Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހޮހޮޅައިގައި ތާށިވި ކުދިން

ހޮހަޅައިން ސަލާމަތް ކުރި ކުދިން ބުރާސްފަތި ދުވަހު ހޮސްޕިޓަލުން ދޫކޮށްލަނީ

ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއެކު ކޯޗު ހޮހޮޅަ އަށް ގެއްލުނީ މިދިޔަ މަހު 23 ވަނަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 15 ޖުލައި 2018 | އާދީއްތަ 08:18
ހޮހޮޅަގައިި ތާށިވި ކުދިން

ހޮހޮޅަގައިި ތާށިވި ކުދިން

ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތާށިވެފައިވާ ފުޓުބޯޅަ ޓީމުގެ 12 ކުދިންނާއި އެ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ މިނިސްޓަރު ވިދާޅުވެއްޖެއެވެ.

އެކަމާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައި ތައިލެންޑުގެ ޕަބްލިކް ހެލްތު މިނިސްޓަރު ވިދާޅުވީ ތައިލެންޑުގެ ވައިލް ބޯ ފުޓްބޯޅަ ކްލަބުގެ ކޯޗާއި 12 ކުދިންގެ ހާލު އަންނަނީ ރަނގަޅު ވަމުންކަމަށާއި އަންނަ ބުރާސްފަތި ދުވަހު ހޮސްޕިޓަލުން ދޫކޮށްލާނެކަމަށެވެ.

ހޮހޮޅައިގައި އެތައް ދުވަހެއް ވަންދެން ތިބެން ޖެހުމުގެ ސަބަބުން ބައެއް ކުދިންގެ ބަރުދަން އެތައް ތަނެއް ވަނީ ލުއިވެފައެވެ. މިނިސްޓަރ ވިދާޅުވީ އެކުދިންގެ ބަރުދަން މިހާރު އިތުރުވަމުން އަންނަ ކަމަށެވެ.

ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއެކު ކޯޗު ހޮހޮޅަ އަށް ގެއްލުނީ މިދިޔަ މަހު 23 ވަނަ ދުވަހު އެވެ. ގެއްލުނުތާ ނުވަ ދުވަހަށް ފަހު މިދިޔަ ހޯމަ ދުވަހު އެކުދިން ފެނިފައި ވަނީ، ފެންބޮޑުވެފައިވާ އެ ހޮހޮޅައިގެ ތެރޭގައި ހިކިފަސްތަނެއްގައި ތިއްބައި އިނގިރޭސިވިލާތުގެ ދެ ޑައިވަރުންނެވެ. ދެ ކުއްޖަކަށް ނިއުމޯނިޔާ ޖެހިފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ފުޓްބޯޅަ ޕްރެކްޓިހަށް ފަހު ހޮހޮޅަތެރޭގައި ހައިކްކުރަން އެ ކުދިން އެ ތަނަށް ވަން އިރު މޫސުން ރަނގަޅެވެ. ނަމަވެސް ހޮހޮޅައިގައި ތާށިވީ އެތެރެއަށް ވަން ފަހުން ވާރޭ ވެހި ބޮޑުވި ފެންގަނޑު ހޮހޮޅައަށް ދަމައިގަތުމުންނެވެ. އެކުދިން ސަލާމަތްވީ ހިކިފަސްކޮށް އޮތް ކުޑަ ތަންކޮޅަކަށް އަރައިގެންނެވެ. އެކުދިންނަކީ އުމުރުން 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ. އަދި ކޯޗަކީ 25 އަހަރުގެ ޒުވާނެކެވެ. ހޮހޮޅަ އަށް އެ ކުދިން ގެއްލުނީ އެ ތަނުން އެ ކުއްޖެއްގެ 17 ވަނަ އުފަން ދުވަހުއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް

ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް

14 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ޖަރުމަނުގައި ކުދިން މަރާ މީހާ ހައްޔަރުކޮށްފި

ޖަރުމަނުގައި ކުދިން މަރާ މީހާ ހައްޔަރުކޮށްފި

10 މާރިޗު 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު