Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްރާންސް ލީގު

ހިލޭ ޖެހުމެއްގައި ފަހު ވަގުތު މެސީ ކާމިޔާބު ކުރި ލަނޑުން މޮޅުވެ ޕީއެސްޖީ އަށް ލީޑެއް

މެޗު އެއްވަރުވާން ދަނިކޮށް އިތުރު ވަގުތުގައި ލިބުނު ހިލޭ ޖެހުމެއްގައި ބޯޅަ ގޯލަށް ފޮނުވާލައިގެން މެޗުން ޕީއެސްޖީ އަށް ތިން ޕޮއިންޓު ހޯދައިދިނީ މެސީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2023 | ހޯމަ 02:23
ލީލްއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު މެސީ އުފާ ފާޅުކުރަނީ

ލީލްއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު މެސީ އުފާ ފާޅުކުރަނީ

ފަހު ވަގުތު ލިއޮނަލް މެސީ ކާމިޔާބު ކުރި ލަނޑާއެކު މޮޅުވެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން އެއް ވަނައިގައި ލީޑު ހިފަހައްޓައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ލީލްއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-3 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޕީއެސްޖީ އިންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އެވެ. އޭގެ ހަ މިނެޓު ފަހުން ނޭމާ ވަނީ ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖަހައިދީފަ އެވެ. އެ ލަނޑު ނޭމާ ޖެހީ އެ ޓީމުގެ މިޑްފީލްޑަރު ވިޓީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަފޯޑް ޑިއާކައިޓް ވަނީ ލަނޑެއް ޖަހައި ލީލް އަށް އުންމީދެއް ހޯދައިދީފަ އެވެ.

ދެ ވަނަ ހާފަށް ނުކުމެ ލީލް އިން ވަނީ ނަތީޖާ ހަމަހަމަކޮށް ލީޑު ވެސް ނަގައިފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ 58 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން ޖޮނަތަން ޑޭވިޑް އެވެ. އޭގެ ކުރިން މެޗުގެ 51 ވަނަ މިނެޓުގައި ޕީއެސްޖީގެ ނޭމާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. މެޗުގައި ފުރަތަމަ ފަހަރަށް ލީލް އަށް ލީޑު ނަގައިދިނީ 69 ވަނަ މިނެޓުގައި ޖޮނަތަން ބަމްބާ އެވެ. އެއީ ލީލްގެ އެންހެލް ގޮމޭސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ހުއާން ބާނަޓް ތަނަވަސްކޮށްދިން ފުރުސަތަކުން އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މެޗު އެއްވަރުވާން ދަނިކޮށް އިތުރު ވަގުތުގައި ލިބުނު ހިލޭ ޖެހުމެއްގައި ބޯޅަ ގޯލަށް ފޮނުވާލައިގެން މެޗުން ޕީއެސްޖީ އަށް ތިން ޕޮއިންޓު ހޯދައިދިނީ މެސީ އެވެ.

މެޗުން މޮޅުވެ ޕީއެސްޖީ އެއް ވަނައިގައި އޮތީ ކުޅުނު 24 މެޗުން 57 ޕޮއިންޓާއެކު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު