Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑޫއަންގްފެޓް ފްރޮމްތެޕް މަރުވުން

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

16 ފެބުރުއަރީ 2023 | ބުރާސްފަތި 03:43

17 އަހަރުގެ ޒުވާނާ ހޮސްޕިޓަލަށް ގެންގޮސް މަރުވެފައިވާކަން ވަނީ ކަށަވަރުކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ފެބުރުއަރީ 2023 | ބުރާސްފަތި 03:43
ތައިލޭންޑް ހޮހަޅައިގައި ތާށިވި 12 ކުދިންގެ ތެރޭގައި ހިމެނޭ ޑޫއަންގްފެޓް ފްރޮމްތެޕް

ތައިލޭންޑް ހޮހަޅައިގައި ތާށިވި 12 ކުދިންގެ ތެރޭގައި ހިމެނޭ ޑޫއަންގްފެޓް ފްރޮމްތެޕް

2018 ވަނަ އަހަރު ތައިލެންޑްގެ ހޮހަޅައަކުން ސަލާމަތްކުރި 12 ފިރިހެން ކުދިންގެ ތެރޭގައި ހިމެނޭ ޑޫއަންޕެޗް ޕްރޮމްތެޕް އިނގިރޭސިވިލާތުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އުމުރުން 17 އަހަރުގެ ޒުވާނާ ހުކުރު ދުވަހު ލެސްޓާޝަޔަރގައި ހުންނަ އޭނާގެ ޑޯރމްގައި ހޭނެތިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔަކަމަށާއި، އަންގާރަ ދުވަހު އޭނާ މަރުވެފައިވާ ކަމަށް ބީބީސީއިން ބުނެއެވެ.

Advertisement - worldAdvertisement

އޭނާ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އިނގިރޭސިވިލާތުގެ ފުޓްބޯޅަ އެކަޑަމީއެއްގައި ބައިވެރިވެ އެތަނުގައި ފަރިތަކުރަމުން ގޮސްފައެވެ.

އޭނާ އަކީ ޗިއަންގް ރައި ޕްރޮވިންސްގައި ތަންތަން ބަލަމުންދަނިކޮށް ދެ ހަފްތާއަށް ވުރެ ގިނަ ދުވަހު ހޮހަޅައެއްގެ އެތެރޭގައި ތާށިވެފައި ތިބި ތައިލެންޑްގެ ފިރިހެން ކުދިންގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަންއެވެ.

ހޮހަޅައިން ކުދިން ސަލާމަތްކުރުމުގެ ތެރޭގައި ޑައިވަރެއްގެ ޓޯޗް އަލި އެޅި އޭނާގެ ހިނިތުންވެފައި ހުރި މޫނަކީ ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި ފެނިގެންދިޔަ އެންމެ ހަނދާނީ ތަސްވީރެވެ.

އޭނާ މަރުވީ ކިހިނެއް ކަމެއް ނޭނގުނު ނަމަވެސް ލެސްޓާޝަޔަރ ޕޮލިހުން ބުނީ އޭނާގެ މަރާ މެދު ޝައްކު ކުރެވޭ ގޮތަކަށް ނުބަލާ ކަމަށެވެ. ތައިލެންޑުގެ ރިޕޯޓްތައް ބުނާގޮތުން އޭނާގެ ބޮލަށް އަނިޔާވެފައިވެއެވެ.

އީސްޓް މިޑްލެންޑްސް އެމްބިއުލާންސް ސާވިސްގެ ތަރުޖަމާނަކު ވިދާޅުވީ ޕްރޮމްތެޕް އެމްބިއުލާންސްގައި ކެޓަރިން ޖެނެރަލް ހޮސްޕިޓަލަށް ގެންދިޔައީ ހުކުރު ދުވަހުގެ މެންދުރު ފަހު ކަމަށެވެ. އަދި އެއާ އެމްބިއުލާންސެއް ވެސް އެތަނަށް ފޮނުވާފައިވާކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު އޭނާގެ ޓީމުގެ ކުޅުންތެރިންވަނީ ޕްރޮމްތެޕް، ހާބަރޯގެ ބްރޫކް ހައުސް ކޮލެޖް ފުޓްބޯޅަ އެކަޑަމީއާ ގުޅުމަށް ސްކޮލަޝިޕް ލިބުނުކަން އިންސްޓަގްރާމްގައި އިއުލާންކޮށް އުފާފާޅުކޮށްފައެވެ.

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

25 މާރިޗު 2019

ތައިލެންޑްގެ އިންތިޚާބު: އަސްކަރިއްޔާގެ ތާއީދު ލިބިފައިވާ ޕާޓީ ކުރީގައި

25 މާރިޗު 2019
ތައިލެންޑްގެ އިންތިޚާބު: އަސްކަރިއްޔާގެ ތާއީދު ލިބިފައިވާ ޕާޓީ ކުރީގައި
13 ޑިސެމްބަރު 2018

ތައިލެންޑްގެ އާއްމު އިންތިޚާބު ފެބްރުއަރީ މަހުގެ 24 ގައި

13 ޑިސެމްބަރު 2018
ތައިލެންޑްގެ އާއްމު އިންތިޚާބު ފެބްރުއަރީ މަހުގެ 24 ގައި
19 ޖުލައި 2018

ހޮހަޅައިން ސަލާމަތް ކުރި ކުދިން ހޮސްޕިޓަލުން ދޫކޮށްލައިފި

19 ޖުލައި 2018
ހޮހަޅައިން ސަލާމަތް ކުރި ކުދިން ހޮސްޕިޓަލުން ދޫކޮށްލައިފި
15 ޖުލައި 2018

ހޮހަޅައިން ސަލާމަތް ކުރި ކުދިން ބުރާސްފަތި ދުވަހު ހޮސްޕިޓަލުން ދޫކޮށްލަނީ

15 ޖުލައި 2018
ހޮހަޅައިން ސަލާމަތް ކުރި ކުދިން ބުރާސްފަތި ދުވަހު ހޮސްޕިޓަލުން ދޫކޮށްލަނީ
03 ޖުލައި 2018

ތައިލެންޑްގެ ހޮހޮޅައިގައި ތާށިވީ ކުދިން ދިރިތިއްބާ ފެނިއްޖެ

03 ޖުލައި 2018
ތައިލެންޑްގެ ހޮހޮޅައިގައި ތާށިވީ ކުދިން ދިރިތިއްބާ ފެނިއްޖެ
17 ޖޫން 2018

ތައިލެންޑްގެ ޝާހީ އާއިލާގެ މުދާތައް ރަސްގެފާނުގެ ނަންފުޅު މައްޗަށް ބަދަލުކޮށްފި

17 ޖޫން 2018
ތައިލެންޑްގެ ޝާހީ އާއިލާގެ މުދާތައް ރަސްގެފާނުގެ ނަންފުޅު މައްޗަށް ބަދަލުކޮށްފި
30 އޮކްޓޯބަރު 2017

ތައިލެންޑްގެ ރަސްގެފާނުގެ 5 ދުވަހުގެ ޖަނާޒާ ނިންމައި، ރައްޔިތުން އާއްމު ދިރިއުޅުމަށް

30 އޮކްޓޯބަރު 2017
ތައިލެންޑްގެ ރަސްގެފާނުގެ 5 ދުވަހުގެ ޖަނާޒާ ނިންމައި، ރައްޔިތުން އާއްމު ދިރިއުޅުމަށް
27 ސެޕްޓެމްބަރު 2017

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ޔިންގްލަކް ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

27 ސެޕްޓެމްބަރު 2017
ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ޔިންގްލަކް ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި
27 ސެޕްޓެމްބަރު 2017

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރަށް ހުކުމް އިއްވުން މިއަދު

27 ސެޕްޓެމްބަރު 2017
ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރަށް ހުކުމް އިއްވުން މިއަދު
26 އޯގަސްޓު 2017

ހުކުމް ބޯމަތީގައި އޮއްވައި ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ދުބާއީ އަށް

26 އޯގަސްޓު 2017
ހުކުމް ބޯމަތީގައި އޮއްވައި ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ދުބާއީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް