Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިއުނިކް ސެކިއުރިޓީ ކޮންފަރެންސް

މިއުނިކް ސެކިއުރިޓީ ކޮންފަރެންސް ރަޝިޔާ ނުހިމަނާ ކުރިޔަށް ދަނީ

19 ފެބުރުއަރީ 2023 | އާދީއްތަ 03:16

މިދިޔަ އަހަރުގެ މިއުނިކް ކޮންފަރެންސަށް ރަޝިޔާއަށް ދައުވަތު ދެވުނު ނަމަވެސް ބައިވެރި ވެފައެއް ނުވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 19 ފެބުރުއަރީ 2023 | އާދީއްތަ 03:16
މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ތެރެއިން އެމެރިކާގެ ނާއިބު ރައީސް އަދި ފަރަންސޭސި ރައީސް

މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ތެރެއިން އެމެރިކާގެ ނާއިބު ރައީސް އަދި ފަރަންސޭސި ރައީސް

ދުނިޔޭގެ ސަލާމަތާ ބެހޭގޮތުން ދުނިޔޭގެ ލީޑަރުންނާއި ސިޔާސީ އިސްފަރާތްތަކުގެ އިތުރުން ސެކިއުރިޓީ އެކްސްޕަރޓުން މަޝްވަރާކުރުމަށް އަހަރަކު އެއްފަހަރު ބާއްވާ މިއުނިކް ސެކިއުރިޓީ ކޮންފަރެންސް، ވިހި އަހަރުތެރޭ ފުރަތަމަ ފަހަރަށް ރަޝިޔާ އަށް ދައުވަތުނުދީ ޖަރމަނީގެ މިއުނިކްގައި ކުރިއަށް އެބަދެއެވެ.

ތިން ދުވަހުގެ މި ކޮންފަރެންސް ހުކުރު ދުވަހު ފައްޓަވާދެއްވާފައިވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ ވީޑިއޯ މެދުވެރި ކުރައްވާ ދެއްވި މެސެޖަކުންނެވެ. ޒެލެންސްކީގެ ވާހަކަފުޅުގައި ވަނީ ހަނގުރާމައިގައި ޔޫކްރެއިނަށް ކާމިޔާބު ލިބުން ނޫން އެހެން ގޮތެއް ނެތްކަމަށާއި އެހެން ކަމުން ގައުމުތަކުން ޔޫކްރެއިނަށް ވާ އެހީ އަވަސް ކުރުމަށް ގޮވާލައްވާފައެވެ. އަދި ޔޫކްރެއިން ރައްޔިތުންގެ ފުރާނައިގެ ރައްކާތެރިކަންވަނީ އެހީގެ ސްޕީޑްގެ މައްޗަށް ބިނާވެގެން ކަމަށް ވިދާޅުވެފައެވެ.  

ކޮންފަރެންސްގައި އެމެރިކާ ތަމްސީލުކުރައްވަނީ އެ ޤައުމުގެ ނާއިބު ރައީސް ކަމަލާ ހެރިސް އެވެ. އެކަމަނާގެ ވާހަކަފުޅުގައި ވަނީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއިން އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހިންގަމުންދާ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. ރަޝިޔާގެ އަމަލުތަކުގެ ތަފްސީލަށް ވަޑައިގަންނަވަމުން އެކަމަނާ ވިދާޅުވީ އަނިޔާ ލިބުނު އެންމެންގެ ފަރާތުން އެކަން ކުށްވެރިކޮށް ރަޝިޔާއަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އިންސާފު އަރާހަމަކުރާނެކަން ރަޝިޔާއިން ދަންނަން ޖެހޭނެ ކަމަށެވެ.   

ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމައަށް އެއް އަހަރުފުރެން ތައްޔާރުވެފައިވާ އިރު ލީޑަރުން މައިގަނޑު ގޮތެއް ވާހަކަފުޅު ދައްކަވާފައިވަނީ ޔޫކްރެއިނަށް އެހީތެރިކަން ފޯރު ކޮށްދެވޭނެ އިތުރު ގޮތްތަކާ ބެހޭ ގޮތުންނެވެ.

އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކްގެ ވާހަކަފުޅުގައި ވަނީ ގައުމުތަކުން ޔޫކްރެއިނަށް ފޯރުކޮށްދޭ އެހީ ދެގުނަޔަށް އިތުރު ކުރަން އެބަޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކޮންފަރެންސްގައި ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ވިދާޅުވީ ރަޝިޔާއިން ހަނގުރާމަ ކުރަމުން ގެންދަނީ ގައުމެއް އެއްކޮށް ނައްތާލުމަށް ކަމަށެވެ. އެހެނީ ޔޫކްރެއިނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ދެމިއޮތުމަށް ރަޝިޔާއިން ބޭނުން ނުވާތީ ކަމުގައި އޭނާ ވިދާޅުވެފައި ވެއެވެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ދުނިޔޭގެ ސާޅީހަކަށް ހެޑް އޮފް ސްޓޭޓުންނާއި ސަރުކާރުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. މީގެ އިތުރުން 100 އެއްހާ ގައުމުން ސެކިއުރިޓީ އެކްސްޕަރޓުން ވެސް މި ކޮންފަރެންސްގައި ބައިވެރިވެއެވެ. ރަޝިޔާގެ އިތުރުން އީރާން އަށް ވެސް ކޮންފަރެންސް އަށް ދައުވަތު ދީފައެއް ނުވެއެވެ. އެއީ އެގައުމުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ ފަރާތްތަކާމެދު ހަރުކަށިކޮށް އަމަލު ކުރަމުން ގެންދާތީ އެކަން ކުށްވެރި ކުރުމުގެ ގޮތުންނެވެ.

މިދިޔަ އަހަރުގެ މިއުނިކް ކޮންފަރެންސަށް ރަޝިޔާއަށް ދައުވަތު ދެވުނު ނަމަވެސް އެ ޤައުމުން ބައިވެރި ވެފައެއް ނުވެއެވެ. ރަޝިޔާއިން ޔޫކްރެއިން ހިފުމަށް ހަމަލާދިނީ ކޮންފަރެންސް ނިމުނުތާ ހަތަރު ދުވަސް ފަހުން މަރޗް 24 ގައެވެ.

އަނެއްކޮޅުން ޚަބަރު ލިބޭ ގޮތުގައި މިމަހު 24 ވަނަ ދުވަހު ހަނގުރާމަޔަށް އަހަރެއް ފުރޭއިރު ރަޝިޔާ އަދިވެސް އޮތީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އަދި ކޮންފަރެންސް ކުރިޔަށް ދަނިކޮށް ހޮނިހިރު ދުވަހުވެސް ވަނީ ކްރޫޒް މިސައިލް ހަމަލާތަކެއް ދީ ޔޫކްރެއިންގެ ދެސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

12 ޖޫން 2017

ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ

12 ޖޫން 2017
ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
10 އެޕްރީލު 2017

ބައްޝާރުލް އަސަދަށް އެމެރިކާގެ ސެކިއުރިޓީ އެޑްވައިޒަރުގެ އިންޒާރެއް

10 އެޕްރީލު 2017
ބައްޝާރުލް އަސަދަށް އެމެރިކާގެ ސެކިއުރިޓީ އެޑްވައިޒަރުގެ އިންޒާރެއް
03 އެޕްރީލު 2017

ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

03 އެޕްރީލު 2017
ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
21 ފެބުރުއަރީ 2017

ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ

21 ފެބުރުއަރީ 2017
   ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ
20 ފެބުރުއަރީ 2017

ރަޝިޔާ އިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަވާހަރާވެއްޖެ

20 ފެބުރުއަރީ 2017
ރަޝިޔާ އިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަވާހަރާވެއްޖެ
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް