބޯ ކަނޑާލި މީހަކަށް އަގުކީ ސޫރަޖު މަގާމުން އިސްތިއުފާ ދީފި
28 އޮކްޓޯބަރު 2017

އެއިންސްޓެއިންގެ "އުފާވެރިކަމުގެ ސިއްރު" ލިޔެފައިވާ ނޯޓް ދޮޅު މިލިއަން ޑޮލަރަށް ނީލަން ކިޔައިފި

28 އޮކްޓޯބަރު 2017
އެއިންސްޓެއިންގެ "އުފާވެރިކަމުގެ ސިއްރު" ލިޔެފައިވާ ނޯޓް ދޮޅު މިލިއަން ޑޮލަރަށް ނީލަން ކިޔައިފި
16 މާރިޗު 2017

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

16 މާރިޗު 2017
"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!
26 ފެބުރުއަރީ 2017

"އަމާނާތް" ބަލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އުފާވެރި ޚަބަރެއް

26 ފެބުރުއަރީ 2017
"އަމާނާތް" ބަލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އުފާވެރި ޚަބަރެއް
22 ފެބުރުއަރީ 2017

"ދިޔާ އޯރު ބާތީ ހަމް"ގެ ފޭނުންނަށް އުފާވެރި ޚަބަރެއް

22 ފެބުރުއަރީ 2017
"ދިޔާ އޯރު ބާތީ ހަމް"ގެ ފޭނުންނަށް އުފާވެރި ޚަބަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް